ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޗެއާމަންކަމުން މއ. ތަރިޖެހިއާގެ މުހައްމަދު އަފީފް ހުސެއިން މިއަދު ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޓެލްކޯގެ ޗެއާމަންކަމުން އަފީފް ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރެއްވި ސަބަބެއް ނިޒާރު ވިދާޅެއް ނުވެ އެވެ.

އަފީފް ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމުން ވަކިކުރެއްވިއިރު އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރެއްވި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ސްޓެލްކޯގެ ޗެއާމަން ކަމަށް އަފީފް އައްޔަންކުރީ ޑިސެމްބަރު 25، 2013 ގަ އެވެ.