ޓީސީގެ ދާދު (ކ) އީގަލްސްގެ ގޯލަށް ހަމަލައެއް ފޮނުވާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ނޮވެމްބަރ 2016 - 12:34
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު މާދަމާ ހަވީރު ކުޅޭ ގޮތަށް އެފްއޭއެމުން ބަދަލުކޮށްފި އެވެ.
ކުރިން މި މެޗު ފަށަން ހަމަޖެހިފައިއޮތީ މާދަމާރޭ 9 ޖަހާއިރެވެ. މެޗު އަވަސްކުރި ސަބަބެއް އެފްއޭއެމުން ނުބުނެ އެވެ. މިހާރު ހަމަޖެހިފައި އޮތްގޮތުން ފައިނަލް މެޗު ފަށާނީ މާދަމާ ހަވީރު 15:50 ގަ އެވެ.
ގަލޮޅު ދަނޑުގައި 2003 ވަނަ އަހަރު ފެންވަރު ރަނގަޅު ލައިޓިން ސިސްޓަމެއް ގާއިމްކުރި ފަހުން ފައިނަލް މެޗުތައް ކުޅެމުން އަންނަނީ ރޭގަނޑެވެ. މިދިޔަ އަހަރު ސ. ހިތަދޫ ޒޯން ސްޓޭޑިއަމުގައި އޮތް ގައުމީ ފައިނަލް ހަވީރު ކުޅުނު އިރު، މާލޭގައި އެންމެ ފަހުން ހަވީރު ކުޅުނު ފައިނަލަކީ 2008 ވަނަ އަހަރުގެ ގައުމީ ފައިނަލެވެ. އެ މެޗުން ވިކްޓަރީ 3-2 އިން ބަލިކޮށް ތަށި ހޯދީ ކްލަބް ވެލެންސިއާ އެވެ.
ޓީސީ މި ފަހަރުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި މާޒިޔާ ބަލިކުރުމަށް ފަހު އެވެ. އަދި 2014 ވަނަ އަހަރުގެ ރަނަރަޕް އީގަލްސް މި ފަހަރުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަހުމަދު އިސްމާއިލް މއ ބޯގަންވިލާ
28 November 2016
2008 ވަނަ އަހަރު ގައުމީ ފައިނަލް ކުޅުނީ ރޭގަނޑު ، މައުލޫމާތައްޓްކާ ދަންނަވާލީ
އެމްޑީއޭ ސުޖާ
28 November 2016
ތިޔާހެން ކުއްލި ކުއްލި އަށް ގަޑި ބަދަލުކުރަންޔާ އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ ދެއްތޯ! މިރޭ ހަބޭސް ޖަލްސާ އޮތުމާ މާދަމާ × ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ފައިނަލް މެޗު އޮތަތީ މާދަމާއަކީ ހާފް ޑޭ އަކަށް ހަދައިދިނުންއެދި ވަރަށް އަދަބުވެރިކަމާއެކު މި ރައީސްއަށް ދަންނަވަން.
އަހޫދު
28 November 2016
2012 ގަވެސް ހަވީރު ފައިނަލެއް ކުޅުނު އެމެޗް ޕެނަލްޓީ ޖަހާގެން ވިކްޓްރީ ބަލިކޮށް ތަށިނެގީ ނިއު، ޕެނަލްޓީ ޖަހަމުން ކޮޅުވެސް ބަދަލުކުރި
ބަހޫދު
28 November 2016
އެހެންތަ؟