ދުނިޔެ / ޔުކްރެއިން

ޔުކްރޭނުގައި ހަނގުރާމަ ފަށައިފި

ޔުކްރޭނުގެ އިރުމަތީގައި އެ ގައުމުގެ ސިފައިން އިއްޔެ ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

މޮސްކޯ (ފެބްރުއަރީ 24) - ޔުކްރޭނުގައި އަސްކަރީ އޮޕަރޭޝަން ފެށިކަން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއުލާން ކުރައްވައިފި އެވެ.

"ޔުކްރޭނުގައި އަސްކަރީ އޮޕަރޭޝަން ފެށުމަށް އަޅުގަނޑު ނިންމައިފިން،" ރަޝިޔާ ގަޑިން ހެނދުނު 6 ޖެހުމުގެ ކުރިން (ރާއްޖޭ ގަޑިން ގާތްގަނޑަކަށް 8 ޖެހިއިރު) ވަރަށް ކުއްލި ގޮތަކަށް ޓީވީ މެދުވެރިކޮށް ޕުޓިން އިއުލާން ކުރެއްވި އެވެ.

ޕުޓިން ވަނީ ޔުކްރޭން ސިފައިން ހަތިޔާރު ބެހެއްޓުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި ޔުކްރޭނުގެ އިރުމަތީގައި ހިންގަނީ "ގަތުލްއާއްމެއް" ކަމަށް ސިފަކުރައްވައި ޕުޓިން ވަނީ އެ ގައުމަށް ރަޝިޔާ ސިފައިން އަރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިރުމަތީ ޔުކްރޭނުގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ލީޑަރުން ވަނީ ޔުކްރޭނާ ދެކޮޅަށް ރަޝިޔާގެ އަސްކަރީ އެހީއަށް އެދިފައި ކަމަށް ޕުޓިން ކުރިން ވިދާޅުވެފައިވެ އެވެ.

ޔުކްރޭނުގެ ވެރިރަށް ކިއޭވްގައި ހުރި އޭއެފްޕީގެ ރިޕޯޓަރަކު ބުނީ އަސްކަރީ އޮޕަރޭޝަން ފެށިކަން ޕުޓިން އިއުލާންކުރެއްވިތާ 30 މިނިޓް ފަހުން ބާރުގަދަ އެއްޗެހިތަކެއް ގޮވި އަޑު އިވިފައި ކަމަށެވެ. އިރުމަތީގެ ސިޓީއެއް ކަމަށްވާ މަރިއުޕޯލް އާއި ކަޅު ކަނޑުގެ ބަނދަރެއް ކަމަށްވާ އޮޑެއްސާ އިން ވެސް ގޮވާތަކެތީގެ އަޑު އިވިފައިވާ ކަމަށް އޭއެފްޕީގެ ރިޕޯޓަރުން ބުނެ އެވެ.

ޔުކްރޭނުގައި ހަނގުރާމަ ފެށިކަން އިއުލާންކުރުމާ އެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެކަމުގެ ހިތި ނަތީޖާ ރަޝިޔާ އަށް ފެންނާނެކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. އަދި ރަޝިޔާގެ މި އަމަލަށް އެ ގައުމު ޖަވާބުދާރީ ކުރުވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ ޔުކްރޭނުގައި ހަނގުރާމަ ފެށުމަކީ އެތައް ބައެއްގެ ފުރާނަ ގެއްލި އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އދ. ގައި ޔުކްރޭނުން ވަނީ ހަނގުރާމަ ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެދިފަ އެވެ.

އަނެއްކޮޅުން ޔުކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސް ވަނީ ޔޫރަޕްގައި ހަނގުރާމައެއް ފެށުމަށް ރަޝިޔާގެ ރައްޔިތުން ތާއީދު ނުކުރުމަށް ވަރަށް އަސަރާ އެކު ރޭ އެދިވަޑައިގެންފަ އެވެ. ރަޝިޔާ ބަހުން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ޔުކްރޭނާ ބެހޭ ގޮތުން ރަޝިޔާގެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ޕުޓިންއާ ފޯނުން ގުޅުމަށް އެތައް މަސައްކަތެއްކޮށްފައިވާ ކަމަށާއި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި ޔުކްރޭނުގެ ބޯޑަރާ ކައިރިއަށް ރަޝިޔާގެ 200،000 ސިފައިން ޖަމާކޮށްފައިވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ އިން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރުމާ އެކު ޕުޓިން ވަނީ އެ ސަރަހައްދަށް ރަޝިޔާ ސިފައިން ފޮނުވުމަށް ނިންމަވައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އިން ވަނީ އަޅައިފަ އެވެ.

ލުހާންސްކް އާއި ޑޮނެޓްސްކްގެ ވަކިވެގަތުމަށް މަސައްކަތްކުރާ ލީޑަރުން ވަކިވަކިން ވަނީ ރައީސް ޕުޓިން އަށް ސިޓީއެއް ފޮނުވައި ޔުކްރޭނުގެ އުދުވާނާ ދެކޮޅަށް ރަޝިޔާގެ އެހީއަށް އެދިފައި ކަމަށް ޕުޓިންގެ ތަރުޖަމާން ޑިމިތުރީ ޕެސްކޯފް ވަނީ ވިދާޅުވެފަ އެވެ. އެ ދެ ސިޓީ ވަނީ ރަޝިޔާގެ ރަސްމީ މީޑިއާގައި މި މަހު 22 ވަނަ ދުވަހު ޝާއިއުކޮށްފަ އެވެ.

ލުހާންސްކް އާއި ޑޮނެޓްސްކްގެ ލީޑަރުން ސިޓީ ފޮނުވާފައި ވަނީ އެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން ޕުޓިން ގަބޫލް ކުރައްވާފައި ވަނިކޮށެވެ. އަދި ރަހުމަތްތެރިކަމުގެ މުއާހަދާތަކުގައި ވަނީ އެ ދެ ޖުމްހޫރިއްޔާއާ އެކު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ދިފާއީ އެއްބަސްވުންތައް ވެސް ހިމެނެ އެވެ.

އަސްކަރީ ގޮތުން ބަލާއިރު ޔުކްރޭނަށް ވުރެ ރަޝިޔާގެ ބާރު އެތައް ގުނައެއް ބޮޑެވެ. ޔުކްރޭނުގައި އަސްކަރިއްޔާގައި 200،000 އެއްހާ ސިފައިން ހަރަކާތްތެރިވާ އިރު ރަޝިޔާގެ އެކްޓިވް-ޑިއުޓީ ސިފައިންގެ އަދަދު ވެސް މިލިއަނަކަށް ވުރެ އިތުރެވެ. ރަޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރަނީ އެންމެ ޒަމާނީ ހިތިޔާރެވެ. ނޭޓޯގެ ބައެއް މެންބަރު ގައުމުތަކުގެ ފަރާތުން ޔުކްރޭނަށް ވަނީ އެންމެ ފަހުގެ އެންޓި-ޓޭންކް ހަތިޔާރާއި ޑްރޯން ފޯރުކޮށްދީފަ އެވެ.

56 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 66%
icon angry icon angry 5%
icon wow icon wow 2%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެެންޓި

26 February 2022

އެމެރިކާ އިނގިރޭސިން އިޒްރޭލް ތިކަހަލަކަމަކާދެކޮޅަށް އެއްޗެއްބުނަން ލަދެއްނުގަނޭ! އިރާގު، ލުބުނާން، އަފްގާނިސްތާން، ލީބިޔާ ފަލަސްތީން ފުނޑާލިއިރު ހަމަ އޯކޭ..

The name is already taken The name is available. Register?

މަބުނީ ...

25 February 2022

ޕުޓިން މިއުޅޭ ގޮތާ ދެވަނަ ބޮޑު ހަނގުރާމަ ފެށި ދުވަސްވަރު ހިޓްލަރު އުޅުނު ވައްތަރާ އެއްގޮތް. ތީނަގެ ކަންތައް ނިމިދާނީ އެހެންބާ؟ މިބުނީ އެމެރިކާ ވަކި ރަނގަޅީކީ ނޫން. އެމެރިކާނުން ޢިރާގަށާއި އެހެނިހެން މުސްލިމް ގައުމުތަކާށް އަރައިގަތީ ވަރަށް ނުބައި މަލްޢޫނު ކޮށް. މިތާގައި ޕޫޓިން މިއޮތީ ގޯސް ހަދާފައި. ބޮޑު ގައުމަކަށް އަރައިގަތުމުގެ ހިތިރަހަ ތީނާގެ ކަރުބުޑުގައި ލާނެކަމަށް އުންމީދު ކުރަން. އެމެރިކާ، އިޒްރޭލް އިގިރޭސިންގެ ޖަރީމާ ތަކަކީ ރަޝިޔާ އިން ޖަރީމާ ހިންގުމަށް އޮތް ކައްފާރާ އެއް ނޫން...

The name is already taken The name is available. Register?

120687

24 February 2022

އެއްވެސް ގައުމަކުން އަނެއް ގައުމަށް އަރައިގަތުން ބަލައެއް ނުގަނެވޭ. އެ އުސޫލު، ގައުމުތަކަށް އަރައި އެތައް ގަރުނެއްގެ ބުރަ މަސައްކަތާއި ލެޔާއި ދަލުން އެގައުމުތަކުން ހޯދި ތަރައްގީއާއި ތަމައްދުން ސުންނާފަތިކޮށްފައިވާ އެމެރިކާގެ މައްޗަށް ނުހިނގަނީ ކީއްވެތޯ ސުވާލު އުފެދޭ. ޔޫކްރޭނު ނޭޓޯގައި ބައިވެރިކޮށްގެން ރަޝިޔާގެ ބަނޑުދަަށަށް ދުއްޕާންކުރަން އެމެރިކާ ބޭނުންވާކަން އެއީ ދުވާލުގެ އިރު ފަދަ ސާފު މައްސަލައެއް. އެމެރިކާ ސައިޒަށް ކަނޑާލުން ލާޒިމުވެއްޖެ.

The name is already taken The name is available. Register?

ގަބޭ

24 February 2022

ރަސިޔާއިން ޔޫކްރޭނަށް އަރައިގަތުމަށް ތާއީދުކޮށް މިތާ ކޮމެންޓްކުރާ މީހުންނަކީ މޮޔައިންނޭ ބުނެފިނަމަ، މަވަރު ބޮޑު މޮޔައެއް ހުރިކަމަކަށްނުވާނެ. އެކަމަކު އެއީ ހަމަ މޮޔައިން.

The name is already taken The name is available. Register?

ޢަރުތަ

25 February 2022

އެކަން އެނގިހުރެވެސް ތިހެން ބުނީމަ، ތިވީ ހަމަ ބޮޑު މޮޔައަކަށް.

The name is already taken The name is available. Register?

ކުރިކެޓު

24 February 2022

ރާއްޖެއަކީ އިންޑިއާގެ ބެކްޔާޑޭ ކިޔައިގެން އިންޑިއާއިން ރާއްޖެވަށާ ރާޑަރުޖަހައިގެން ޖާސޫސީ ހެލިކޮޕްޓަރު ބައިތިއްބައިގެން ހޭބޯނާރާ އުޅެނީ. އަނެއްކޮޅުން ރަޝިއާ އެއީ އިންޑިއާގެ ބޯޑަރު، އެކަމަކު މިވަރުކަމެއްހިނގާއިރު މޯދީފުޅު އަދި އެއްޗެކޭނުބުނޭ.

The name is already taken The name is available. Register?

ދނދނ

24 February 2022

ރަޝިއާ އާއި އިންޑިއާގެ ބޯޑަރު ގުޅޭ ހިސާބު ޗާޓަކުން ދައްކަވައިދެއްވައިފިނަމަ ވަރަށް ރަނގަޅު.

The name is already taken The name is available. Register?

ޢަރުތަ

25 February 2022

ތިގޭ ހަނޑަސްބުރިއެއް ނޫންތަ އިންޑިއާގެ ބޯޑަރަކީ!

The name is already taken The name is available. Register?

ޙިނި

24 February 2022

ޜަޝިޔާއައް ތިކަމުގެ ހިތިނަތީޖާ ކުރިޔައް އޮތީ. ރަޝިޔާ ބަލްކަނައިޒް ކުަރާނެ، އަދި ރަޝިޔާގެ ބޯޑަރު މޮސްކޯއާހަމައައް ކުޑަކޮއްލާނެ.

The name is already taken The name is available. Register?

މެޑްވެޑޭވް

24 February 2022

އެކި ބަހަނާ ދައްކައިގެން ދުނިޔޭގެ ގައުމުތައް ފުނޑަނީ އެމެރިކާއާ އިނގިރޭސީން އަޑީގަ ތިބެގެން. އިރާގް ލީބިޔާ ސީރިޔާ މިސާލަކަށް ފުދޭ. ޔުކްރޭނުގަ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމު ކޮށްގެން ރަޝިޔާއާ ކުޅެން އެމެރިކާ އުޅުނީމަ މިއޮތީ ސައިޒު ކޮށްލާފަ. ސާބަސް ޕުޓިން. ޔުކްރެއިންގެ ގޮނޑިކޮއްކޮ ޔަހޫދީ ސަރުކާރަށް ރަނގަޅު ފިލާވަޅެއް ދޭތި މިފަހަރު.

The name is already taken The name is available. Register?

ވަހުތާން

24 February 2022

ދެނިޔޭގެ ސަފުހާތަކުން އަނެއްކާ އާކަމެއް ފެށުނީ1 ބާރު ގަދަ ގަައުމުތަކުން ކައިރީގަ ހުންނަ ކުދި ގައުމަތަށް އެބައެއްގެ މަޞްލަޙަތަށް އަޅުވެތިކުރުމުގެ އާ ފަލްސަފާއެއް.

The name is already taken The name is available. Register?

ބޮކިފުރާޅު ޢީސާ

24 February 2022

އެއްކަމެއް ނިމޭއިރަށް އަނެއްކަމެއް މިއޮންނަނީ ފެށިފާ. ޕުޓިން އެބަޖެހޭ ތަންކޮޅެއް ހޭޖެހޭ ލީޑަރަކަށް ވާން. އެމެރިކާއުޅޭގޮތަށް ހަނގުރާމަކޮށްގެން ހަންފަތުރައިގެން މޮޅޭއްނުލިބޭނެ. މޮޅުއޮތީ ސުލްހަވެރިކޮށް ކަންކަން ހައްލުކޮށްގެން.

The name is already taken The name is available. Register?

56589

24 February 2022

ހުޅަނގާ އެމެރިކާ ރުހޭ ގޮތްނޫނީ އެއީ ސުލްހައެއްނޫން. އެމީހުންގެ ފައިބުޑުގަ އެންމެން އުޅެންޖެހެނީ. އެމީހުން ބޭނުންނޫން ވެރިކަމެއް ގައުމެއްގައި އޮވެގެންނުވޭ. ޔޫކްރެއިންގަ އެއޮތީ އެތާނގައޮތް ޑިމޮކްރެޓިކް ވެރިކަން ވައްޓާލާ އަސްކަރިއްޔާ ލައްވާ ހުޅަނގާ އެމެރިކާއިން ގެނައި ވެރިކަމެއް. ޕޫޓިން އެއުޅެނީ އެގައުމުގައި ރައްޔިތުންގެ ވެރިކަމެއް ގާއިމުކޮށްދިނުމަށް.

The name is already taken The name is available. Register?

ޥިކް

24 February 2022

ޥާނުވާ! އެންމެ ޙަބަރެއް ކިޔާލާފަ ގޮތް ނިމިފަ. ބަލަގަ ތި ބުނާ އެމެރިކާ އޮތީ ޔުކުރޭނުގަ،ރަޝިޔާ އަށް އަރަން ރެޑީގަ

The name is already taken The name is available. Register?

ިހށނ

24 February 2022

އެހެން ނަމަ ފަލަސްތީނު މިހާރު އޮންނާނީ މިނިވަންވެފަ. ތިބުނާ ސުލްހަމަސަލްކަމޭ ކިޔާފަ މޮޔަގޮވާ ބައެއް އެމެރިކާ އާއި އދ އަކީ.

The name is already taken The name is available. Register?

ބަރުކަ

24 February 2022

މިތަނުގައި ގައްދާރަށް ސަނާކިޔައި އަނިޔާލިބޭ ނިކަމެތި ގައުމަށް ހަޖޫޖެހުމުން ދިވެހިންގެ ވިސްނުންތެރިކަން ވަރަށް ރަގަޅަށް ދޭހަވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454