ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖެ އިން 35،000 ޑޮލަރު މިއަދު ހަވާލުކޮށްފި އެވެ.
ރާއްޖޭގެ ފަރާތުން މި ފައިސާ ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން މިހާރު ލަންކާ އަށް ވަޑައިގެން އުޅުއްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެއިން ޝިހާބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަރާތުން ދެއްވާ ފައިސާގެ އެހީ، ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އަނުރާ ޕްރިޔަދަރުޝަނާއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ރައީސް އޮފީހުން ނުބުންޏެވެ.
ލަންކާއަށް މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރައިގައި ފެންބޮޑުވެގެންނާއި ބިންގަނޑު ފޭބުމުން 90 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 185،000 މީހުންް ވަނީ ގެއްލިފަ އެވެ.