26 އޮކްޓޯބަރ

October 26, 2018 5
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި

އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ގޯލުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޓީސީ ސްޕޯޓްސް ކްލަބުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. މި ނަތީޖާއާ އެކު ނިއު އަށް ވަނީ ލީގު ދިފާއު ކުރުމުގެ އަމިއްލަ ބާރު ހުރިހާ ގޮތަކުން ގެއްލިފަ އެވެ.

22 އޮކްޓޯބަރ

October 22, 2018 5
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީޑު ދަމަހައްޓައިފި

އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ހަތަރު ގޯލާ އެކު ވިކްޓްރީ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ދީޑު ދަމަހައްޓައިފި އެވެ.

21 އޮކްޓޯބަރ

October 21, 2018 3
"ލީޑެއްގައި އޮތަސް ދެ ވަނަ ބުރު ވަރަށް އުނދަގޫވާނެ"

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ކުޅުން މިއަދު ފަށާއިރު ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ކުރީގައި ލީޑެއްގައި އޮތް ނަމަވެސް މި ބުރު އެ ޓީމަށް ވަރަށް އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

19 އޮކްޓޯބަރ

October 19, 2018 6
ބޮޑު މޮޅަކާ އެކު ޓީސީން ލީޑު ދަމަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ބުރުގެ ފަހު މެޗުން މިރޭ ށ. ފޯކައިދޫ އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފަ އެވެ.

08 އޮކްޓޯބަރ

October 08, 2018 6
ލަބާންގެ މޮޅު ކުޅުމުން ގްރީން އިން ޓީސީ ބަލިކޮށްފި

އިބްރާހިމް ލަބާން ޝަރީފްގެ މޮޅު ކުޅުމާ އެކު ކްލަބް ގްރީންސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ، ވަރުގަދަ ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށްފި އެވެ.

03 އޮކްޓޯބަރ

October 03, 2018 9
ކްލަބްތައް އޮތީ ކަންބޮޑުވާން ޖެހޭ ހާލަތުގައި: ނިޒާމްބެ

ބޮޑު މެދުކެނޑުމަކަށް ފަހު އަލުން ދިރާގު ދިވެހި ޕްރިމިއާ ލީގު ފަށައިގެން ކުރިއަށްދާއިރު ޓީމުތަކުގެ ކަންތައް ހުރީ އެއްވެސް ޓީމަކުން ބޭނުންވާނެ ގޮތަކަށް ނޫން ކަމަށާއި އޭގެ ސަބަބުން ލީގަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

27 ސެޕްޓެމްބަރ

September 27, 2018 8
ނިއު ބަލިކޮށް ޓީސީ ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި

ވާދަވެރި ނިއު ރޭޑިއަންޓް 1-0 އިން ބަލިކޮށް، ޖެހިޖެހިގެން ނުވަ މެޗުން އެ ޓީމުން އަތުން ބަލިވި ބަލިވުމުގެ ސިލްސިލާ އަށް ނިމުން ގެނެސް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޓީސީ ސްޕޯޓްސް އިން ފަސް ޕޮއިންޓުގެ ލީޑެއް މިއަދު ހަވީރު ނަގައިފި އެވެ.

17 ސެޕްޓެމްބަރ

September 17, 2018 12
ހަގީގަތަކަށްވީ ހުވަފެނާއި ނިޒާމްބެ ދިން ހިތްވަރު

"އަޅުގަނޑު ފައިނަލުގައި ލަނޑެއް ޖެހުން އެއީ ކުޑަ އިރުއްސުރެން ދެކެމުން އައި ހުވަފެނެއް،"

17 ޖުލައި

July 17, 2018 8
މާޒިޔާ ބަލިކޮށް ޓީސީ އަލުން އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ އަތުން 3-0 އިން ހޯދި މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.

12 ޖުލައި

July 12, 2018
ބެންޖޯގެ އަނިޔާ ސީރިއަސްއެއް ނޫން

ޓީސީ ސްޕޯޓްސް ކްލަބުގެ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް އެ ކްލަބުން ބުނެފި އެވެ.

10 ޖުލައި

July 10, 2018 12
ދަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ އަލުން އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުން 1-0 އިން ކްލަބް އީގަލްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

04 ޖުލައި

July 04, 2018 2
ދަގަނޑޭގެ ދެ ގޯލާ އެކު ޓީސީ އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ގޯލާ އެކު 3-0 އިން ބ. ފެހެންދޫ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަަނަ އަށް މިއަދު ޖެހިލައިފި އެވެ.

30 ޖޫން

June 30, 2018 5
ދަގަނޑޭގެ ދެ ލަނޑާ އެކު ޓީސީ އަށް ބޮޑު މޮޅެއް

އަލަށް ގުޅުނު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ދެ ލަނޑާ އެކު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުގައި މިރޭ ފ. ނިލަންދޫ އަތުން 6-1 ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.

23 ޖޫން

June 23, 2018 3
ޓީސީން ނޭޕާލް ކީޕަރު ކިރަން އަލުން ގެނެސްފި

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ގޯލު ބެލެހެއްޓި ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ޝެމްޝޮން އަނެއްކާ ވެސް އެ ޓީމަށް ގެނެސްފި އެވެ.

20 ޖޫން

June 20, 2018 3
ދަގަނޑޭ ބޭނުންވާކަމުގެ އިޝާރާތެއް ޓީސީން ދީފި

ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެންނަން ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ ކަމަށް ބުނެ އޭނާ ހޯދަން މަސައްކަތްކުރާނެ ކަމުގެ އިޝާރާތެއް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ދީފި އެވެ.

19 ޖޫން

June 19, 2018
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ވިކްޓަރީއާ 1-1 އިން އެއްވަރުވެ، ޓީސީ ސްޕޯޓްސް ކްލަބް ހަތަރު ވަނައިގައި އޮވެ ލީގު ނިންމާލައިފި އެވެ.

08 ޖޫން

June 08, 2018 11
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި

އެސްޓީއޯ މާލޭ ލީގުގައި މިރޭ އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ދެ ގޯލުން 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް އަތުން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

03 ޖޫން

June 03, 2018 1
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވެ، ލީގުގެ ގަދަ ހަޔެއްގެ ފުރުސަތު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ހަނިވެއްޖެ އެވެ.

30 މެއި

May 30, 2018 13
ރެފްރީންގެ ކަމެއް ބަލާނެ، ރަނގަޅުކުރާނެ ބަޔަކު ނެތް

ދިވެހި ފުޓްބޯޅަ ކުރިއަރުވަން ބޭނުންނަމަ ރެފްރީންގެ ކަންކަން އިސްލާހުކުރަން ޖެހޭ ކަމަށް ބުނެ ރެފްރީންނަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަރަށް ބޮޑަށް...

May 30, 2018 7
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު ޓީސީގެ މައްޗަށް 4-3 އިން ކުރިހޯދައި ގްރީން ސްޓްރީޓްސް ދިވެހި ޕްރިމިއާ ލީގާ ގާތަށް ޖެހިލައިފި އެވެ.

26 މެއި

May 26, 2018
ފޭދޫ އިއްބެ އަށް މިއީ މުހިއްމު ފެށުމެއް: ނިޒާމްބެ

މި ފަހަރު އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ފަރާތުން ފެނުނީ މިދިޔަ ސީޒަނާ ބަލާއިރު ދަށް ކުޅުމެކެވެ. ލީގުގައި މިދިޔަ ހޯމަ ދުވަހުގެރޭ ވެލެންސިއާ ކޮޅަށް ހެދި ހެޓްރިކާ އެކު ފޭދޫ އިއްބެ ފޯމަކަށް އެޅުނުއިރު، މިއީ މި އަހަރުގައި ކުރިއަށްދާން އޭނާ އަށް...