އިސްލާމްއާބާދު (ފެބްރުއަރީ 14) - ޕާކިސްތާނުގެ ލާހޯރުގައި އިހުތިޖާޖް ކުރަމުން ދިޔަ ބައެއްގެ ތެރޭގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސަރުކާރުގެ ތަރުޖަމާން މާލިކު އަހުމަދު ޚާން ވިދާޅުވީ ބޭސް ވިއްކުމުގެ ގަވާއިދަށް ގެންނަ ބަދަލާ ދެކޮޅަށް ބޭސް ފިހާރަތަކުގެ މީހުން އިހުތިޖާޖް ކުރަމުން ދަނިކޮށް ޕަންޖާބު ޕްރޮވިންސްގެ ވެރިރަށުގައި ދިން ބޮމުގެ ހަމަލާގައި 59 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ހަމަލާގެ ޒިންމާ ވަނީ ޕާކިސްތާން ތަހުރީކީ ތާލިބާން ޖަމާއަތުގެ ގޮތްޕެއް ކަމަށްވާ ޖަމާއަތުލް އަހުރާރުން އުފުލައިފަ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް އެ ޖަމާއަތުން ވަނީ ލާހޯރުގައި ނުރައްކާތެރި ބޮމުގެ ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި ވަނީ 69 މީހުން މަރުވެ 341 މީހުން ޒަޚަމްވެފަ އެވެ.
ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފް ވަނީ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ކުޑަ ނަމަވެސް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ.