އެލެކްސާ ޕްރިންޓް: ޝޮޕިން ލިސްޓް ޕްރިންޓްކޮށްދީބަލަ!

އެއްޗެއް ޕްރިންޓްކުރަން މި އަށް ވުރެ ވަކިން ފަސޭހަ ގޮތަކީ ކޮބައިހެއްޔެވެ؟ ޕްރިންޓްކޮށްދޭށޭ ބުނީމަ ނިމުނީ އެވެ.


އެމެޒޯން އެލެކްސާ އަށް، ޕްރިންޓްކުރުމުގެ ކުޅަދާނަކަން ލިބިއްޖެ އެވެ. އެކަމަކު އޭގެ ކުރިން ދެތިން ކަމެއް ކަށަވަރުކޮށްލަންވާނެ އެވެ. ފުރަތަމަ ކަމަކީ، މިވެނި އެއްޗެއް ޕްރިންޓްކޮށްދޭށެ ބުނާއިރު، "އެކޯ ޑިވައިސް"އެއް، ގޭގައި ހުރުމެވެ. އަދި ވައިފައި ޕްރިންޓަރެއް ވެސް ހުރުން ލާޒިމެވެ. "އެކޯ ޑިވައިސް"އާ ޕްރިންޓަރު ގުޅިފައި ހުންނަން ވާނީ އެއް ނެޓްވޯކަކުންނެވެ.

އެލެކްސާ ގާތު ވަކި އެއްޗެއް، މިސާލަކަށް ޝޮޕިން ލިސްޓެއް، ރެސެޕީއެއް އަދި ރޮނގުދެމި ގަނޑެއް، ޕްރިންޓްކުރުމަށް އެދުމުން، ވައިފައި ނެޓްވޯކުން ގުޅިފައިހުރި ޕްރިންޓަރަށް އެ އެއްޗެއް ފޮނުވައިދެ އެވެ. އެއީ އެޗްޕީ، ބްރަދާ، އެޕްސަން އަދި ކެނަން ޕްރިންޓަރެއް ނަމަވެސް އެލެކްސާ އަށް މައްސަލައެއް ނެތެވެ.

ދެން އޮތް މައްސަލަ އަށް ވެސް ހައްލު އެބަ އޮތެވެ. ޕްރިންޓަރުން ދެލި ހުސްވާ ވަރު ވެސް އެލެކްސާ އަށް އެނގެ އެވެ. އަދި ދެލި ހުސްވާކަން ބޮޑު މީހާ އަށް ގަންގައި ވެސް ދެ އެވެ. އީމެއިލް މެދުވެރިކޮށް ނުވަތަ އެލެކްސާގެ އަޑުންނެވެ.

އެލެކްސާ މެދުވެރިކޮށް ޕްރިންޓްކުރަން އެދޭ މީހާ ބޭނުން ނަމަ، އޮންލައިކޮށް ޕްރިންޓާ ކާޓްރިޖަށް އޯޑަރުދިނުމަކީ ވެސް އެލެކްސާ ކޮށްދޭ ކަމެކެވެ. އެލެކްސާ މެދުވެރިކޮށް އެމެޒޯން އިން ދެއްޔެއް ގަނެފި ނަމަ 10 ޕަސެންޓް ޑިސްކައުންޓް ވެސް ލިބެ އެވެ.