ދުނިޔެ / އދ ސަލާމަތީ މަޖިލިސް

ފަލަސްތީނަށް އދ.ގެ މެންބަރުކަން ދިނުމަށް އެމެރިކާ ހުރަސްއަޅައިފި

އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމުގެ ހުށަހެޅުން ވީޓޯކުރުމަށް، އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރުގެ ނައިބު ރޮބާޓް ވޫޑްސް ވޯޓު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

19 އެޕްރީލް 2024 - 10:50

7 comments

އދ.ގެ ފުރިހަމަ މެންބަރެއްގެ ދަރަޖަ ހޯދަން ފަލަސްތީނަށް ހޯދަން ކުރާ މަސައްކަތުގައި، އދ.ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްކުރުމަށް ހުށަހެޅުމުން އެކަން އެމެރިކާއިން ވީޓޯކޮށް ހުރަސްއަޅައިފި އެވެ.

އދ.ގެ މެންބަރުކަން ގައުމަކަށް ދިނުމަށް އެންމެ ފުރަތަމަ ޖެހޭނީ ސަލާމަތީ މަޖިލީހުން ސެކްރެޓަރީ ޖެނެރަލަށް އެކަމުގައި ލަފާ ދޭށެވެ. އަދި އޭގެ ފަހުން އާންމު މަޖިލީހަށް ހުށަހަޅައި ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްވެއްޖެ ނަމަ މެންބަރުކަން ލިބޭނެ އެވެ.

އާންމު މަޖިލީހާ ހިސާބަށް ދިއުމުގެ ކުރިން އެމެރިކާއިން ވީޓޯ ބޭނުންކޮށް އެކަން ހުއްޓުވާނެ ކަމަށް ކުރިން ވެސް އޮތޯ ބެލެވިފަ އެވެ. އެކަމަކު މިފަހަރު ވޯޓު ނެގީ އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ ހަ މަސް ފަހުން އަދި 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވަނިކޮށް ކަމަށް ވާތީ އެމެރިކާއަށް އޮތީ އިޒްރޭލު ހިމާޔަތްކުރާ މައްސަލައިގައި ފިއްތުން ބޮޑުވެފަ އެވެ.

ފަލަސްތީނަށް އދ.ގެ މެންބަރުކަން ދިނުމަށް ލަފާ ދޭން ސަލާމަތީ މަޖިލީހުގެ 12 ގައުމަކުން ތާއީދުކުރި އިރު އިނގިރޭސި ވިލާތާއި ސްވިޓްޒަލެންޑުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

މި ހުށަހެޅުން އެމެރިކާއިން ފެއިލްކޮށްލުމާ އެކު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އޮފީހުން ވަނީ މިއީ ފަލަސްތީނާ ދެކޮޅަށް ދެއްކި ވަރަށް ބޮޑު އަނިޔާވެރިކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މިފަދަ ނިންމުންތަކުގެ ސަބަބުން ސަރަހައްދުގެ އަމާންކަން އިތުރަށް ގެއްލުމަށް މަގުފަހިވާ ކަމަށް ވެސް ބުންޏެވެ.

"އެކަމަކު މިފަދަ ހުށަހެޅުންތައް ފެއިލް ވުމަކީ ފަލަސްތީނު ރައްޔިތުން މާޔޫސްވެ މި ކުރާ މަސައްކަތް ހުއްޓައެއް ވެސް ނުލާނެ،" އދ. އަށް ފަލަސްތީނުން ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުއްޓައެއްނުލާނަން. ފަލަސްތީނުގެ ދައުލަތް އުފަންވާނެ. ހަގީގަތަކީ އެއީ."

"ހަނދާނުގައި ބަހައްޓަވާތި. މި ބައްދަލުވުން ނިންމާލާއިރު ފަލަސްތީނުގެ އެތައް ބަޔަކު އެކަމުގެ އަގު އެ މީހުންގެ ފުރާނައިން އަދާކުރަމުންދާކަން ... އެއީ އިންސާފު މިނިވަންކަމާއި ސުލްހަ ގާއިމުކޮށްދިނުން ލަސްވާތީ،" އަސަރާ އެކު އޭނާ ވިދާޅުވި އެވެ.

މި ހުށަހެޅުން އެމެރިކާއިން ވީޓޯކުރި ނަަމަވެސް، ހުށަހެޅުމަށް އިސްނެގި އަލްޖީރިއާއިން ބުނީ ވަރަށް ބޮޑު ތާއީދެއް ގައުމުތަކުން ލިބިއްޖެ ކަމަށާއި އެހެންވެ ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެންބަރުކަން ހައްގު ގައުމެއް ކަމުގެ ސާފު މެސެޖު ލިބިއްޖެ ކަމަށެވެ.

ފަލަސްތީނަށް އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ވެސް ލިބުނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނުން ވަނީ ފުރިހަމަ މެމްބަރުކަން ހޯދުމަށް އަހަރުތަކެއް ވަންދެން ލޮބީކޮށްފަ އެވެ. އެއީ ފުރިހަމަ މެންބަރުކަން ހޯދަން 2011 ވަނަ އަހަރު ހުށަހެޅުމުން އެކަމާ މެދު މިހާތަނަށް ވެސް އެއްވެސް ނިންމުމެއް ނުނިންމާ ބޭއްވުމަށް ފަހު އެވެ.

މިއަދާ ހަމަޔަށް އދ.ގެ މެންބަރު 140 ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފަ އެވެ. -- އޭއެފްޕީ

7 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

21 April 2024

އާނ ކޮން ވަބާއެއް. މިހާރު އޮތް މިންބަރުކަންވެސް ނަގާފަ، ފައްސާލާ!

The name is already taken The name is available. Register?

ކޮރަލް

20 April 2024

ދުނިޔޭގެ ކަންކަން ކޮންޓްރޯލް ކުރަނީ ސަލާމަތީ މަޖްލީހުގެ އެންމެ 5 މެމްބަރުންނެވެ. އެމީހުން ގެ ތެރެއިން އެންމެ މެމްބަރެއް ދެކޮޅު ހެދިއަސް ފާހެއް ނުވެ އެވެ. އިތުރުމެމްބަރުން ލުމަށް ރާއްޖެ އާ މުސްލިމް ގައުމު ތަކުން ވަކާލާތު ކުރަން ވީ އެވެ. އޭރުން މެޖޯރިޓީ އަށް ބަލާފަ ކަންކަން ނިންމަން ފުރުސަތު ހޯދަން ވަކާލާތު ކުރެވޭނެ އެވެ.

The name is already taken The name is available. Register?

MySuperGreenDOTcom

20 April 2024

ފަލަސްތީނުގެ މައްސަލައަށް މުސްލިމުހުރިހާ ގައުމަކުން އަމަލީގޮތުން ވަންނަންވެއްޖެނޫންތޯ؟ ހަނގުރާމައިގާ ބައިވެރިނުވެވޭ ގައުމުތަކުން ރައްޔިތުންނަށް ފަލަސްތީނުމައްސަލައިގެ ހަގީގަތްބުނެދިނުންފަދަކަންކަމުން އަދި އިޒުރޭލުގެ މުދާބޭނުންކުރުން ހުއްޓާލުން އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހެންގޮތްތައްހޯދުން، މީކީ އުޅެފިއްޔާނުކުރެވޭނެކަންކަމެއްނޫން، މިހާރު ޑޮލަރުން ދުނިޔޭގައި ވިޔަފާރިކުރާތީ އެމެރިކާ އެމެރިކާގެގޮތުގައި ފެންނަންއޮތީ!

The name is already taken The name is available. Register?

ވެންގަބޯ

19 April 2024

ހުރިހާބޭފުޅުންވެސް ދުއާ ކޮއްދެއްވާ ފަލަސްތީނަށް މިނިވަންކަން ދެއްވާތޯ ދުއާއަކީ އެންމެ ވަރުގަދަ އެއް ހަތިޔާރު ވީމާ ގިނަގިނައިން ފަލަސްޠީނަށް ދުއާ ކޮއްދެއްވާ އާމީން

The name is already taken The name is available. Register?

އަސްލުުު

19 April 2024

މިއޮއްފަދަ ޑިމޮކްރަސީއޭ ގޮވާ ޒަމާނުގައި އދ ގައި މިއޮންނަނީ ހުދުމުޚުތާރުކަން. 140 ގައުމުގެ އަޑަށްވުރެ، އެންމެ ގައުމަކުން ހިއްލާލާ އިނގިލީގެ ބާރުގަދަ. އެކަމަކު އެމީހުން މި ދުވަނީ އެހެން މީހުނަށްް ޑިމޮކްރަސީ ކިޔައިދޭން. ދެން އަހަރެމެން މި ތިބެނީ ހަމަ އެވަރު ބަޔަކު ނެތިގެން.

The name is already taken The name is available. Register?

ބޒވަވަ

19 April 2024

މީ އެމެރިކާގެ ނުބައި އަމަލު. އެމީހުްނ ހައްގު ހޯދައިގެން ތަންތަން ބިނާކޮށްފައި ހައްގު ލިބޭބަޔަކަށް ވަނީ އަނިޔާދޭމީހުން. ހުޅަނގުގެ ދެފުއްދެގޮތްކަން.

The name is already taken The name is available. Register?

ތުނޑުހަސަނު

19 April 2024

ދުނިޔޭގެ ސުލްޙައަށް ހުރަސްއަޅާ ޚާއްސަކޮށް މެދުއިރުމަތީގެ ސުލްޙައަށް ހުރަސްއަޅަނީ ޣައްދާރު އެމެރިކާ. ހުރިހާ ގައުމަކުން ވެސް އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލައިގެން ނޫންގޮތަކަށް އެމެރިކާ ސައިޒުކުރެވެން ނެތް. އެންމެން ވެގެން މިކަންކުރަން އެބަޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454