ޗާގޯސްގެ މަތިން ނަގާފައިވާ ފޮޓޯއެއް: މި ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއަށް ދޫކޮށްލުމާ ގުޅޭ އާ އެއްބަސްވުމެއް ިމިހާރު ވަނީ ހަދާފައި.
05 ފެބުރުއަރީ 2025 - 06:44
ޗާގޯސްގެ މައްސަލައިގައި އިނގިރޭސި ވިލާތާ އެކު އާ ޑީލެއް ހަދާފައިވާ ކަމަށާއި މިހާރު އިންތިޒާރުކުރަމުން އަންނަނީ އެ ޑީލަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހިޔާލު ދެއްވާނެ އިރަކަށް ކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ނަވީން ރާމްގޫލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތުން ކުރިން އިސްތިއުމާރުކޮށްފައި އޮތް މޮރިޝަސް އަށް 1960ގެ ތެރޭގައި އިނގިރޭސި ވިލާތުން މިނިވަންކަން ދިން ނަމަވެސް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލަމުން އައި ޗާގޯސްގެ ރަށްތައް އިނގިރޭސި ވިލާތުން ދޫކޮށެއްނުލަ އެވެ. އެކަމަކު ބައިނަލްއަގުވާމީ ކޯޓާއި އދ.ގައި ވެސް މި މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ނިންމުންތައް ނިންމަމުން ދިއުމާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިނގިރޭސި ވިލާތުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން އެއްބަސްވެފަ އެވެ.
ނަމަވެސް މި އެއްބަސްވުމާ މެދު އަލުން މަޝްވަރާކޮށް އަލުން އެއްބަސްވުމަކަށް އައީ ރާމްގޫލަމް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ބައެއް ކަންކަން ބަދަލުކުރަން ބޭނުންވުމުންނެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާމްގޫލަމް ބޭނުންވީ މާލީ ބަދަލުގެ އަދަދު ބޮޑުކުރުމަށާއި އަސްކަރީ މަރުކަޒު ޗާގޯސް ކުއްޔަށް ދީފައި ބާއްވާނެ މުއްދަތާ މެދު އަލުން ގޮތެއް ނިންމާށެވެ.
ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރި ނަމަވެސް އެމެރިކާ އާއި އިނގިރޭސި ވިލާތް ގުޅިގެން އަސްކަރީ މަރުކަޒެއް ހިންގަމުން އަންނަ ޗާގޯސް ހަމަ އެގޮތުގައި ބޭއްވުމަށް އޮތީ އެއްބަސްވެފަ އެވެ.
"ޗާގޯސްގެ މައްސަލައާ ގުޅޭ ގޮތުން އިނގިރޭސި ވިލާތާ އެކު މިހާރު އޮތީ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުގައި،" އިދިކޮޅު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރާމްގޫލަމް ވިދާޅުވި އެވެ.
ބޮޑުވަޒީރު ވިދާޅުވީ ޑިއޭގޯ ގާސިއާ ހިމެނޭ ގޮތަށް، މުޅި އަތޮޅުގެ މައްޗަށް މޮރިޝަސްގެ އިސްތިގުލާލާ މެދު އުފެދިފައިވާ މުހިންމު ސުވާލަށް އާ އެއްބަސްވުމުގައި ރިއާޔަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ނަމަވެސް އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ދޫކުރުމަށް އޮތް މުއްދަތު އިތުރުކުރުމާ މެދު "ދެ ފަރާތުން ވެސް މަޝްވަރާ ކުރާނެ" ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން މޮރިޝަސް އަށް ޗާގޯސް ދޫކޮށްލުމުގެ އެއްބަސްވުން ފައިނަލްކޮށް، ސޮއިކުރުމަށް މަސައްކަތްކުރި އެވެ. އަދި މިއަދު މޮރިޝަސްގެ ކެބިނެޓުން އެ އެއްބަސްވުމަށް ރުހުން ދިނުމަށް ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު ފަހުން ވަނީ މިކަމުގައި ޓްރަމްޕުގެ ބަހެއް ހޯދަންޖެހޭނެ ކަމަށް އިނގިރޭސި ވިލާތުން ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލު2.0
05 February 2025
އަހަރުމެންގެ އެއްވެސް ބައިވެރިވުމެއް ނެތި ކުރާ ސައްލާއެއްތަ؟ ކޮބާ އަހަރުމެންގެ ރައީސް ފޮނުވި ސިޓީ؟ ރައީސް ނަޝީދު މެދުވެރިކޮށް ބަލާލަބަލަ އިނގިރޭސި ސަރުކާރު ގާތުން އެ ސިޓީއަށް ވީގޮތެއް. އެބޭފުޅާ ކޮންޓެކްޓުން އުޅޭނެ ބައިވަރު. ނޫނޭ އަހަރުމެން ދިވެހިން މޮޔަ ހައްދައިފި. ޗާގޯހަކާއި 2000 އިންޑިއާ ސިފައިންގެ ވާހަކައިގައި ރަނގަޅަށް ޖައްސާ ވެރިކަން ކުރަން ނުވެސް ދަންނަ ބަޔަކު ވެރިކަމަށް އަރައިފި.
ދުވިސައްތަ
05 February 2025
ބަލަ މީ މުޒާހަރާކުރާންޖެހޭވަރުގެ ކަމެއް. ކޮބާތަ އެންމެ ބޮޑު ޕާޓީ؟ ކޮބާ ޕީއެންސީގެ މަތީ ފަޅި.
އޮނަރަބްލް އަފީފު ދީދީ
05 February 2025
ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުއެކުލަވާލުމުގައި ބައިވެރިވުން އޮތް، ރާއްޖޭގެ މަޝްހޫރު ޤާނޫނީ އިލްމުވެރިޔާ ޑރ މުޙައްމަދު މުނައްވަރު ދައުލަތުގެ ބަންޑާރަ ނައިބަކަށް ހުންނެވިއިރު ދައުލަތުގެ ޤާނޫނުތަކުގައި ސާފުކޮށްއިގޭގޮތަށް ރާއްޖޭގެ ކަނޑުގެސަރަޙައްދު ހާމަކުރަން ލިޔެފައިވަނީ "ރާއްޖޭގެ އާކިޕެލޮޖިކް ސަރަހައްދުން ބޭސްލައިންގެ ގޮތުގައި 12 މޭލު އަދި ދެ ކަނޑު ގުޅުވައިދޭ ސަރަހައްދުން 24 މޭލުގެ ބޭސްލައިނުން ފެށިގެން 200 މޭލަކީ ރާއްޖޭގެ އީއީޒެޑް ކަމަށް" އިގޭތޯ.
ހާސަރު
05 February 2025
ޓްރަމްޕް ގެ ބަހުރުވަ ހުރިގޮތުން ޗާގޯސްއާއި ރާއްޖެ އެކުގައި އެއީ އެމެރިކާގެގެ ތަނަކަށް ހަދާފާނެ ޗައިނާއާއި އޮތް ވިޔަފާރީގެ ވާދަވެރިކަމުގައި މިވެސް ނުކުރާނެ ކަމެއްކަމަށް ބަލާކަށް ނުވާނެ!
މުގައްދަސް
05 February 2025
ކޮބައިތަ ތިޔަބުނާ ޑޮކްޓަރ މިހާރު؟ ޚަބަރެއްވެސް.ނުވޭ!
އޮނަރަބްލް އަފީފު ދީދީ
05 February 2025
އައްޑޫސިޓީގެ ފަރާއި އިންވެގެންއޮތް ކަނޑުގެ ސަރަޙައްދުގެ މައްޗަށް ދައުވާ ކުރަމުންދިޔަ ރާއްޖެއާއި އެތައްހާސް ނޮޓިކަލް މޭލު ދުރުގައިއޮތް މޮރިޝަސްއަށް ބާރުލިބޭފަދަ ގޮތަކަށް އިބްރާހިމްގެ ސަރުކާރުން ދިން ސިޓީގެ ސަބަބުން އިޓްލޮސްގައި ހިގަމުންދިޔަ މިދެންނެވި ޝަރީޢަތުގައި ރާއްޖެއާއި ދެކޮޅަށް ހެކީގެ ގޮތުގައި ޙުއްޖަތް ދެއްކުމަށް މޮރިޝަސް ސަރުކާރުން ދަނީ މިދެންނެވި ސިޓީގެ ބޭނުންކޮށް ރާއްޖެއާއި ދެކޮލަށް ދައްކާނެ ރަނގަޅު ހެއްކަކަށް އެސިޓީ ބޭނުން ކޮށްފަ.
ޢިހްސާސް
05 February 2025
ކޮބާ ދިވެހި ދައުލަތުން މިކަމާ އެބައުޅެމުތަ؟ ބަލަބަލާތިއްބަ އެމީހުން ކޮޅަށް އެއްކޮށް ނިމެނީ. ކުރިންބުނި އިބުރާހިމު ވިއްކާލިއްޔޭ. އަނބުރާ ހޯދާނަމޭ. އެކަމަކު އަދިވެސް އުޅެންޖެހެނީ ވަޒީރުންނާ އެސްއޯއީތަކުގެ ވެރިންގެ ކަންތައް ނުނިންމިގެން.
އެކްސްރޭ
05 February 2025
ބޭނުންވީ ބުހުތާން ދޮގުތައްހަދައިގެން އެދޮގުގެތަކުގެ މަޅީގައި ރައްޔިތުންޖައްސާ ރައްޔިތުންނަށް އަވާ މެންދުރެއްދަކައިގެން ވެރިކަން ހޯދުމެވެ. އެމަޅީގައި ރައްޔިތުންޖެހި ރައްޔިތުންވަނީ ވޯޓުދީގެން އޭނައަށް އެކަން ކާމިޔާބުކޮށްދީފައެވެ. ދެންކޮންމެހެން ރައްޔިތުންނަށްޓަކާ، ޤައުމަށްޓަކާ އެއްކަމެއް ނުކުރިއަސް މައްސަލައެއްނެތެއްނުން، ތިމާއަށް މޮޅުވާގޮތަށް ހުރިހަކަމެއްކޮށް އަތްބޮނޑި ބޮޑުކުރެވޭތޯ ބެލީމަ އެނިމުނީއެވެ.
އަތުލާ
05 February 2025
ޗޭގޯސް އަތުލަހަރޭ!
ކަށިމަތި ދުޅަ
05 February 2025
ކޮބާތަ މިތާ އުޅޭ ޗާކޮސް ޓީމުގެ ގާނޫނީ ފުންނާބުއުސް ވަކީލުންތައް