މާލެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
16 ފެބުރުއަރީ 2021 - 09:24
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ޖެހިފައިވާތީ ކްލަބްތަކުން ފާޅުކުރާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.
ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ރައީސްއާ ބައްދަލުކުރަން ނިންމީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް މި މަހު ތިން ވަނަ ދުވަހު މެދުކަނޑާލި ދިވެހި ލީގު ފަށަން މިހާތަނަށް ކުރި މަސައްކަތުގައި އެކަށީގެންވާ ޖަވާބެއް ނުލިބޭތީ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކުން އިސް އޮފިޝަލަކު ބައިވެރިވެފައިވެ އެވެ. ކްލަބްތަކުން ވަނީ ކޮވިޑް-19ގެ ސަބަބުން ލީގު ހުއްޓާލަން ޖެހޭ ކޮންމެ ފަހަރަކު މާލީގޮތުން އެތައް ދަތިތަކެއް ކުޅުންތެރިންނާއި ކްލަބްތަކުން އުފުލަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް ދަންނަވައިފަ އެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވަނީ ކްލަބްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
"ކްލަބްތަކުން ވެސް ޖެހޭ ހަގީގަތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުން ވީ އެންމެ އަވަހަކަށް އަރައިގަންނަން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ މި ބަލި ފެތުރުނަ ނުދިނުމަށް ކުރަން ޖެހޭ ކަންތައްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންތައްތައް ކުޅިވަރުގެ މަޝްހޫރު ކުޅުންތެރިންގެ އެހީގައި ވެސް ޕްރޮމޯޓްކުރުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.
"ނުފޫޒުގަދަ އަދި މަޝްހޫރު އެތުލީޓުން ކުރިއަށް ޖެހި އެބަޖެހޭ ނުކުންނަން. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ އިރުޝާދުތައް ޕްރޮމޯޓްކުރަން. މިސާލަކަށް ސޯޝަލް ޑިސްޓެންސިން އަށް އިސްކަން ދިނުން. މާސް އެޅުން. ދެން ވެކްސިން ޖެހުމަށް ހޭލުންތެރިކުރުން،" ރައީސްއާ ހަވާލާދީ ބުނެފައިވެ އެވެ.
ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ކުރިއަށްދާ މުބާރާތަކަށް ވާއިރު އެ މުބާރާތަށް ފުރުސަތު ދޭން ފުޓްބޯޅަ ކްލަބްތަކުގެ އިތުރުން ކުޅުންތެރިން ވަނީ އެޗްޕީއޭގައި އެދިފަ އެވެ. އެކަމަކު ހުކުރު ދުވަހު އެޗްޕީއޭ އިން އާންމުކުރި އާ އުސޫލުތަކުގެ ތެރެއިން ވެސް ދިވެހި ލީގު ފެށޭނެ ލުޔެއް ނުލިބުނެވެ. ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން މިދިޔަ ހުކުރު ދުވަހުގެރޭ ވަނީ ލީގު ފަށަން ހުއްދަ ދެވެން ނެތް ކަމަށް ބުނެފަ އެވެ.
ނަމަވެސް ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އެހީތެރިކަމާ އެކު ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން، ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އިއްޔެ ވަނީ ވެކްސިން ޖަހަން ފަށައިފަ އެވެ. ހުރިހާ ކްލަބެއްގެ ކުޅުންތެރިން ވެކްސިން ޖަހައި ނިމުމުން ކައިރި މުސްތަގުބަލެއްގައި ލީގު އަލުން ފެށުމުގެ ފުރުސަތު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
16 February 2021
ރައީސް މީހާއަށް އަދި ނޭގެނީކަންނޭގެ ވެރިކަމުގެ 2 އަހަރު ނިމި ދައުރުވެސް ނިމެނީކަން. އަދިވެސް ކޮށްދޭނަން، ކުރާނަން، މިނޫން ބަހެއް ނީވޭ!
ޙިނި
16 February 2021
ވީވައުދު ތަކާ ހުވާތަކާ ރައީސްއައް ހަންދާންކޮދޭން މުޅިރާއްޖޭގަ އިސްތިހާރު ކުރަންވީ.
ވަހީދު
16 February 2021
ކޮންކަމެއް ހައްލު ނުކޮށްދޭނީ؟
ދިގުދަގަޑޭ
16 February 2021
ދެން އެންމެން ވޯޓުއަޅާލާ..ތިޔޯތީ ތިޔާ ކަންވެފަ.. ނުކައި ނުބޮއިވެސް ތިޔަ ކުޅެންވާނެ.. ދަރާ ވިކިގެންވެސް.. ދެން އެންމެން އަތްޖަހާ..
މާބެ
16 February 2021
ރައީސް އައް ދަންނަވާލަން ބާސްކެޓް ގެ ވެސް މިހާރު ހިންގާ ޖަރީމާ ތައް ހުއްތުވާލާން އެކަންކަން ބަލާ ދިނުން އަދި ސުޕުން ވެސް ބޭރުކުރުމައް ގޮވާލަން
ރަދީފްއޮފިޝިއަލް
16 February 2021
މަހަށް ދޭބަލަ.ރާއްޖޭގެ ކޮން ފުޓްބޯޅެއް ކުޅެވެން އޮތީ؟؟
1828
16 February 2021
ތިޔަ މަޤާމުގައި ހުރެ ބުންނަން ޖެހެނީ ތިހެންނެއް ނޫން. ހަމަ ނާޤާބިލީ. ނާތަހުޒީބީ.
އޮނަރަބްލް އަފީފު ދީދީ
16 February 2021
އާރާއި ބާރު ލިބިފައިވާތީ ޔާމީން ކަންކުރެއްވެވިގޮތަށް "ހިތުހުރިގޮތެއް" ރައީސަށްވެސް ހެއްދެވިދާނެ. # ނަމަވެސް ކުޅިވަރު ލާމަރުކަޒުކުރުމަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ޒޯން، ކ.އަތޮޅުން(މާލެ ހިމަނައި)ދާލަށް ސެންޓްރަލް ޒޯން، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ޒޯން ކަމުގައިކަޑައަޅާ 3 ސަރަޙައްދެއްގެ މައްޗަށް ތަރައްޤީ ކުރާ ފުޓްބޯޅަ ޕްލޭނެއްނެތި ތިގޮތަށް ފައިސާ ބަހައިގެން ނުވާނެ. އުތުރާއި ދެކުނު ޒޯނުގައި ވަސީލަތް ޤާއިމްކޮށް ހޯމްއަވޭ ލީޤް ބާއްވަވާ.
އޮނަރަބްލް އަފީފު ދީދީ
16 February 2021
އިއްޒަތްތެރި ރައީސް. އަހަރުމެން މަނިކުފާނަށް ވޯޓްދިނީ މަނިކުފާނުގެ ވެރިކަމުގައި "ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަވާނެކަމަށް" ވެވަޑައިގެންނެވި ވައުދުގެ ސަބަބުން. # ދައުލަތުގެ ޙަޒާނާއަތް އަތްކޮށްޕާ ނުވަތަ ބާރުވެރިކަމުގެ ބޭނުންކޮށް ދައުލަތުގެ ކުންފުނިތަކަށްއަންގައިގެން ހަމައެކަނި މާލޭގެ ޓީމް ތަކަށް ފައިސާ ބެހުމަކީ ވަރަށް ބޭއިންސާފު ގޮތެއް. # ދިވެހިލީގޭ ކިޔާފައި މާލޭގައި ހަމައެކަނި ރަށުޓީމްތައްބައިވެރިކޮށްގެން ކުޅޭމުބާރާތަކަށް ތިގޮތަށް އެހީނުދެވޭނެ.