ކުޅިވަރު

ގްރީން ސްޓްރީޓްސްގެ މައްޗަށް ނިއު ކުރި ހޯދައިފި

ގްރީން ސްޓްރީޓްސްގެ ސާއިފް (ކ) ނިއުގެ ސެންޓޭ އަށް ޓެކުލްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު ގްރީން ސްޓްރީޓްސްގެ މައްޗަށް 2-1 އިން ނިއު ރޭޑިއަންޓުން ކުރި ހޯދައިފި އެވެ.

މި މޮޅާ އެކު ނިއު ލީގުގެ އެއް ވަަނައިގައި އޮތީ ހަ މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ ދެ މެޗުން މަދުން ކުޅެފައިވާއިރު، އެ ޓީމަށް ހަތަރު މެޗުން ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. މާދަމާ މާޒިޔާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.

ގްރީން ސްޓްރީޓްސް ލީގުގެ ހަތަރު ވަނައިގައި އޮތީ ހަ މެޗުން 10 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ މިއަދު އީގަލްސް އަތުން މޮޅުވި ޓީސީ ސްޕޯޓްސް ކްލަބެވެ. އެ ޓީމަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި އޮތީ ފައިދާ ލަނޑުގެ ގޮތުންނެވެ.

ލީގުގައި އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ނިއުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އަށް މިރޭގެ މެޗުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ އަނިޔާއިން ރަނގަޅުވެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ވެސް ގަލާޑޯ އެވެ. ހަތް ވަނަ މިނިޓްގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އަކުރަމް އަބްދުލް ގަނީ (އަކޫ) ނަގައިދިން ބޯޅަ ގަލާޑޯ ފޮނުވާލި ނަމަވެސް ގްރީން ސްޓްރީޓްސްގެ ކީޕަރު ކޮޗީ ވަނީ މަތަކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުން އެޓޭކިން ގޭމެއް ފެނުނު މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމުން ވެސް ހޯދި އެވެ.

މެޗުގެ 21 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ވަނީ ލީޑު ނެގުމާ ގާތަށް ޖެހިލައިފަ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ގްރީން ސްޓްރީޓްސްގެ ޔޫކްރޭން މިޑްފީލްޑަރު ޒްޑަނޯފް ޑިމިޓްރޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލިގެ އަރިމަތީ ދަނޑިއަށެވެ.

ލަނޑު ޖެހުމަށް ފަހު ގަލާޑޯ (ކ) އާއި ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު އިން ލީޑުނެގީ މެޗުގެ 38 ވަނަ މިނިޓްގައި އަހުމަދު އަބްދުﷲ (ލިލީ) ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ލިބުނު ކޯނަރަކުން އަލީ ފާސިރު (ސެންޓޭ) ނަގައިދިން ބޯޅަ ލިލީ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ހާފް ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހަން ނިއު އަށް ހުސް ދެ ފުރުސަތެއް ލިބުނެވެ. އޭރިއާ ބޭރުން ގަލާޑޯ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، ސެންޓޭ އަށް ލިބުނު ފުރުސަތު ބޭކާރުވީ އޭނާ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުންނެވެ.

ދެ ވަނަ ހާފަށް ގްރީން ސްޓްރީޓްސް އިން ނުކުތީ ދެ ބަދަލަކާ އެކު އެވެ. އަނިޔާގެ ސަބަބުން އިބްރާހިމް ރިޒުހާންގެ ބަދަލުގައި ޔޫސުފް ޝުއާއު ކުޅެން އެރުވިއިރު، މޫސާ ހަސަން ވަނީ އިބްރާހިމް ހަސީބުގެ ބަދަލުގައި އަރައިފަ އެވެ.

މި ހާފްގައި ފެށިގެން ހަ ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްލަން ގްރީން ސްޓްރީޓްސްގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ޑިމިޓްރޯ ހުސްކޮށްލާފައި އޭރިއާ ތެރެއިން އައްމަޑޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބާރެއް ނެތުމުން ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ އަތަށް ނަގައިފަ އެވެ.

އޭގެ ނަތީޖާއަކަށްވީ ފަސް މިނިޓް ފަހުން ނިއު އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ދެ ވަނަ ލަނޑެއް ޖެހުމެވެ. މެޗުގެ 56 ވަަނަ މިނިޓްގައި ސެންޓޭ ދިން ބޯޅަ އަކުން މި ލަނޑު ޖެހީ ގަލާޑޯ އެވެ. މިއީ ސީޒަނުގައި ގަލާޑޯ ޖެހި ހަ ވަނަ ލަނޑެވެ.

އޭގެ ފަހުން ތިން ވަނަ ލަނޑެއް ޖަހަން ނިއު އަށް ތިން ފުރުސަތެއް ލިބިގެންދިޔަ އެވެ. ގަލާޑޯ އަށް ލިބުނު އެއް ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އަނެއް ބޯޅަ ދިފާއުކުރީ ކީޕަރު ކޮޗީ އެވެ. އަދި އަކޫ އަށް ގޯލު ކުރިމަތިން މުޅިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ނިއު އިން ލިބުނު ފުރުސަތުތަށް ގެއްލުވާލުމުން ގްރީން ސްޓްރީޓްސް ވަނީ މެޗުގެ 81 ވަނަ މިނިޓްގައި ލަނޑެއް ޖަހައި މެޗުގެ ތެރެއަށް އެނބުރި އައިސްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑިމިޓްރޯ އެވެ.

ގްރީން ސްޓްރީޓްސްގެ ހަސީބު (ކ) ކައިރިން ނިއުގެ ހަމްޕު ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް ކީޕަރު އިމްރާން އަތުން ބޭރުކޮށްލިނަމަވެސް އެ ބޯޅަ ލިބުނީ އޭރިއާ ބޭރުގައި ހުރި ޑިމްޓްރޯ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު އެއް ފަހަރުން އެ ބޯޅަ ގޯލުގެ ތެރެއަށް އޮއްސާލައިފަ އެވެ.

ލަނޑާ އެކު ގްރީން ސްޓްރީޓްސްގެ ކުޅުން ރަނގަޅުވެ ނިއު އަށް ޕްރެޝަރު ބޮޑުވި އެވެ. އެހެން ނަމަވެސް ގްރީން ސްޓްރީޓްސްގެ އެޓޭކްތައް ނިއު އިން ހުއްޓުވައި ވަނީ މުހިއްމު ތިން ޕޮއިންޓް ހޯދައިފަ އެވެ.

މިރޭގެ މެޗުގައި އަދި މެޗަށް ފަހު ވެސް ގްރީން ސްޓްރީޓްސްގެ އޮފިޝަލުން ވަނީ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ނިއު އަށް މި މެޗުގައި ލިބުނީ ހައްގު ނޫން މޮޅެއް ކަމަށެވެ.

"މެޗު ހަމަ ބެއްލެވި އެންމެހާ ބޭފުޅުންނަށް އެނގޭނެ ރާއްޖޭގެ އެންމެ ބޮޑު ކްލަބް ކުޅުނު ބޯޅަޔާ އަޅުގަނޑު އަލަށް ނެރުނު ޓީމު ކުޅުނު ބޯޅަ. އަޅުގަނޑު އަތުގައި ތިބި ކުޅުންތެރިންގެ ލިމިޓެޑް ކަމާއި އެ ހުރިހާ ކަމަކަށް ބަލާއިރު އަޅުގަނޑު ވަރަށް ބޮޑަށް ކުޅުންތެރިންނަށް ޝުކުރުއަދާކުރަން. ނިއު މޮޅުކަމަކުން ނޫން މޮޅުވީ އެއީ އަޅުގަނޑުމެން އަތުން ދިން ދެ ގޯލު،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ އޭނާ އަކީ ރެފްރީ އަށް ފާޑުކިޔާ މީހެއް ނޫން ކަމަށާއި އެހެން ނަމަވެސް މިރޭ ކަންތައްތައް ދިޔަ ގޮތުން އެކަން ކުރަން ޖެހޭ ކަމަށެވެ.

މިރޭގެ މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ނުދެކެން މިރޭގެ ރެފްރީ ފުރަތަމަ ޑިވިޝަންގެ މެޗެއްގައި އަރައި ރެފްރީކަން ކުރަނިކޮށެއް. މިއީ ވަރަށް ބޮޑެތި މައްސަލަތައް. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާހުރި ރެފްރީން މި ފެންނަނީ ފުޓްސަލް މުބާރާތްތަކުން. ގިނަ ލާރިހޯދަން. މިކަމާ ހެދި ޕްރެޝަރަށް ގޮސް ދެ ޓީމު ހަލާކު މިވަނީ. ގްރީން ސްޓްރީޓްސް އިން ވެސް މިއަންނަނީ ނިއު ގޮތަށް މިލިއަނުން ހަރަދުކޮށްފައި. އެހެންވީމަ ކޮންމެހެން ވަކި ޓީމަކަށް ފޭވާވާކަށް ވެސް ނުޖެހޭ،" ސޮބާ ބުންޏެވެ. "އަޅުގަނޑު ބަލިވީމަ ރެފްރީން ބޮލަށް ޖަހަނީކީ ނޫން. ހަގީގަތުގައި މިއީ ކަން ހިނގައިދިޔަ ގޮތް."

ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ ގިނަ ގޯލުތަކެއް ޖަހަން ލިބި ބޭނުން ނުކުރެވުނަސް ޓާގެޓަކީ މޮޅެއް ކަމަށް ވެފައި އެކަން ހާސިލްކުރެވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ފުރަތަމަ ހާފްގައި ވެސް ތިން ގޯލު ޖެހެންދިޔަ. ދެ ވަނަ ހާފްގައި އިތުރު ގޯލުތަކެއް ވެސް ޖެހެންދިޔަ. އެކަމަކު އަހަރެމެންނަށް ކާމިޔާބެއްނުވި. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެން ވެސް މެޗުން މޮޅުވުމުން އެކަމާ ހިތްހަމަ ޖެހޭ އަހަރެން. އެއީ ވަރަށް މޮޅަށް ކުޅޭ ޓީމެއް (ގްރީން ސްޓްރީޓްސް) އަތުން މުހިއްމު މޮޅެއް މި ލިބުނީ،" ޓަވަރޭސް ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. އަދި މާދަމާރޭ ވިކްޓަރީ ބައްދަލުކުރާނީ ވެލެންސިއާއާ އެވެ.

15 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 13%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަކީމް

29 April 2017

އެފްއޭއެމް އައް ވެދުން ސަލާމް އައް ފަހު ދަންނަމެވެ. ގަލޮޅު ދަނޑޭ މިކިޔާ މިހާރު ނަމުން ނަމަ ނެށެނަލް ސްޓޭޑިއަމް އޭ މިކިޔާ ދަނޑު ގެ އެއްވެސް ކޮންޓްރޯލް އެއް ތިބޭފުޅުން ގެ އޮވޭތޯ އަދި ކުލަބް ތަކުގެ ބެލެނިވެރި ފަރާތަކީ ތިފަރާތްތޯ. މިހެން މި ދަންނަވާލީ ތި ދަނޑު ގަ އިނދެ މެޗެއް ބަލާލަން ކެއްވާ ވަރު ނުވެގެންނެވެ. ދަރި ގޮވާގެން ދަނޑައް ދިއައީ އެސޮރު ސަޕޯޓްކުރާ ޓީމްގެ މެޗް ބަލާލަންދާން ކިޔާވަރުންނެވެ. ގޮވާ ހުތުރު އެއްޗެހިން ގޮނޑި ބަރީގަ އިނދެ ކެއްނުވެގެން ހާފް ޓައިމް އައް ފަހު 2 ވަނަ ހާފް ބަލަން އިނީ އަނެއް ފަޅި ސިޑިބަރީ ގައެވެ.

The name is already taken The name is available. Register?

ސިފަ

29 April 2017

ރެފްރީންގެ ފެންވަރު ވަރަށް ދަން. ކޮންމެ މެޗެއް ބަލަށްދާ މީހެއްގެ ހައިސިއްޔަތުން ނިއުއާއި، ޓީސީއާ ކުޅުނު މެޗާއި، ރޭ ކުޅުނު މެޗުގައިވެސް ފާހަގަ ކުރެވެނު ކަމެއް އޮޔް. ނިއު މޮޅުވެފައި އޮތުމުން ކީޕަރ ޢިމްރާން އެއްވެސް ވަރަކަށް ދުވެފައި އެއްވެސް ބޯޅައެއް ޖެހި ތަނެއް ނުދެކެން. ގަނޑި ބަލައިގެން ހުރިން ރޭގެ އެއްވެސް ބޯޅައެއް އިމްރާން ކުޅަފައެއް ނެތް 30 ސިކުންތު ތެރޭގައި. އެންމެ ހައިރާންވާންޖެހޭ ކަމަކީ ރެފްރީން އަވަސް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން، އަދި ނުވީ ތާކަން ދިނީ އެންމެ 3 މިނެޓް . ދެ މިނެޓް ވި ތަނާ އެތިން މިނެޓް ހަމަވެއްޖެ. ދެން އޮތީ ސަޕޯޓަރުންގެ ވާހަކަ. ދަރިފުޅު ގޮވައިގެން ގޮސް އެތާގެ ސިގިރެޓް ބޮވެއް ތިބެވޭ. މިދެއްކެނީ ވަކިން ރަނގަޅު މަންޒަރެއް ބާ. ހަމަ މެޗް ނިމުމާއެކު ސިޑި ބަރީގެ މެއިން ގޭޓް ބަންދުކުރޭ. ދެން މިޖެހެނީ ދަނޑުން ނުކުންނަށް ވަށާލާފައި ދާން، ކޮންމެ ކަމެއް ވަރިހަމަވެގެން ކަމަކު ނުދާނެ. ސިޑި ބަރީގައި ހުސް ކޮތަރު ގުއި. ތިތަނަށް ފުޓް ބޯޅަ ވަންނާނީ ކިހިނެއް. ދެން އޮތީ އިސްތިހާރުގެ ވާހަކަ. މެޗު އިސްތިހާރު ކުރުމަށް އެފްއޭމުން ކުރަނީ ކޮންކަމެއްބާ؟ އަޅުގަނޑަށް މެޗް އޮންނަކަށް އެނގެނީ ނޫސްތަކުން. އެވެސް މެޗް ބެލުމަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން. ގަލުޅު ދަނޑުގެ ކޮންމެ ޓީމެއް ކުޅޭ ދުވަހަު އެޓީމުގެ ދިދަ ޖަހާ ގަލޮޅު ދަނޑުގައި މެޗެއް ކުޅޭކަން ނިކަން އާންމުނަށް އަންގާލަ ބަލަ

The name is already taken The name is available. Register?

ސައިމަން

29 April 2017

ސޮބާ އައް ބާސެލޯނާ އިން ގޮސްގެން ކޯންޗެއްް ތިއެނގުނީ. ނިއު އައް ލިބުނު ހުސް ފުރުސަތުތައް ބޭނުން ހިފުނު ނަމަ 5 ގޯލްގެ މި ކޮޅުން ސަލާމަތް ނުވީސް. މިބުނީ ވަރައް ހުސް ފުރުސަތު ތައް. އޭރުން ހައްގު ނުވީސް ނިއު ޓީމް ކުޅެން ވެސް.

The name is already taken The name is available. Register?

އާއްކޮ

29 April 2017

ހަންގް މޮޅާ ހަންގް ނޫން މޮޅު ކަޑަ އަޅާނި ސުކޯބޯޑުން. ނިކަން ސާފްކޮށް ފެންނަށް އެއޮތީ ނިއު 2 ގުރީން 1. ސޮބާ މި ބާސާއަށް ގޮސް އައިފަހުން އެއްދަރު އަރާލާފަ ހުންނަނި.

The name is already taken The name is available. Register?

ޢބޫ

29 April 2017

މޮޅަށް ކުޅުނީ ނިއު.

The name is already taken The name is available. Register?

ބޮޑުބެ

29 April 2017

ކިހާ ދެރަކަމެއް. ސޮބާ ބާސަލޯނާއަށް ގޮސް ފުރަތަމަ ހެދީކީ ހަޖަމްކުރަން ދަސްކުރާ ކޯހެއް ނޫންދޯ.މިރިނުވެ ގަބުޅި ކާށި ވާން ދަސްކުރާ ކޯހެއް ތޯއްޗެ ހެދިފަ ތިހުރީ. އަރާ ބޮންތީގަ ހިފަން އުޅޭ އިރު ސައިޒް ކޮބާ؟ އެ ކަކުންޏެއްގެ ވަރުން ހަރުކޮނެގެން އުޅެން ދަސްކުރާ ކޯހެއް ފުރަތަމަ ހަދާބަލަ.ބޮޑުކަމެއް. ނިއުވަރެއް ހަމަ ނެތޭ ދޯ ސޮބާ ދޫންޏާ

The name is already taken The name is available. Register?

އަހަންމަދު

29 April 2017

ޞޮބާވެސް ދެން ފެންވަރު އޮޅެނީހެން ހީވަނީ.ތި ޓީމް ގަދަވިނަމަ ޙައްޤު މޮޅު ލިބުނީ ތިޓީމަށްކަމަށް ޞޮބާ ބުނާނެކަން ޔަޤީން.

The name is already taken The name is available. Register?

ޑްރައިވަރ

29 April 2017

ނިއުގެ ކޯޗަކީ އަގައިން އުޅޭ ކޯޗެއް. އެއްވެސް ވަރަކަށް ރީތި ފުޓްބޯޅައެއް ކުޅުންވަން އުޅޭ ތަނެއް ނުފެނޭ. ލަޑެއް ޖެހެންޖިންޔާ ދެން ކުރާނި ޑިފެންސް

The name is already taken The name is available. Register?

ޒުއްބަ

29 April 2017

ރީތި ކުޅުން ކުޅެގެން ތަށި ލިބޭނަމަ ނިއު ކުޅޭނީ އެކުޅުން. އެކަމް ތަށި ލިބޭނީ ކޮންމެ ގޮތަކުން ވެސް މޮޅުވެގެން. އެހެންވެ މޮޅުވާން މި ކުޅެނީ. ރީތި ފުޓްބޯޅަ ބަލަން ބޭނުމިއްޔާ ބާސާ މެޗްތައް ބަލަމާ ހިނގާ.

The name is already taken The name is available. Register?

ހޯރަ

29 April 2017

ރެފްރީންގެ ފެންވަރު ދަށް. ވާއެއް ނުވާއެއް ނޭގެ. ތި ފުޓްސަލް މުބާރާތް ބާންވަން ދެން ޖާގަ ނުދޭތި. ހުރިހާ ރަގަޅު ރެފްރީން ބޮޑްމުސާރަ ދީފަ ގެންދަނި. ތިވެސް ބަޔަކު ކުރާ ވިޔަފާރިއެއް.

The name is already taken The name is available. Register?

ޢަހްމަދު

29 April 2017

ބޭނުންވީ 3 ޕޮއިންޓް..އެކަން ހާސިލްވެއްޖެ..ޝުކުރިއްޔާ ކޯޗް އަދި ކުޅުންތެރިންނައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454