"ރޮބޮޓް ކުއްތާ" އެއްގެ އަގަކީ 74،500 ޑޮލަރު (1,148,045ރ.)
19 ޖޫން 2020 - 08:56
މިހާރު ވެސް ބައެއް ގައުމުތަކުގައި އެކި ކަހަލަ ހާއްސަ މަސައްކަތްތަކުގައި ބޭނުންކުރަމުން އަންނަ "ރޮބޮޓް ކުއްތާ" ނުވަތަ "ސްޕޮޓް" އާންމުކޮށް ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.
ހަތަރެސް ފައި ޖަހައިގެން އޮންނަ މި އުފެއްދުމަކީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބޮސްޓަން ޑައިނަމިކްސްގެ ޒަމާނީ އުދެއްދުމެކެވެ. "ސްޕޮޓް" ގެ އެންމެ ހާއްސަ ސިފަ އަކީ އާދައިގެ ހާލަތްތަކުގައި، އިންސާނުންނަށް ކުރަން ދަތި ނުވަތަ ނުރައްކާތެރި މަސައްކަތްތަކަށް މީތި ހެޔޮވަރުވުމެވެ.
ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ގޭސް ޕްލާންޓާއި ޕަވާ ޕްލާންޓްތަކުގައި މަސައްކަތްކުރުވަން "ރޮބޮޓް ކުއްތާ" ވަރަށް ފައްކާ އެއްޗަކަށް ވާނެ އެވެ.
މީގެ އެއްޗެއްގެ އަގަކީ 74،500 ޑޮލަރު (1,148,045ރ.) އެވެ.
Are robots ready for the real world? Find out 6.16.20. pic.twitter.com/thhbPuW1YF
— Boston Dynamics (@BostonDynamics) June 15, 2020
"ސްޕޮޓް" ފަރުމާކޮށްފައި ވަނީ ވާރެ އާއި އަވީގައި މަސައްކަތްކުރެވޭ ގޮތަށެވެ. އެހެންކަމުން، އެ ސޮރުގެ ހަށިގަނޑު ވަނީ ފެން ނުވަންނަ ގޮތަށް ރައްކާތެރިކޮށްފަ އެވެ. މި ސޮރު ބޭނުންކުރުމުގައި އަދި މަސައްކަތް ހަވާލުކުރުމުގައި، ގެންގުޅޭ މީހުން ދަންނަން ޖެހޭ މުހިންމެ ކަމެއް ގޮތުގައި އިންޒާރުކޮށްފައި ވަނީ، އިންސާނުންނާ އެކު އެކީގައި އަދި ނުގެންގުޅުމަށެވެ. ސަބަަބަކީ މީހެއްގެ ފުރާނަ އަށް ވެސް ގެއްލުންވުމުގެ ބިރު އޮތުމެވެ.
Spot early adopters have shown us how agile mobile robots can be a transformative tool for reducing risks and improving efficiency in industrial processes. Now, with Spot available for purchase, it’s your turn to see what Spot can do.https://t.co/SuKQiyRcyS
— Boston Dynamics (@BostonDynamics) June 16, 2020
ބޮސްޓަން ޑައިނަމިކްސް އިން ބުނި ގޮތުގައި "ސްޕޮޓް" އަށް ކަސްޓަމަރުންދޭ ފީޑްބެކްތަކާ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި މިއަށް އިތުރު ތަރައްގީތައް ވެސް ގެންނާނެ އެވެ.
މި ވަގުތު އާންމުކޮށް މި ރޮބޮޓް ވިއްކަން ފެށި ނަމަވެސް ސަޕްލައި އަދި ހުރީ ވަރަށް ލިމިޓެޑްކޮށެވެ. އެގޮތުން މިހާތަނަށް ނަގާފައި ވަނީ 150 އޯޑަރެވެ. އަދި މި އަހަރުގެ ތެރޭގައި 1،000 އެދި އުފައްދަން ޕްލޭންކޮށްފައި އޮތް ނަމަވެސް ކޮވިޑް-19އާ ހެދި އެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެކަމަކު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ޓާގެޓަށް ދާން ވަނީ ފޫގަޅައިފަ އެވެ.
ބޮސްޓަން ޑައިނަމިކްސް އިން ބުނީ މި ވަގުތު ސަޕްލައި ވަރަށް ލިމިޓެޑް ނަމަވެސް ސަޕްލައި އިތުރުކޮށް ވިއްކާ އިރު ވެސް ކަސްޓަމަރަކަށް އެއް ފަހަރާ ދޭއްޗަށް ވުރެ ގިނައިން ނުވިއްކާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy