05 އޮކްޓޯބަރ 2019 - 06:56
މިއީ ތަންދޮރުބަލައި އަމިއްލަ އަށް ހިނގާބިނގާވެ އުޅެން ދަންނަ ރޮބޮޓް ކުއްތާއެކެވެ. ނަމަކީ "ސްޕޮޓް" އެވެ. އުފެއްދީ ބޮސްޓަން ޑައިނަމިކްސް އިންނެވެ.
ސްޕޮޓް ވިއްކަން ބާޒަރަށް ނެރެނީ އެވެ. އެކަމަކު ހީވަނީ މިހާރު ވެސް ވިކި ހުސްވެއްޖެހެންނެވެ. ސަބަބަކީ، ފުރަތަމަ ބުރުގައި ވިއްކަން ހަމަޖައްސާފައި ވަނީ އެންމެ 20 ކުއްތާ އަށް ވުމެވެ. އަދި މި ސޮރު ވިއްކަން ހަމަޖައްސާފައި ވަނީ ވެސް، ހޮވާލެވޭ ވަކި ބަޔަކަށެވެ. އެއީ ސްޕޮޓް ލައްވައި ވަކި މަސައްކަތްތަކެއް ކުރެވޭ ފެންވަރުގެ ބަޔަކަށް ވެސް ވާންޖެހެ އެވެ.
ބޮސްޓަން ޑައިނަމިކްސް އިން އެދެނީ، ސްޕޮޓް ލައްވައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުވުމަށެވެ. ގޭސް ޕްލާންޓްތައް އަދި ޕަވާ ޕްލާންޓްތަކުގައި މަސައްކަތްކުރުމަށް ވެސް މި ސޮރު ވަނީ ހާނުވައިފަ އެވެ. ސްޕޮޓް ކުރަން ބޭނުންވާނީ އާދައިގެ ހާލަތްތަކުގައި، އިންސާނުންނަށް ކުރަން ދަތި ނުވަތަ ނުރައްކާތެރި މަސައްކަތްތަކެވެ.
ސްޕޮޓަށް މަސައްކަތް ހަވާލުކުރުމުން، ކުރަން ޖެހޭ މަސައްކަތައް އެ ސޮރު ދެނެގަނެ އެވެ. އެ ގޮތުގައި، ގޭސް ޕްލާންޓްގައި ގޭސް ލީކްވާ ތަނެއް ހުރިތޯ ބަލަ އެވެ. އަދި އިމާރާތްކޮށްފައި ހުރި ފެންވަރު ބެލުމަށް، ފާރުތައް އަދި ބިތްތަކުގެ ތެރެ މެޕްކުރެވެ. މި މަސައްކަތްތައް ކުރަން އެ ސޮރު ބޭނުންކުރަނީ، އެ ސޮރަށް ދީފައި ހުރި ބާރުގަދަ ކެމެރާތަކެވެ.
ސްޕޮޓް ޑިޒައިންކޮށް އުފައްދާފައި ވަނީ ވާރެ އާއި އަވީގައި މަސައްކަތްކުރެވޭ ގޮތަށެވެ. އެހެންކަމުން، ފެނުގެ އެ ސޮރުގެ ހަށިގަނޑު ވަނީ ފެން ނުވަންނަ ގޮތަށް ރައްކާތެރިކޮށްފަ އެވެ. މި ސޮރު ބޭނުންކުރުމުގައި އަދި މަސައްކަތް ހަވާލުކުރުމުގައި، ގެންގުޅޭ މީހުން ދަންނަން ޖެހޭ މުހިންމެ ކަމެއް ގޮތުގައި އިންޒާރުކޮށްފައި ވަނީ، އިންސާނުންނާ އެކު އެކިގައި އަދި ނުގެންގުޅުމަށެވެ. ސެ ސޮރު އަތުޖެހި ފަހަރެއްގައި މީހަކު މަރުވުމަކީ ވެސް އެކަށީގެންވާ ކަމަކަށް ވާތީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
goodbye a minecraft original
05 October 2019
ސަޅި
އެންދެރި
05 October 2019
ކުއްތާއެއް ނޫނެވެ. 4 ފީޓް ރޮބޮޓް އެވެ.
ޑައި ނަސީރު
05 October 2019
އެއްޗެއްގެ އަގަކީ ކޮބާ؟
އަހްމަދު
05 October 2019
ފައްކާ.
ގެސް
05 October 2019
އެއްމެ 20 ، ދެން ކިހިނެއް އަތްފޯރާފަށަށް އަންނަނީ......
ބޯގަޅިމުހައްމަދުކަލޭފާނު
05 October 2019
ވަގުހިފާން ތި ސޮރު ގެންނަންވީ ރާއްޖެއަށް. އަނެއްކާ އަތްފޯރާހިސާބުގައިބާ އަގުއުޅެނީ؟