ދުނިޔެ / ރަޝިއާ

ރަޝިޔާއާ ގުޅޭ ތަންތަނަށް ފުރިހަމަ ހިމާޔަތް ދެނީ

ސެޕްޓެމްބަރ 24، 2022: އދ.ގެ އާންމު މަޖިލީހުގައި ރަޝިޔާގެ ފަރާތުން، އެ ގައުމުގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ތަގުރީރު ކުރައްވަނީ. --އޭއެފްޕީ

25 ސެޕްޓެމްބަރ 2022 - 12:17

5 comments

މިހާރު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް ރަޝިޔާއާ އެއްކޮށްލުމަށް، އެ ބިންތަކުގެ ރައްޔިތުން ތާއީދުކޮށްފި ނަމަ، އެ ބިންތަކުގައި ދިރިއުޅޭ އެންމެންނަށް ވެސް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ފަރާތުން އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ގައުމުގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވީ ހިފާފައިވާ ބިންތަކުގައި ނަގަމުންދާ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ރަޝިޔާ އިން އިހްތިރާމްކުރާނެ ކަމަށެވެ. ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާ މެދު އެ ބިންތަކުގައި ދިރިއުޅޭ އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ފެށީ، މިދިޔަ ހުކުރު ދުވަހު އެވެ.

ރަޝިޔާ އިން ބުނި ގޮތުގައި އެ ބިންތަކުގައި ދިރިއުޅޭ މީހުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓަކީ، އެ މީހުންގެ ކުރިމަގު އަމިއްލައަށް ކަނޑައެޅުމަށް އެމީހުން އަމިއްލަ އަށެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ހިފާފައިވާ ބިންތަކުގައި ނަގާ ވޯޓަކީ، އެ ބިންތައް އަޅުވެތިކުރުމުގެ ބޭނުމުގައި ރަޝިޔާ އިން ދުރާލައި ރާވައިގެން ކުޅޭ ކުޅިގަނޑެކެވެ.

"މިހާރު ނަގަމުންދާ ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު، އާ ނާޒީންގެ އަނިޔާތައް އެތައް އަހަރެއް ވަންދެން ތަހައްމަލުކުރަމުންދާ އެ މީހުންގެ ނިންމުމަށް، ރަޝިޔާ އިން އިޙްތިރާމަކުރާނެކަން ކަށަވަރު،" ލަވްރޯވް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 24، 2022: އދ.ގެ އާންމު މަޖިލީހުގައި ރަޝިޔާގެ ފަރާތުން ތަގުރީރު ކުރެއްވުމަށް ފަހު، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ

ޔޫކްރޭނުން ބުނާ ގޮތުގައި ޚިޔާލު ހޯދުމުގެ ވޯޓު ނަގާ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން، ވޯޓުލުމުގައި ބައިވެރިވުމަށް ރަޝިޔާ ސިފައިން ދަނީ ބިރުދައްކައި މަޖުބޫރުކުރަމުންނެވެ. ނަމަވެސް ރަޝިޔާ އިން އެކަން ދޮގުކުރެ އެވެ.

ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް ދިފާއުކުރުމުގެ ގޮތުން، ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެތޯ ސުވާލު ކުރުމުން ލަވްރޯވް ވިދާޅުވީ ރަޝިޔާގެ މުޅި ސަރަހައްދަށް ދައުލަތުގެ ފަރާތުން ފުރިހަމަ ހިމާޔަތް ދޭނެ ކަމަށެވެ. ރަޝިޔާގެ ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ރަޝިޔާގެ އިމާއި، ރަޝިޔާގެ އިމުގެ ތެރެއަށް އަލަށް އިތުރުކުރެވޭ ހުރިހާ ތަނެއް ވެސް، ދައުލަތުގެ ފަރާތުން ފުރިހަމައަށް ދިފާއުކޮށް ރައްކާތެރި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިޔަން ފެޑެރޭޝަނގެ ހުރިހާ ގާނޫނުތަކެއް، ހުރިހާ ގަބޫލުކުރުންތަކެއް އަދި ހުރިހާ މަފްހޫމުތަކާއި ހުރިހާ ސްޓްރެޓީޖީއެއްވެސް، ރަޝިޔާގެ ހުރިހާ ސަރަހައްދަކަށް ހިނގާނެ،" ނިއުކްލިއާ ހަތިޔާރުގެ ބޭނުން ހިފާނެކަން ސީދާ ވިދާޅުނުވެ، ލަވްރޯވް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ރައީސް ޕުޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، ރަޝިޔާގެ އިމަށް އިތުރުކުރެވޭ ހުރިހާ ބިންތަކެއް ދިފާއުކުރުމަށްޓަކައި، ނިއުކްލިއާ ހަތިޔާރު ވެސް ހިމެނޭ ގޮތުން، ރަޝިޔާގައި ހުރި ހުރިހާ ހަތިޔާރެއް ބޭނުންކުރާނެ ކަމަށެވެ.

ލަވްރޯވް އިއްޔެ ދެއްކެވި ވާހަކަތަކާއި، ނިއުކްލިއާ ހަތިޔާރު ބޭނުން ކުރާނެކަމަށް ވިދާޅުވާ ވާހަކަތަކަކީ ސަމާސާ ވާހަކައެއް ނޫން ކަމަށް، ރައީސް ޕުޓިން މީގެ ކުރިން ވިދާޅުވި ވާހަކަތަކާ ބެހޭ ގޮތުން، ޔޫކްރޭންގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.

"ބިރު ދެއްކިޔަސް ޔޫކްރޭން އަމާނެއް ނުދޭނެ. ދުނިޔޭގެ ނިއުކްލިއާ ބާރުތަކަށް އަހަރެމެން މި ގޮވައިލަނީ، މިހާރުން މިހާރަށް ސާފު ބަހުން ވާހަކަ ދައްކައި، ރަޝިޔާ އިން އެފަދަ އަމަލެއް ހިންގައިފި ނަމަ، މުޅި ދުނިޔެ ނުރައްކަލަށް ވެއްޓޭނެ ކަމާއި އެއީ ތަހައްމަލުކުރެވޭނެ ކަމެއް ނޫންކަން، ރަޝިޔާ އަށް ސާފުކޮށް ބުނެދޭން،" ޔޫކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރީ ކުލޭބޭ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ރަޝިޔާއާ ބައިވެރިވެ ރަޝިޔާގެ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމާ މެދު އާންމުން ދެކޭ ގޮތެއް ބެލުމަށް، ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ވޯޓު ނަގަމުން ދަނީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ޒަޕަރޯޖިޔާ އާއި ޚެރްސޯންގަ އެވެ. އޭގެ އިތުރުން އިރުމަތީ ދެ ސަރަހައްދެއް ކަމަށްވާ ލުހާންސްކް އާއި ޑޮނެޓްސްގައި ވެސް ފެންނަ ނުފެންނަ ވޯޓު ނެގުން މިހާރު އެބަ ކުރިއަށް ދެ އެވެ.

މީގެ ތެރެއިން ލުހާންސްކް އާއި ޑޮނެޓްސްއަކީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް 24 ގަޑިއިރަށްވުރެ ކުޑަތަން ވެފައިވަނިކޮށް، ޔޫކްރޭނުން ވަކިވެ މިނިވަންކަން އިއުލާންކޮށްފައިވާ ދެ ޖުމްހޫރިއްޔާ ހިމެނޭ ދެ ސަރަހައްދެވެ. އެ ދެ ޖުމްހޫރިއްޔާ އިން މިނިވަންކަން އިއުލާންކުރީ ވެސް، އެ ދެ ޖުމްހޫރިއްޔާގެ ވެރިން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި ބޭއްވި ބައްދަލުކުރެއްވުމަކަށް ފަހުގަ އެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

26 September 2022

މި ހަނގުރާމައިގެ އަސްލަކީ އެމެރިކާގެ ހަންފެތުރުން ހުއްޓުވުން. ސިފައިން ތަމްރީނު ކުރުމުގެ ނަމުގައި އެމެރިކާ ސިފައިން ޔުކްރެއިނުގައި ތިބެގެެން ހިންގަމުންދިޔަ ކަންކަމުގެ ނަތީޖާ މިހަނގުރާމައަކީ. ރަޝިޔާގެ ބޯޑަރުގައި އެމެެރިކާ ސިފައިން ބަނޑަހަޖެހުން ހުއްޓުވަން ކުރަންޖެހުނު ކަމެއް މިއީ. ކްރައިމިއާ ހިފަންޖެހުނީ ވެސް މިސަބަބާހުރެ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

26 September 2022

ހުދުމުތާރު ވެރިންނައް ހަޖަމުނުވޭ ޖެހިގެން އޮންނަގައުމު ކުރިއާރާތް ދާތަންބަލާކައް ސަބަބަކީ ރައްޔިތުންގެ ނުރުހުން ބޮޑައް އިތުރުވާތި!ޔޫކުރޭނުގެވެސް ހަގީގީ މައްސަލަޔަކީ އެއީ!ޔޫކުރޭނު އެއީ ޔޫރަފުގެ އިތުރުން ދުނިއޭގަވެސް ކަރަފުޝަ އެންމެ ބޮޑުގައުމުު! އެކަމަކު ހިކުމަތްތެރި ޒެލެންސްކީ ހުރީ ޔޫކުރޭނަކީ އިޒުރޭލުފަދަ ރައްޔިތުނައް ފާގަތި ކަރަފުސަންމަދު ގައުމަކައް ޔޫކުރޭނު ހެދުން ކެއްތެރިކަން މަދުވެފަ އެގޮތުން ހަލުވި ދުވެލީގައެއްތައް ކުރިއެރުމެއް ހޯދަމުންދިއައީ

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

25 September 2022

ހުޅަނގުން ގަބޫލުނުކުރާ ކޮންމެ އެއްޗެއް ނުވަތަ ކޮންމެ ކަމެއް އެއީ ބާތިލް އެއްޗެއް ނުވަތަ ބާތިލް ކަމެއް. މިއީ މުޅި ދުނިޔޭގެ އެންމެންގެ ބޮލަށް ވައްދާފަ އޮތް ފިކުރު. މުޅި ދުނިޔެ މިއީ އެމެރިކާ އާއި ހުޅަނގަށް އަޅުކަންކުރާ ތަނެއްގެ ގޮތުގައި ބޭއްވުން އެއީ އެމީހުންގެ ސިޔާސަތު. އިރާދަކުރެއްވިޔާ އެމީހުނަށް ދެން އެއްވެސް ކަމެއްގައި ކުރިނުލިބޭނެ.

The name is already taken The name is available. Register?

ހިޔާލީ އަލީ

25 September 2022

ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ހާއްސަކޮށް މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ޝޯޓޭޖާއި ޔޫރަޕާއި އެމެރިކާގެ އިގްތިސާދީ ކާރިސާއިން ސަލާމަތްވާންވެސް އޮތީ ޔުކްރެއިނޭ މި ކިޔާ ދައުލަތުން ސަލާމަތްވެވިގެން

The name is already taken The name is available. Register?

ރިއަލިޓީއަލީ

25 September 2022

ތިހެން ހިޔާލު ކޮށްލަ ކޮށްލާ އިނދޭ މި ފަހަރު ޔޫރަޕް ނެތް ސަލާމަތްވާކަށް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454