ރީޖަނަލް ލީގުގެ ޗެމްޕިއަން ޓީމުތަކާ އެކު އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ޕްލޭއޮފް ފަށަން ތައްޔާރު ވެއްޖެ އެވެ.
މި އަހަރު އެފްއޭއެމުން މުޅި ރާއްޖެ ޝާމިލްވާ ފަދަ ލީގު ސިސްޓަމެއް ގާއިމު ކުރުމަށް މަސައްކަތް ފަށާފައި ވާއިރު، ރީޖަނަލް ހަތަރު ލީގަކީ ރާއްޖެގެ ފުޓްބޯޅަ ޕިރަމިޑްގައި ދެ ވަނަ ޑިވިޝަނެވެ. އެއް ވަނަ ޑިވިޝަނަކީ ދިވެހި ޕްރިމިއާ ލީގެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު، އަންނަ ސީޒަންގެ ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ކުޅޭނެ އެވެ.
ޓީސީ އާއި ގްރީންގެ އިތުރުން ޕްލޭއޮފްގައި ދެން ވާދަ ކުރާނީ ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދު އާއި ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރާ އަދި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫގެ އިތުރުން މާލޭ ރީޖަން ލީގު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބެވެ.
ހަ ޓީމާ އެކު ގަލޮޅު ދަނޑުގައި ޕްލޭއޮފްގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗުގައި މާދަމާ ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ހުރާ އަދި ގްރީން ސްޓްރީޓްސް އެވެ. އަދި މާދަމާ ރޭ 9 ޖަހާއިރު ބައްދަލު ކުރާނީ ގައްދުއާއި ދިއްދޫ އެވެ.
ދިވެހި ޕްރިމިއާ ލީގު 2026/2027 ގައި ޖުމްލަ 10 ޓީމު ވާދަ ކުރާނެ އެވެ. އެއީ، މި ސީޒަންގެ ލީގުގެ ގަދަ 6 ކަމަށްވާ މާޒިޔާ، އޮޑި ސްޕޯޓްސް، ނިއު ރޭޑިއަންޓް، ބުރު ސްޕޯޓްސް، އީގަލްސް އަދި ވިކްޓަރީގެ އިތުރުން، ޕްލޭއޮފްގެ ގަދަ ހަތަރު ޓީމެވެ.
ޕްރިމިއާ ލީގު ޕްލޭއޮފްގެ ޝެޑިއުލް
* 8 ޖޫން (16:00) - ހުރާ / ގްރީން
* 8 ޖޫން (21:00) - ގައްދޫ / ދިއްދޫ
* 9 ޖޫން (21:00) - ބިސް ބުރު / ޓީސީ
* 12 ޖޫން (16:00) - ގްރީން / ބިސް ބުރު
* 12 ޖޫން (21:00) - ހުރާ / ގައްދޫ
* 13 ޖޫން (21:00) - ދިއްދޫ / ޓީސީ
* 16 ޖޫން (16:00) - ހުރާ / ދިއްދޫ
* 16 ޖޫން (21:00) - ގްރީން / ޓީސީ
* 17 ޖޫން (16:00) - ގައްދޫ / ބިސް ބުރު
* 20 ޖޫން (16:00) - ގްރީން / ދިއްދޫ
* 20 ޖޫން (21:00) - ހުރާ / ބިސް ބުރު
* 21 ޖޫން (16:00) - ގައްދޫ / ޓީސީ
* 24 ޖޫން (16:00) - ހުރާ / ޓީސީ
* 24 ޖޫން (21:00) - ގްރީން / ގައްދޫ
* 25 ޖޫން (16:00) - ދިއްދޫ / ބިސް ބުރު