ތައިލެންޑްގެ ބޮޑުވަޒީރު ޕައިތޮންގްތާން: އޭނާ މަގާމުން ދުރުކުރަން ހުށަހެޅި މައްސަލަ ވަނީ ނާކާމިޔާބުވެފައި --- ފޮޓޯ/އޭއެފްޕީ
26 މާޗް 2025 - 17:29
ތައިލެންޑްގެ ބޮޑުވަޒީރު ޕައިތޮންގްތާން ޝިނަވަޓްރާ މަގާމުން ދުރުކުރަން ނެގި އިތުބާރު ނެތްކަމުގެ މައްސަލަ ފާސްނުވެ، އޭނާ ސަލާމަތްވެ ވަޑައިގެންފި އެވެ.
ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ދަރިކަނބަލުން ކަމަށްވާ އުމުރުފުޅުން 38 އަހަރުގެ ޕައިތޮންގްތާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެމްބަރުން ހުށަހެޅީ އިގްތިސާދީ އަދި ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ގެންގުޅޭ ސިޔާސަތުތައް ގޯސްވެ އަދި މަގާމުގެ ޒިންމާ އަދާ ނުކުރެއްވޭ ކަމަށް ބުނެ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުން އޭނާ ސަލާމަތްވެ ވަޑައިގަތީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން އޭނާގެ އިތުބާރު އޮތް ކަމަށް 319 މެމްބަރުން ވޯޓު ދިންއިރު އޭނާ ވަކިކުރަން ވޯޓު ދިނީ 162 މެމްބަރުންނެވެ.
ޕައިތޮންގްތާން ބޮޑުވަޒީރު ކަމަށް އިންތިހާބުވީ މިދިޔަ އަހަރު އެވެ.
ޕައިތޮންގްތާންގެ ބައްޕާފުޅު ތަކްސިންއަކީ ތައިލެންޑްގެ ސިޔާސީ މަސްރަހުގައި އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ އެވެ. އަމިއްލައަށް އަރުވާލެވިގެން 15 އަހަރު ގައުމުން ބޭރުގައި ހުންނެވުމަށްފަހު ތަކްސިން އެނބުރި ވަޑައިގަތީ 2023 ވަނަ އަހަރު އެވެ.
ތަކްސިންގެ އަންހެން ކޮއްކޯފުޅު ޔިންގްލަކް ޝިނަވަޓްރާ ވެސް ތައިލެންޑްގެ ބޮޑުވަޒީރުކަން ކުރެއްވި އެވެ. ނަމަވެސް 2014 ވަނަ އަހަރު އަސްކަރީ އިންގިލާބެއްގައި އޭނާގެ ވެރިކަން ވައްޓާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ވާން
28 March 2025
ރާއްޖޭގެ ވެރިކަމަށް އަނަނަ ވެރިން ވެސް އަމިއްލަ މަސްލަހަތު އިސްނުކޮށް ކޮރަޕްޓް ނުވެ ޤައުމު ކުރުއަރުވަން މަސައްކަތްކުރާ ދުވަހެއް ދެކެން ބޭނުމޭ،
ގެންނާށޭ
26 March 2025
ތަކްސިން ވަރުގެ ވެރިއަކުނުލިބޭނެއޭ ތައިލެންޑްގެ ބޮޑުވަޒީރަކަށް އަދި އެއާއިލާ ވެސް އެހާ ބޮޑަށް ރަނގަޅޭ ތައިލެންޑަށް ތައިލެންޑް ގައި ގާއިމްކޮށް ފައިވާ އިންފްރާސްޓްރަކްޗަރ މަޝްރޫއު ތައް އެންމެ ރަނގަޅު ފެންވަރުގައި ކުރީ ތަކްސިންގެ ވެރިކަމުގައޭ ތައިލެންޑް ގައި ތަކްސިންގެ އާއިލާއިން ވެރިކަން ކުރަންވީ ކުރިއަށް އޮތް 30 އަހަރު ދުވަހަށް ސިންގަޕޯރ ފަހަނައަޅާ ދާނެއޭ ތައިލެންޑް އެއީ ޔަގީން ކަމެކޭ ތައިލެންޑަކީ ރިސޯރސް އިން ފުރިގެންވާ ގައުމެކޭ ސިޔާސީ ހަމަޖެހުން
މުލޭ
27 March 2025
މިރާއްޖޭގައި ވެރިކަންކުރަންވީ ކޮން ޢައިލާއެއްކަން ބުނެދީބަލަ.