ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭ ފަދަ ޕޯޓަލެއް ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން މިއަދު ބުނީ "މައިހުޅުމާލެ ޕޯޓަލް" ގެ ނަމުގައި ތައާރަފުކުރި ޕޯޓަލް މެދުވެރިކޮށް މުނިސިޕަލްގެ ހިދުމަތްތަކާއި ހަފުލާތައް ބާއްވަން ތަންތަން ބުކް ކުރުމާއި މަސައްކަތް ކުރުމަށްޓަކައި މަގު ބަންދު ކުރުމުގެ ހުއްދަ ވެސް ހޯދޭނެ ކަމަށެވެ.
އެޗްޑީސީން ބުނިގޮތުގައި އެންމެ ގިނަ ހަފުލާތައް ބާއްވާ ފަރުކޮޅުފުށި ވެސް އެ ޕޯޓަލް މެދުވެރިކޮށް ބުކް ކުރެވޭނެ އެވެ.
އެ ކުންފުނިން ދޭ ހިދުމަތްތަކުގެ މައުލޫމާތު އެ ޕޯޓަލުން ބެލޭނެ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ ކުރިން މިފަދަ ހިދުމަތްތައް އާންމުންނަށް ލިބެނީ ފޯމު ފުރައިގެން ލިޔެކިޔުމުން ކަމަށް ވިޔަސް، އާ ޕޯޓަލްގެ ސަބަބުން ވަރަށް ގިނަ ފަސޭހަތަކެއް އާންމުންނަށް ލިބޭނެ ކަމަށެވެ. އެ ޕޯޓަލްގެ ސަބަބުން ކުންފުނީގެ ހަރަދު ކުޑަވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.