މި ސީޒަނުގައި މެންޗެސްޓާ ސިޓީން އެއްވެސް ވަރަކަށް ޕެނަލްޓީ ޖަހަން ފަރިތަކުރުންތައް ކުރިއަށް ނުގެންދާކަމަށް، އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ. 

އެކަމަކު އޭގެ އަސަރެއް އެ ޓީމަކަށް ނުކުރި އެވެ. އިނގިރޭސި ލީގު ކަޕް ހަތަރުވަނަ ބުރުގައި ބްރައިޓަންއާ ދެކޮޅަށް ސިތީން ކާމިޔާބު ހޯދީ ޕެނަލްޓީޝޫޓްއައުޓްގައި 4-3 ން މޮޅުވެގެންނެވެ. 

އެ ޓީމުގެ ދެވަނަ ކީޕަރު އާޖެންޓީނާގެ ހެރޮނިމޯ ރުލީ، ވަނީ ބްރައިޓަންގެ ޔާސީން އަޔާރީ އާއި ލުއިސް ޑަންކް ޖެހި ޕެނަލްޓީތައް ދިފާއުކޮށްފަ އެވެ. 

ސިޓީގެ މަޓޭއޯ ކޮވަސިޗް، ޖެހި ޕެނަލްޓީ ފިޔަވައި، އެހެން ކުޅުންތެރިން ޕެނަލްޓީ ކާމިޔާބު ކުރި އެވެ. 

ލީގު ކަޕް ކާމިޔާބު ކުރުމަށް ފަހު، ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭއެފްޕީ
ލީގު ކަޕް ކާމިޔާބު ކުރުމަށް ފަހު، ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭއެފްޕީ

"ތެދަށް ބުނަންޏާ އަހަރެން މި ޓީމާ ހަވާލުވި ފަހުން އަހަރެމެން ޕެނަލްޓީޝޫޓްއައުޓަށް ޕްރެކްޓިހެއް ނުކުރަން. އެކަމަކު އަހަރެމެން ޖެހި ފަސް ޕެނަލްޓީއާ މެދު ވެސް އަހަރެން ހިތްހަމަޖެހޭ، މަޓޭއޯ [ކޮވަސިޗް] އަށް ނާކާމިޔާބުވިޔަސް. އެއީ ވެދާނެކަމެއް. މެޗުގެ ވަގަުތުގައި ގޯލް ޖަހައިދީ، ޕެނަލްޓީޝޫޓްއައުޓްގައި ނާކާމިޔާބުވުމަކީ (ވެދާނެކަމެއް)،" މަރެސްކާ ބުންޏެވެ.  

މެޗުގެ ފުރިހަމަ ވަގުތު 2-2 ނިމުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ބްރައިޓަންއިންނެވެ. އެ ޓީމުގެ މެލިކް ޔަލްކުއޭ ލަނޑު ޖަހައިދީފައިވަނިކޮށް ސިޓީއަށް ނަތީޖާ ހަމަހަމަކޮށް ދިނީ ކޮވަސިޗެވެ. ދެވަނަ ހާފުގައި ޖޯޖީނިއޯ ރުޓާ ބްރައިޓަންއަށް އަލުން ލީޑް ނަގައި ދިނަސް ވިޓޯ ހެއިސް ރެއިސް ވަނީ ރަޔަން ޝާކީ ތަނަވަސްކޮށްދިން ހިލޭޖެުމުން ގޯލް ޖަހާފަ އެވެ. 

މަރެސްކާގެ ކުރީގެ ޓީމު ޗެލްސީ ވަނީ ޕެނަލްޓީޖަހައިގެން ލިވަޕޫލް އަތުން ބަލިވެފަ އެވެ.