ކުޅިވަރު / އެފްއޭއެމް

ފުޓްބޯޅަ ސްކޫލުގައި އިސްކޮށް ޗެމްޕިއަންސް ލީގު ލެޖެންޑެއް

ސަރުކާރުގެ ހަރަދުގައި ހުޅުމާލޭގައި އަޅާފައިވާ ފުޓްބޯޅަ ސްކޫލް (ބައިނަލްއަގުވާމީ ފެންވަރުގެ ހައި ޕާފޯމަންސް ސެންޓަރު)ގައި އެންމެ އިސްކޮށް ހުންނާނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ލެޖެންޑެއް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ޔޫއޭއީ އަށް ކުރެއްވި ދަތުރުގެ ތެރެއިން، ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެފައިވާ ފުލްބެކް މިޝޭލް ސަލްގާޑޯއާ އެކު ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމަށް ފަހު ނަގާފައިވާ ފޮޓޯ އެއް ހިއްސާކޮށް ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ވަރަށް އުފާވެރި ހަބަރެއް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

ބައްސާމް މިިދިޔަ އަހަރު ކޮށްފައިވާ ޓްވީޓް.

އެއާ އެކު ސަލްގާޑޯ، ފުޓްބޯޅަ ސްކޫލްގެ އިސް ހިއްސާއެއް އަދާކުރާނެ ކަމުގެ އަޑުތައް އޮތީ މީޑިއާގައި ފެތުރިފަ އެވެ. އެފްއޭއެމުން ފުޓްބޯޅަ ސްކޫލްގެ މައުލޫމާތު ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކަށް ދޫކޮށްލީ ފުޓްބޯޅަ ސްކޫލްގެ އިސް ފަރާތަކީ ޗެމްޕިއަންސް ލީގުގެ ލެޖެންޑެއް ކަމަށް ބުނެ އެވެ. ސަލްގާޑޯ ވަނީ ރެއާލާ އެކު ދެ ފަހަރެއް މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލްގެ ފުރަގަހުގައި ހަދާފައިވާ ފުޓްބޯޅަ ޓްރެއިނިން ސްކޫލްގެ އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، ޓާފް ދަނޑާއި އެހެނިހެން ބައެއް މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެފްއޭއެމުން މީގެ ކުރިން ބުނެފައިވެ އެވެ. ޓްރެއިނިން ސްކޫލްގެ އިމާރާތް ވަނީ ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ކޮވިޑް-19ގެ ބޭނުންތަކަށް ދޫކޮށްފަ އެވެ.

އެފްއޭއެމުން 2018 ވަނަ އަހަރުގެ ޖުލައި މަހު ފުޓްބޯޅަ ސްކޫލްގެ މަސައްކަތް އިއުލާނުކުރީ 90 ދުވަސް (ތިން މަސް) ތެރޭ ފަށަން އަމާޒުހިފައިގެންނެވެ. އެއީ ކުރީގެ ސަރުކާރުން 2018 ގެ ބަޖެޓްގެ ތެރެއިން ކުޅިވަރު ދާއިރާ އަށް ކުރަން ނިންމި ބޮޑު އިންވެސްޓެއްގެ ތެރޭގައި ހިމެނި ކަމެކެވެ.

އެކަމަކު ގިނަ ކަންތައްތަކެއް ދިމާވެ، އެކި ކަހަލަ ފުޓްބޯޅަ ސްކޫލާ ގުޅޭ ކަންކަން ފުރިހަމަވުމުގައި ދުވަސްތައް ނަގަން ފެށުމުން މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދިޔަ އެވެ. އެހެން ނަމަވެސް ހުރިހާ ކަމެއް ފަހުން ހަމަޖެހި މަސައްކަތް ރަނގަޅުކޮށް، ފަހުން ފުޓްބޯޅަ ސްކޫލް ފެށޭ ވަރަށް ހުރިހާ ކަމެއް އެއްކޮށް ކަހަލަ ގޮތަކަށް ނިންމާލިއިރު، ކޮވިޑް-19ގެ ސަބަބުން ގައުމުގެ ގިނަ ކަންތައްތަކެއް މަޑުޖެހިފައި އޮތުމުން އެފްއޭއެމަށް ޖެހުނީ ފުޓްބޯޅަ ސްކޫލްގެ މަސައްކަތް ވެސް ފަސް ކުރާށެވެ.

އެފްއޭއެމުން ރޭ އިއުލާނުކުރި ފުޓްބޯޅަ ސްކޫލުގެ ޕްލޭނުގައިވާ ގޮތުން އެ ސްކޫލުގައި 10 އާއި 15 އާ ދެމެދުގެ އަދަދަކަށް ބިދޭސީ ކޯޗުން ތިބޭނެ އެވެ. އަންނަ މަހަށް ނިންމާލަން އަމާޒުހިފާފައިވާ މި ތަނުގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ 40 ކުޅުންތެރިން ތަމްރީނު ފުރިހަމަކުރާނެ އެވެ. ހައި ޕާފޯމަންސް ސެންޓަރެއްގެ ގޮތުގައި ފުޓްބޯޅަ ސްކޫލް ހިންގާއިރު، އެ ތަނަށް ހޮވޭ ކުދިން ނަގަން 18 އެކެޑަމީއެއް ހުޅުވާނެ އެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި އަށް އެކެޑަމީ، އަތޮޅު ތެރޭގައި 10 އެކެޑަމީ އަދި އައްޑޫގައި ދެ އެކެޑަމީ ހުޅުވާނެ އެވެ. އެ އެކެޑަމީތަކުގައި ތަމްރީނުކުރާނީ 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުޅުންތެރިންނެވެ.

ފުޓްބޯޅަ ސްކޫލުގައި ކިޔަވައިދޭނެ ހާއްސަ ކަރިކިއުލަމެއް ހެދުމުގެ މަޝްވަރާތައް މިދިޔަ ނޮވެމްބަރު މަހު އެފްއޭއެމާއި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށައިފަ އެވެ. ހައި ޕާފޯމަންސް ސެންޓަރުގެ ކުޅުން އޮންނާނީ ހެނދުނާއި ހަވީރު އެވެ. ކިޔެވުން މެންދުރަށް ތާވަލުކޮށްފައިވާއިރު، ދީނީ ކަންކަން އުނގަނައިދިނުމާއި ގައުމީ ލޯބި އަށަގަނުވާްން އެކި ކަންކަން ކުރިއަށްގެންދަން ވަނީ ރާވައިފަ އެވެ. އެފްއޭއެމްގެ ފުޓްބޯޅަ ސްކޫލްގެ އެންމެ ބޮޑު ބޭނުމަކީ ހަރުދަނާ ޒުވާނުންތަކެއް ބިނާކުރުމެވެ.

1 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 18%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިޙްސާސް

11 February 2021

ތިޔައީ ވަކިބަޔަކަށް މޮޅެތިމީ ހުންގެ ދަރިންނަށް އޮތް ފުރުސަތެއްތޯ ނޫނީ އާދައިގެ މީ ހުންގެ ހުނަރު ހުރި ކުދިންނަށް ފުރުސަތު ލިބޭނެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454