ދުނިޔެ / އިސްމާއިލް ހަނިއްޔާ

ހަނިއްޔާ އަވަހާރަކޮށްލީ ދެ މަސް ކުރިން ގެސްޓް ހައުސްއަށް ވެއްދި ބޮމެއް ގޮއްވާލައިގެން

އީރާންގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ހުންނަވާ ގެސްޓް ހައުސް: އޭނާ އަވަހާރަކޮށްލީ މި ގެސްޓް ހައުސްގައި ބޮމެއް ގޮއްވާލައިގެން

01 އޯގަސްޓް 2024 - 23:03

2 comments

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް ބުދަ ދުވަހު އަވަހާރަކޮށްލީ އޭނާ ހުންނެވި ގެސްޓް ހައުސް އަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން ސިއްރުން ވައްދާފައި އޮތް ބޮމެއް ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން ގޮއްވާލައިގެން ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

އީރާންގެ ދެ އޮފިޝަލަކު ވެސް ހިމެނޭހެން، މެދުއިރުމަތީގެ ހަތް އޮފިޝަލަކާއި އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނީ ހަނިއްޔާ ހުންނެވި ގެސްޓް ހައުސް އަކީ ބޮޑު ބިމެއްގައި، އީރާންގެ ސިފައިން ބަލަހައްޓާ ތަނެއް ކަމަށެވެ. "ނިޝާތު" ގެ ނަން ދީފައިވާ މި ގެސްޓް ހައުސް ހުންނަނީ ތެހެރާންގެ އުތުރުގައި، މަތީ ފެންވަރުގެ އިމާރާތްތައް ހުންނަ ހިސާބެއްގަ އެވެ.

އީރާންގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ހަނިއްޔާ ވަޑައިގެން އުޅުއްވަނިކޮށް ހަމަލާ ދިނީ އޭނާ ރޭގަނޑު ގެސްޓް ހައުސްގެ ކޮޓަރިއަށް ވަޑައިގަތުމާ އެކުގަ އެވެ. ހަނިއްޔާ ކޮޓަރިއަށް ވަޑައިގެންކަން ކަށަވަރުވުމާ އެކު ރިމޯޓުން ބޮން ގޮއްވާލީ ކަމަށާއި ހަމަލާގައި ހަނިއްޔާގެ އިތުރުން އޭނާގެ ބޮޑީގާޑަކު ވެސް މަރުވި ކަމަށް އޮފިޝަލުންނާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުންޏެވެ.

ގޮވުމުގެ ބާރު ގަދަކަމުން މުޅި އިމާރާތަށް ގުޑުން އަރައިގެން ދިޔައިރު ބައެއް ދޮރުތަކުގެ ބިއްލޫރިތައް ތެޅިގެން ފޭބި ކަމަށާއި އިމާރާތުގެ ބައެއް ވެސް ވެއްޓުނު ކަމަށް، އީރާން ސިފައިންގެ ފަރާތުން ހަމަލާއާ ބެހޭ ގޮތުން މައުލޫމާތު ލިބުނު އީރާންގެ ދެ އޮފިޝަލަކު ނިއު ޔޯކް ޓައިމްސް އަށް ބުނެފައިވެ އެވެ.

އީރާންގައި މިއަދު ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން މީހުން އެއްވެފައި. -- ފޮޓޯ: އޭއެފްޕީ

ގަތަރުގައި ހުންނަ ހަމާސްގެ އޮފީހުގައި އުޅުއްވާ ހަނިއްޔާ އީރާނަށް ކުރައްވާ ދަތުރުތަކުގައި މި ގެސްޓް ހައުސްގައި ވަރަށް ގިނައިން ހުންނަވާ މެދުއިރުމަތީގެ އޮފިޝަލުން އެ ނޫހަށް ވިދާޅުވެފައިވެ އެވެ.

ހަނިއްޔާ އަވަހާރަކޮށްލީ އިޒްރޭލުން ކަމަށް އީރާނާއި ހަމާސް އިން ބުނި ނަމަވެސް އިޒްރޭލުން މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެމެރިކާއިން ވެސް ބުނެފައިވަނީ ހަނިއްޔާ އަވަހާރަކޮށްލަން ހަމަލާއެއް ދޭން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައި ނެތް ކަމަށެވެ.

އެކަމަކު ނިއު ޔޯކް ޓައިމްސް އަށް ވާހަކަ ދެއްކެވި އޮފިޝަލުން ވިދާޅުވި ގޮތުގައި އިޒްރޭލުގެ އިންޓެލިޖެންސުން ވަނީ އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކަށް ހަމަލާގެ މައުލޫމާތު މިހާރު ހިއްސާކޮށްފަ އެވެ.

ހަނިއްޔާ އަވަހާރަކޮށްލުމާ އެކު އެންމެ ފުރަތަމަ އަޑު ފެތުރުނީ އީރާންގެ އިސްފަހާން ނިއުކްލިއާ ފެސިލިޓީއަށް އިޒްރޭލުން ޑްރޯން ހަމަލާއެއް ދިން ގޮތަށް ހަނިއްޔާއަށް އަމާޒުކޮށް ހަމަލާއެއް ދިނީ ކަމަށެވެ. އެކަމަކު އީރާންގެ ވެރިރަށުގެ ރައްކާތެރި ހިސާބެއްގައި އީރާންގެ ވައިގެ ދިފާއީ ނިޒާމަށް ނޭނގެ މިހާ ފަސޭހައިން ޑްރޯން ހަމަލާއެއް ދެވިދާނެކަމާ މެދު އޭރު ވެސް ސުވާލު އުފެދުނެވެ.

އީރާންގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަށް މިއަދު ކަށުނަމާދު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އޮފިޝަލުން ވިދާޅުވީ އީރާން ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުގައި އޮންނަ ތަނަކަށް ބޮމެއް ވައްދައި މިގޮތަށް ހަމަލާއެއް ދެވުމަކީ އިންޓެލިޖެންސާއި ސަލާމަތީ އެހެން ކަންކަމުގެ ވެސް ވަރަށް ބޮޑު ފެއިލިއާއެއް ކަމަށެވެ. މިކަން ކުރެވޭނީ ވަރަށް ގިނަ ދުވަހު އެ އިމާރާތާއި ސަރަހައްދު ބަލައި ހޯދައި ވަރަށް ގިނަ ޖާސޫސީ މައުލޫމާތު ހޯދައިގެން ކަމަށާއި ގެސްޓް ހައުސް ތެރެއަށް ބޮން ވެއްދި ގޮތުގެ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ހަނިއްޔާ އަވަހާރަކޮށްލުމާ އެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ނާމާންވެ އީރާނާއި ހަމާސް އާއި ހިޒްބުﷲ ފަދަ ޖަމާއަތްތަކުން އިޒްރޭލުގެ ކިބައިން ބަދަލު ހިފުމުގެ އިންޒާރު ދަނީ ދެމުންނެވެ.

ހަނިއްޔާގެ މައްޗަށް އީރާންގައި މިއަދު ކަށުނަމާދުކޮށް ރަސްމީ އިއްޒަތުގައި އިހުތިރާމް އަދާކުރުމަށް ފަހު މިހާރު ވަނީ ފަސްދާނުލުމަށް ގަތަރަށް ގެންގޮސްފަ އެވެ. ގަތަރުގައި ހަނިއްޔާ ފަސްދާނުލާނީ ހުކުރު ނަމާދަށް ފަހުގަ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެހިސާބު

02 August 2024

2 މަސް ކުރިން ބޮން ބޭއްވިއްޔާ ބާއްވާނީ އީރާންގެ ރައީސްގެ މަރުވެސް ޕްލޭންކުރި ބަޔަކު. އީރާންގެ ރައީސް އަވަހާރަކޮށްލީމަ އިންތިޚާބު ބާއްވާ ނިމޭނެ ތާރީޚެއް ލަފާކޮށް އާ ރައީސް ހުވާކުރާ ރަސްމިއްޔާތު ބާއްވާނެ ތާރީޚު ލަފާކޮށް އެ ތާރީޚަށް ހަނިއްޔާ އީރާނަށް ވަޑައިގަންނަވާނެކަމަށް ލަފާކޮށް ބޮން ގޮއްވަން ރާވާނީ ލައްކަ ދުރާލާ ޕްލޭން ކުރެވިގެންތާ. ނޫނީ އީރާން ރައީސްގެ ޖަނާޒާއަށް ހަނިއްޔާ ވަޑައިގަންނަވާނެކަމަށް ބޮން ބޭއްވީބާ؟ ބޮމުގެ ވާހަކަ ވަރަށްވެސް ފުލޯކު

The name is already taken The name is available. Register?

ވެއްދިމީހުން

02 August 2024

2 މަސް ކުރިން ބޮން ވައްދަން އެހީވި އެންމެންނަށް އެނގޭނެތާ އޭތި އެތާ އޮތްކަން. އަރަބި ޚަބަރުތަކުގަ ބޮންގޮވި ތަނުގެ ނަން ލިއަނީ އެހެން ގޮތަކަށް. އަރަބިންގެ ސަރަހައްދުގަ އުޅޭ މީހުންނަށްވުރެ ނިއުޔޯކް ޓައިމްސް މީހުންނަށް މާ ތަފްސީލުކޮށް ކަންކަން އެބަ އެނގޭކަމަށްވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454