ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ: އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި އޭނާ ވަނީ އަވަހާރަކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
31 ޖުލައި 2024 - 09:36
އީރާންގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި އެވެ.
ހަމާސްއިން ބުނީ ހަނިއްޔާ އަވަހާރަކޮށްލީ އީރާންގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ފަހު އީރާންގައި ހުންނަ މަރުކަޒަކަށް ވަޑައިގެން އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ކަމަށެވެ. ހަމަލާދިނީ ހަނިއްޔާ ހުންނަވާ ގޭގައި ކަމަށް ބުންޏަސް އެކަމަކު އެއީ ކިހިނެއް ދިން ހަމަލާއެއް ކަމެއް ނުބުނެ އެވެ.
އީރާން ސިފައިން ވެސް ވަނީ ތެހެރާންގައި ހަނިއްޔާ ހުންނެވި ގެޔަަށް ހަމަލާދިނުމުން އޭނާ އަވަހާރަވެފައިވާ ކަމަށާއި އޭނާއާ އެކު އޭނާގެ ބޮޑީގާޑެއް ވެސް މަރުވި ކަމަށް ބުނެފަ އެވެ. ސިފައިން ބުނީ މި ހާދިސާ ހިނގި ގޮތް އަދި ސާފުނުވާ ކަމަށާއި އެކަމުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
މިއީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ނުހިފާ ދޫކޮށްނުލާނެ ކަމަށް ބުނެ ހަމާސް އިން ވަނީ އިންޒާރުގެ ބަޔާނެއް ނެރެފަ އެވެ. އެކަމަކު މި ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ހަމާސްއާ ހިޔާލު ތަފާތު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް ވަނީ މި އަމަލު ކުށްވެރި ކުރައްވައިފަ އެވެ.
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ: އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލާފައި ވާއިރު ހަމަލާ ދިން ގޮތެއް އަދި ސާފެއް ނުވޭ. -- ފޮޓޯ: އޭއެފްޕީ
ފަލަސްތީނުގެ ބިންތައް ޔަހޫދީންގެ އަތްދަށުން ސަލާމަތްކުރުމަށް ހަނގުރާމަކުރާ ހަމާސްގެ ލީޑަރު ހަނިއްޔާ އަކީ އިޒްރޭލުން ނައްތާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ބޭފުޅެކެވެ. އެހެންވެ އޭނާ އާންމުކޮށް ދިރިއުޅުއްވަނީ ގަތަރާއި ތުރުކީގަ އެވެ. އިޒްރޭލުގެ އެކި ހަމަލާތަކުގައި އޭނާގެ ބޭފުޅުންނާއި އާއިލާގެ ގިނަ ބަޔަކު ވަނީ މީގެ ކުރިން ޝަހީދުކޮށްލައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 39،000 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. މީގެ ތެރޭގައި ގިނައީ އާންމުންނެވެ. އިޒްރޭލުން ބުނަމުންދަނީ ހަމާސް އެއްކޮށް ނައްތާލާފައި ނޫނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ.
ހަނިއްޔާ އަވަހަރާކޮށްލާފައި މި ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތުގައި ދިން ހަމަލާއެއްގައި ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު ވެސް އަވަހަރާކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނިތާ މާ ގިނައިރުތަކެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ހުވާ
31 July 2024
100% ތެދު !!!
ހަމަ ހުވާ
31 July 2024
ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަތައް ދެއްވުން އެދި ދުޢާ ކުރަން !
ރަދީފްއޮފިޝަލް
31 July 2024
ކިތަންމެ ހަނިއްޔާއެއް އަދި އެބަ އުޅޭ.ނަތަންޔާހޫ ކަލޭގެ އަޖަލުވެސް ހަމަވާނެ.
ރަދީފްއޮފިޝަލް
31 July 2024
ރާއްޖޭގަ ހުރެ އެއްގަމު މަގުން ހިނގާފަ އިޒްރޭލަށް ދެވެން ނެތްކަން އެއީ ނަތަންޔާހޫގެ ނަސީބް.މިއީ ވަރަށް ވާހަކަ. ހަނިއްޔާ ކަހަލަ އެތައް ލީޑަރުންނެއް އުފެދޭނެ.
ކިރުސައި
31 July 2024
އީރާނުގެ އަތެއް ތިކަމުގައި އޮތުން ވަރަށް އެކަށީގެންވޭ. ހަމަ އެކައްޗެއް
ހށނ
31 July 2024
އީރާން ބަލިކަށިވިޔަސް އިޒްރޭލް ވަރުގަދަވިޔަސް އަހަރެމެން ޖެހޭނީ އީރާނުގެ ގަދަ ވާހަކަ ދައްކައި، އިޒްރޭލުގެ ބަލި ވާހަކަ ދައްކަން. އެގޮތުގައި ހިތްވަރާއެކު ގަދަ އަޒުމުގައި ފަންޑުދީދީ ތިބެންވީ.
ދެލޯފުޅާ
31 July 2024
އިޒުރޭލު މާ ގަދަވީމަ އެއުޅެނީ އާދައިގެ ދަނޑިފަނގު ހަތިޔާރު ކޮޅެއް ގެންގުޅޭ ހަމާސް ބަލި ނުކުރެވިގެން..ހަމާސް ބަލި ކުރާށޭ ކިޔާފަ އާއްމު ރަށްތިތުންގެ ބޮލަށް ބޮން އަޅަނީ..
ކިލޯމީޓަރު
31 July 2024
ކުޅިވަރުގަވެސް ވަނީ އެހެންނު. ސެޓެއް ނުލިބި މުބާރާތުގެ ފުލަށް ދިޔައީމަވެސް ބުނާނެ ކުޅުން މޮޅުވާހަކަ. ރިއާލިޓީ އަކީ އެމީހެއްގެ ބޯތެރޭ އޮންނައެއްޗެއް. މީހަކު ބުނެފާނެ ތިމަންނައަކީ މުޅަލެކޭވެސް. ދެން އަހަރުންވީ ގަބޫލް ކުރަން. މިވެސް މޮޅުވަނީއޭ ގަބޫލްކޮއްލަބަލަ.
ކުކު
31 July 2024
އަހަރެން ދުނިޔެއިން ދެކެން އެންމެ ބޭނުން ވަނީ ނަތަންޔާހޫގެ ނިމުން އަންނާނެ ގޮތެއް..އެދުވަހެއް އަންނަންދެން އަހަރެން ދިރި ދުނިޔޭގަ ލެހެއްޓެވުމަކީ އަހަރެންގެ ދުޢާއެއް.
ލަސް
31 July 2024
ބޭނުންވާ ގޮތަކަށް އޮންނަކަމެއް ނޫން އުމުރަކީ.
ކަރާސީނު
31 July 2024
ހެލިކޮޕްޓަރ ވެއްޓި (ވައްޓާލައި) އީރާނުގެ ރައީސް އަވަހާރަވުމާއި / އަވަހާރަކޮށްލުމާއި، އައު ރައީސް ހުވާ ކުރެއްވުމަށް ހަނިއްޔާ އީރާނަށް ދިއުމާއި، ޓެރަރިސްޓް ހަމަލާއެއްގައި ހަނިއްޔާ ޝަޙީދުވުމާއި، އިޒުރޭލުގެ މޮސާޑާއި ގުޅުމެއްވާނެކަން ހަމަ ޔަގީން.
ތެދުމެދު
31 July 2024
އިރާނުގެ އާ ރައީސްގެ ޙިއްސާ އޮތްކަމަށް ކިޔާއުޅޭ ކުރީގެ ރައީސް އަވަހާރަކޮށްލުމުގެ ޙާދިސާއާ. އެހެންވިއްޔާ މިކަމާވެސް ގުޅުން އޮތުމަކީ އެކަށީގެންވާ ކަމެއް. އެއް ނެޓްވޯކެއް މިއުޅެނީ. އިރާނާ ގުޅުން އޮތްކަމަށް ޤަބޫލުކުރެވޭ. ދެން ފެންނާނީ އިރާނާ އިޒްރޭލް އެއްގަލަކަށް އަރާމަންޒަރު ނޫނީ އާޔަތުﷲ ޚާމަނާއީގެ ދުވަސް ދުއްވާލާ މަންޒަރަށްވުން ވަރަށް ގާތް.
raajje
31 July 2024
އިރާނަކީ ގޮތްނޭންގޭކަންތައްތަކެއްހިނގާ ގައުމެއް، ބޮޑަށްލަފާކުރެވެނީ ސިއްރުގުޅުންތަކެއް ޔަހޫދީންނާއެކު ނުވަތަ އިޒުރޭލާއެކު އިރާނުގެ އިސްބަޔަކު ބާއްވަނީކަމަށް، މިހެން ހީނުވާންވީސަބަބެއްނެތް، އިރާނުގެ ރައީސްގެ މަރުވެސް ވީނުވީއެއްނޭންގެ، އަނެއްކޮޅުން ގައުމަށްއަރާ ބޭރުގައުމުތަކުގެ އިސްމީހުނަށް ސެކިއުރިޓީނުދެވޭވަރުގައުމެއްނޫން އިރާނަކީ ކަންމިހެންހުރިއިރު އިރާނުގެ އިސްބަޔަކު މިކަމުގެއަޑީގަނެތި ހަނިއްޔާއަށް ހަމަލާދީ އިރާނުގައި މަރާލެވޭނެކަމަށްނުބެލެވޭ
ތާރީޙު
31 July 2024
ގާސިމް ސުލައިމާނީގެ ޖަނާޒާގެ ތެރެއިންވެސް ބޮން ގޮއްވާލައިގެން އީރާނުގެ މުހިންމު މީހުންތަކެއް މަރާލި..މިކަމުގެ އަޑީގަވެސް ވަނީ އީރާނުގެ އެތެރޭގެ ބަޔަކާ އެމީހުންނާއި ގުޅިފަތިބޭ މޮސާދުން..ސަރުކާރާ ދެކޮޅު މީހުންވެސް އެހާ ގިނަ. ކަން މިހެން އޮތް އިރު ދުޝްމަނުންނަށް ޖަރީމާތައް ހިންގާލަން ފަސޭހަވާނެ..
މޮސާދު
31 July 2024
ހުރިހާ ގައުމެއްގައިވެސް އެގައުމުތަކުގެ ހަލާކަކީ، ހަމަ އެގައުމެއްގެ މީހުން! އިޒްރާއީލް ނައްތާލަން އިޒްރާއީލްގެ އިދިކޮޅުޕާޓީއެއް، އަސި ރައްޔިތަކުވެސް ބޭރުބަޔަކާއި ގުޅިގެން ނުކުރާނެ!
ތެފައާސާ.
31 July 2024
އިޒްރޭލުގެ ޕާސްޕޯޓު ބޭންކުރުން ކިހިނެތް ކިހިނެތް؟؟؟؟؟
ދުޒުން
31 July 2024
ކަލޯ. މިކަހަލަ ކަންކަން ކުރާގޮތް ކޮންމެވެސް ވަރަކަށް ފަރަންޖީ ފިލްމެއް ބަލައިގެން ނަމަވެސް ދަސްކޮށްބަލަ. މީ 2024 އޭ.
އަހުމަދު އަތީގު
31 July 2024
އެއީ ޖަމަލު ފޮޑި. ހީހީ ހަލާކު ވޭ. ގަބޫލު ކުރަނީ ވަކީލު ކުރަން, އެކަމަކު ޝަރުތެއް މަތިން, ޑޮލަރު ކޮޅު ދޫކޮށް ނުލާ ގޮތަށް