މި އަހަރުގެ ވޯލްޑް ކަޕްގައި އިރާން ބައިވެރިވުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ގައުމުގެ ސަރުކާރުން ކަމަށާއި އެކަން ނިންމުމުގައި އެމެރިކާގައި އިރާނުގެ ޓީމަށް އޮތް ސަލާމަތްތެރިކަން ކަށަވަރުވުން ބިނާވާނެކަމަށް އިރާންގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ދުންޔާމަލީ ވިދާޅުވެއްޖެ އެވެ.
އެމެރިކާއގެ އިތުރުން މެކްސިކޯ އާއި ކެނަޑާ ހިއްސާވެގެން ބާއްވާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގައި އިރާނުގެ ހުރިހާ މެޗެއް ވެސް ކުޅެހަމަޖެހިފައި ވަނީ އެމެރިކާގެ ފަސްގަނޑުގަ އެވެ. އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެބްރުއަރީ މަހު ފެށި ހަނގުރާމައިގެ ސަބަބުން މަސްރަހު ވަނީ ގޯސް ވެފަ އެވެ. އިރާނުހެ ޓީމުގެ ވޯލްޑް ކަޕްގައި ބައިވެރިވުމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
"އެމެރިކާގައި ގައުމީ ޓީމުގެ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިއްޖެ ނަމަ އަހަރެމެން ވޯލްޑް ކަޕަށް ދާނަން،" އިރާންގެ ތަސްނީމް ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުގައި ދުންޔާމަލީ ވިދާޅުވި އެވެ.
މި ނިންމުން ނިންމުމުގައި ސަރުކާރުގެ އިތުރުން އެ ގައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ލަފާ ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުނު ހަނގުރާމައަށް ފަހު، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް ހަނގުރާމަ ދެ ހަފުތާ އަށް ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެކަމަކަު އަދި އިސްވެ އެއްވެސް ބަޔަކު ހަމަލާ ނުދެ އެވެ. ހަނގުރާމަ މެދުކަނޑާލުމުގެ މަރުހަލާގެ މުއްދަތު އިތރުކުރުމުގެ ވާހަކަތަކާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވާހަކަ ދައްކައިފަ އެޗެ.
އެކަމަކު އަދި ވެސް މަސްރަހު އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ.
ދުންޔާމަލީ ވިދާޅުވީ ސިޔާސީ ނުތަނަވަސްކަން ހުރި ނަމަވެސް ވޯލްޑް ކަޕަށް ތައްޔާރުވުމަށް ޓީމުގެ ތަމްރީނުތައް ކުރިއަށްދާނެ ކަމަށެވެ.
"ގައުމީ ޓީމު ވޯލްޑް ކަޕަށް ނުގޮސްފާނެ އެކަމަކު ބައިވެރިވާން ނިންމައިފި ނަމަ، އަހަރެމެން ތިބެންވާނީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
އިރާނުގެ މެޗުތައް އެމެރިކާއިން ބޭރަށް ބަދަލުކޮށްދިނުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން އެދުމުން، ފީފާ އިން ވަނީ އެގޮތަށް ނިންމައި ދެވެން ނެތް ކަމަށް ބުނެފަ އެވެ.
އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އިރާން އިން މުބާރާތުގައި ބައިވެރިވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
"އިރާން އަންނަން ޖެހޭނެ. އެމ ޓިމު ތަމްސީލު ކުރަނީ އެ ގައުމުގެ ރައްޔިތުން. ޓީމު ވަނީ ކޮލިފައިވެފައި، އަދި ކުޅުންތެރިން ބޭނުންވޭ ކުޅެން،" އިންފަންޓީނޯ ވިދާޅުވި އެވެ.
މި މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ އިރާން ގެ ކުޅުންތެރިންގެ ފުރާނަ އާއި ސަލާމަތަށްޓަކައި އެ ގައުމުން މުބާރާތުގައި ބައިވެރިވުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ތާވަލު ކުރެވިފައިވާ ގޮތުން އިރާން ގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ގައި ނިއުޒީލެންޑާ ދެކޮޅަށެވެ. އަދި ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭއިރު، މި ދެ މެޗުވެސް އޮންނާނީ ލޮސް އެންޖެލިސްގައެވެ.