ކުޅިވަރު

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް ބާއްވަން އިންޑިއާ ބިޑްކުރަނީ

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ބެންގަލޫރާއި މާޒިޔާ ކުޅުނު މެޗެއްގެ ތެެރެއިން.-- ފޮޓޯ: އޭއެފްސީ

މި ފަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ކުޅެން ނިންމާފައިވާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން އިންޑިއާ އިން ބިޑްކުރަން ނިންމައިފި އެވެ.

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ އޭއެފްސީ ކަޕްގެ އިތުރުން އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ބާއްވަން ބިޑްކުރަން ވެސް ނިންމައިފަ އެވެ. އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިންޑިއާގެ ގޯއާ މި ފަހަރު ކުޅޭނެ އެވެ. އޭއައިއެފްއެފްގެ ވިސްނުން ހުރީ ގޯއާގައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް މެޗުތައް ހޯސްޓް ކުރާށެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އަދި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ބާކީ އޮތް ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. ކޮލިފައިން ބުރުގައި އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ އީގަލްސް އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކުރާނެ އެވެ.

އޭއައިއެފްއެފްގެ ޕްރޮޕޯސަލްގައިވަނީ އޭޕްރީލް 14 އިން ފެށިގެން 21 ގެ ނިޔަލަށް އޮންނަ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ކޮލިފައިން ބުރާއި މެއި 14 އިން 20 ގެ ނިޔަލަށް ކުރިއަށްދާ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް ހޯސްޓްކުރާށެވެ. އެ ގޮތުން ކުޅޭނެ ސަރަހައްދަކަށް ނިންމާފައިވަނީ ކަލްކަތާ އެވެ. މިހާރު ޓްރެއިނިން ދަނޑުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ ބާކީ މެޗުުތައް ހޯސްޓްކުރަން ހުޅުވާލި ބިޑް ކާމިޔާބުކުރީ ރާއްޖޭންނެވެ. މިދިޔަ އޮކްޓޫބަރު މަހު ފަށާ ގޮތަށް މެޗުތަކުގެ ޝެޑިއުލް އާންމުކުރި ނަމަވެސް އެންމެ ފަހު ވަގުތު މުޅި މުބާރާތް ކެންސަލްކުރީ ހުރިހާ ގްރޫޕްތަކެއްގެ މެޗުތައް ކުރިއަށްގެންދެވޭނެ މަގެއް ނުފެނުމުންނެވެ.

މި އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ޝައުގުވެރިކަން އެފްއޭއެމުން ވަނީ ފާޅުކޮށްފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ގޮތުގައި، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ރާއްޖޭން ބޭނުންވިޔަސް އެކަމަށް ބިޑް ކުރެވެން އޮތީ މެޗުތައް ބޭއްވޭނެ ކަމުގެ ޔަގީންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި ނަަމަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މި ވަގުތު ދިވެހި ޕްރިމިއާ ލީގު އޮތީ މެދުކަނޑާލައިފަ އެވެ. އަލުން ލީގު ފެށޭތޯ މީގެ އެއް ދުވަސް ކުރިން ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގެ ކުޅުންތެރިން ވަނީ ވެކްސިން ޖަހަން ފަށައިފަ އެވެ.

ފުޓްބޯޅަ އަވަހަށް ފެށޭތޯ އެފްއޭއެމާއި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން މަސައްކަތްކުރާ އެންމެ ބޮޑު ސަބަބަކީ އޭއެފްސީ ކަޕްގެ އިތުރުން ވަރަށް އަވަހަށް ގައުމީ ޓީމު ކުޅޭ ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް އޮތުމުންނެވެ. މި ވަގުތު ޝެޑިއުލް އޮތްގޮތުން އަންނަ މަހު 25 ވަނަ ދުވަހު ރާއްޖެ އާއި ޗައިނާގެ މެޗު އޮންނާނެ އެވެ. އަދި އޭގެ ފަސް ދުވަސް ފަހުން ރާއްޖޭން ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މާލޭގަ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޭވިހަޑި

17 February 2021

ކޮޅެއްމެދެއް އަދި ފެންނަން ނެތް ކަމެއްގާ އެކަމުގެތެރެއަށް ބޯމަހާލުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ވެދާނެކަމެއް. އެބައެއްގެ ފެންވަރުން އެބަޔަކު އުޅުނީމާ ރަނގަޅުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454