19 ޖެނުއަރީ 2022 - 11:27
ހުސްވި 2021 ވަނަ އަހަރުގެ ތެރޭގައި ސްރީ ލަންކާގެ އިގްތިސާދަށް އިތުރު ދިރުމެއް ގެނުވާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔައިރު ވެސް، އަހަރު ނިމިގެން ދިޔައީ ފުން ވަޅުގަނޑެއްގެ ތެރެއަށް އެ ގައުމުގެ އިގްތިސާދު ގަންބާލައިފަ އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އިގްތިސާދީ ގޮތުން ލިބުނު ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް ގޯޓާބޭ ރާޖަޕަކްސަ އެވެ. ރިއާސީ އާ ދައުރަކަށް ނުކުންނެވި އިރު، ރައީސް ގޯޓާބޭ ވައުދުވެވަޑައިގެންނެވި އެންމެ މުހިންމު ކަމަކީ، ކުރިއަށް އޮތް ފަސް އަހަރަކީ އިގްތިސާދަށް އާރޯކަން ގެނުވާނެ ފަސް އަހަރަށް ހެއްދެވުމެވެ.
ނަމަވެސް ލަންކާ އަށް މިނިވަންކަން ލިބުނު ފަހުން، އިގްތިސާދީ ގޮތުން އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވީ މިދިޔަ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ. ހަކުރާއި ހިކި ކިރާއި ކަރާސީނު ތެލާއި ކައްކާ ގޭސް ހޯދުމަށް ފިހާރަތަކުގެ ދޮށުގައި، މިހާތަނަށް އެންމެ ދިގު ކިޔޫތައް ހަދައިގެން، ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނީ ވެސް މިދިޔަ އަހަރުގެ ތެރޭގަ އެވެ.
އިގްތިސާދީ ތަޖުރިބާކާރުން ބުނާ ގޮތުގައި، އިގްތިސާދީ ގޮތުން ގައުމު ފުން ވަޅުގަނޑަކަށް ވެއްޓުނު މައިގަނޑު ސަބަބަކީ، ބޭރުގެ ދަރަނި އަދާކުރާނެ ބޭރު ފައިސާ ގައުމުގައި ނެތުމެވެ. އަހަރު ނިމިގެން ދިޔައިރު، ލަންކާ އަށް އެތެރެކުރި ޒަރޫރީ އެތައް ސާމާނެއް އަޅާފައި ހުރި 1،500 އަށް ވުރެ ގިނަ ކޮންޓޭނަރު ހުރީ، ސަރުކާރުން ޑޮލަރު ނުދިނުމުގެ ސަބަބުން ބަނދަރުން ނުނެރެވި ތާށިވެފަ އެވެ.
އޭގެ ކުރީގެ 2020 ވަނަ އަހަރާ އަޅައި ބަލާއިރު، ކާބޯތަކެއްޗާއި ޒަރޫރީ ސާމާނުގެ އަގުތައް، މިދިޔަ އަހަރު ދެގުނަ މައްޗަށް ޖެހުނެވެ. އިންފްލޭޝަން ރޭޓް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި 9.9 ޕަސެންޓްގައި ހުރި އިރު، ޑިސެމްބަރު މަސް ނިމުނު އިރު އިންފްލޭޝަން ރޭޓް ވަނީ 12.1 ޕަސެންޓަށް މަތިވެފަ އެވެ.
އިގްތިސާދަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ލަންކާ އިން މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ބޭރު ގައުމުތަކުން ލިބޭ އެހީ އާއި ޓޫރިޒަމާއި ފޭރާމާއި ސައިފަތުގެ އެކްސްޕޯޓަށެވެ. ނަމަވެސް މިހާރު ފެތުރިފައިވާ ކޮވިޑް ވަބާގެ ސަބަބުން، ޓޫރިޒަމުން ލިބޭ އާމްދަނީ އާއި ފޭރާމާއި ސައިފަތުގެ އެކްސްޕޯޓަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެ، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ މަންޖެ
20 January 2022
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި ލޯނެއް ނުދެއްކުމުން، އެ ބޭންކަށް ނަގާފައިވާ ށ. ދޮޅިޔަދު އާއި މ. ޑްރީމް ގަސްވެލި ރިސޯޓް ވިއްކާލަން މިއަދު އިއުލާނުކޮށްފި އެވެ.
ރަދީފްއޮފިޝިއަލް
19 January 2022
އަދިވެސް ސޮހޮލުން ވެރިކަމަށް ގެންނާތި.ގައުމު ތިއޮތް ފުނޑިގެން ދަނީ.
ކަކުނިބޯ
19 January 2022
މިހާރު މިރާއްޖެ މިދާގޮތުން 2024 އަހަރެމެންގެ ފަހަރު މިހާރު ލަންކާއޮތްހާލަތުގައި އަހަރެމެން. ޢިންޑިޔާއަށާ ޗައިނާއަށް ލޯނުދެއްކުމުގައި އަވަދިނެތި ކާންބޯން ގޮތްހުސްވެފަ