ރާއްޖޭގެ ސީނިއާ ވޮލީ ޓީމު މެޗަކަށް ނުކުތުމުގެ ކުރިން ގައުމީ ސަލާމަށް ހުއްޓިލައިގެން --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
03 އޮކްޓޯބަރ 2021 - 10:09
ގައުމީ 23 އަހަރުން ދަށުގެ ވޮލީބޯޅަ ޓީމަށް ކުޅުންތެރިން ނެގުމަށް އަންނަ ހޮނިހިރު ދުވަހު ޓްރައަލްއެއް ބާއްވަން ވީއޭއުމުން އިއުލާން ކޮށްފި އެވެ.
ޒުވާން ގައުމީ ޓީމަށް ކުޅެން ބޭނުންވާ 23 އަހަރުން ދަށުގެ އުމުރުފުރާގެ ޒުުވާނުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް ޝައުގުވެރިވާ ޒުވާނުން އައިޑީ ކާޑް ހިފައިގެން އަންނަ ހޮނިހިރު ދުވަހު ހަވީރު 4 ޖަހާއިރު ކުޅޭ ކިޓްގައި ސޯޝަލް ސެންޓަރަށް ހާޒިރުވުމަށް ވީއޭއެމުން އެދެ އެވެ.
ޓްރައަލްގެ ބޭނުމަކީ ޒުވާން ވޮލީ ޓީމަށް ކުޅުންތެރިން ނެގުމުގެ އިތުރަށް ހުނަރުވެރި އާ ކުޅުންތެރިން ދެނެގަތުމެވެ.
އުމުރު ފުރާތަކުގެ ގައުމީ ޓީމުގެ އިތުުރުން ޑެވެލޮޕްމެންޓް ސްކޮޑްތަކެއް އެކުލަވާލުމަށް ވެސް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވަނީ އަމާޒު ހިފައިފަ އެވެ. ޑެވްލޮޕްމެންޓް ސްކޮޑަކީ ވޮލީގެ ގައުމީ ޓީމުތަަކަށް ކުޅުންތެރިން ފީޑް ކުރާނެ މަރުހަލާ އެެވެ.
ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗެއް ހަމަޖެއްސުމަށް ވީއޭއެމުން ވަނީ ތައްޔާރުވެފަ އެވެ. އަދި ހެޑް ކޯޗާއެކު މަސައްކަތް ކުރާނެ ދެ އެސިސްޓެންޓް ކޯޗުން ވެސް މަގާމަށް ހަމަޖައްސާނެ އެވެ. ރަނޭ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ވޮލީ ބޯޅައިގެ އެންމެ އުހަށް ކުޅުންތެރިން ގެންގޮސް ދިނުމުގައި އެހީ ވެދެވޭނެ ކޯޗުން ރާއްޖޭގެ ވޮލީބޯޅައިގެ ސިސްޓަމްގެ ތެރޭގައި ތިބޭނެ ކަމަށެވެ.
"ކޯޗުން ފައިނަލް ކުރުމަށް ހަދަން ޖެހޭ އެނަލަޒޭޝަންތައް ނިމިއްޖެ. ދެން އޮންނާނީ ކޯޗު މަގާމަށް ހަމަޖެއްސުން،" ރަނޭ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ބާއްވާ ޓްރަޔަލް ކުރިއަށްގެންދާނީ އާ ކޯޗުގެ ބެލުމުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދު.
03 October 2021
ކަލޭމެން މޮޮނުގޮވާ. ދުވަހަކު ތިޔަ ޓީމަކަށް ނޭރިކަމުގައި ވިޔަސް އަހަރުމެން އެތައް ހާސް ރުފިޔާ ޙަރަދުކޮށް ޓަރަޔަލް އަކަށް ތިރަށަކަށް ނުދާނަން. ކަލޭމެން މިސިޓީގައި ތިބި ކުދިންގެ ފެންވަރު ދެނެގަންނާން ބޭނުން ނަމަ މިތަނަށް އާދޭ.
ރަދީފްއޮފިޝިއަލް
03 October 2021
އެއީ ކޮން ރަށެއްތަ ބްރޯ؟؟ ރަށުގެ ނަން ވެސް ޖަހާލަބަލަ.