ކޮލަމްބޯ (މެއި 18) - ސްރީ ލަންކާ އަށް ކުރަމުންދާ ބޯ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުން ބިންގަނޑު ފޭބުމުން، ތާށިވި މީހުންގެ ތެރޭން 16 މީހެއްގެ ހަށިގަނޑު މީހުން ސަލާމަތް ކުރާ ޓީމުތަކުން ހޯދައިފި އެވެ.

ވިއްސާރާއިގައި ކިގާލީން އެކަނި ވެސް ވަނީ 19 މީހުން މަރުވެފައި،" ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު

މެދުނުކެނޑި ތިން ދުވަސް ވަންދެން ލަންކާ އަށް ކުރި ބޯ ވިއްސާރައިގައި އެންމެ ބޮޑަށް ބިންގަނޑު ފައިބައިފައި ވަނީ ކޮލަމްބޯގެ އިރު އުތުރުން އޮންނަ ކިގާލީގެ ދެ އަވަށަކުންނެވެ. މިހާރު ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ވަނީ 35 މީހުން މަރުވެފަ އެވެ.

ކޮލަމްބޯގެ ކަޑުވެލަ ސަރަހައްދުން ލަންކާ ސިފައިން އަންހެނަކު ސަލާމަތްކޮށްގެން ގެންދަނީ. --ފޮޓޯ:އޭއެފްޕީ
ކޮލަމްބޯގެ ކަޑުވެލަ ސަރަހައްދުން ލަންކާ ސިފައިން އަންހެނަކު ސަލާމަތްކޮށްގެން ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާގައި ފެންބޮޑުވެފައިވާ ހިސާބުތަކުން މީހުން ސަލާމަތް ކުރުމަށް ސިފައިން ވަނީ ނެރެފަ އެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ތަރުޖަމާން ޕްރަދީޕް ކޮދިއްޕީ ވިދާޅުވީ ވިއްސާރައިގައި ބިންގަނޑު ފައިބަން ފެށުމާ އެކު ކިގާލީގެ ގިނަ ބަޔަކު، ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަމަށެވެ. ވިއްސާރައިގައި ކިގާލީން އެކަނި ވެސް 19 މީހުން މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ކޮލަމްބޯގެ މަގެއްގެ މަތިން މީހަކު ކުޑަ ނަގައިގެން ކުއްޖަކު ގޮވައިގެން ސައިކަލެއްގައި ދަނީ. --ފޮޓޯ:އޭއެފްޕީ
ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ކޮލަމްބޯގެ މަގެއްގެ މަތިން މީހަކު ކުޑަ ނަގައިގެން ކުއްޖަކު ގޮވައިގެން ސައިކަލެއްގައި ދަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި 350،000 މީހުންނަށް ވަނީ އެކި ގެއްލުންތައް ލިބިފަ އެވެ. އަދި ގެދޮރުގައި އުޅެވެން ނެތުމުން، ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ސަރުކާރުގެ އިމާރާތްތަކުން ހިޔާވަހިކަން ހޯދައިފަ އެވެ.

ލަންކާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފައި ވަނީ ލަންކާ އަށް ވިއްސާރަ ކުރަމުންދަނީ ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމެއްގެ ސަބަބުން ކަމަށެވެ. --އޭއެފްޕީ