ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަން ކުރުމަށް އެތައް މިލިއަން ބަޔަކު ޖަމާވެ ހަރަމްފުޅާއި އެ ސަރަހައްދުގެ މަގުތައް ވެސް ފުރިފައި. -- ފޮޓޯ: ހަރަމައިން
27 މާޗް 2025 - 12:37
ރަމަޟާން މަހުގެ 27 ވިލޭރޭ، މައްކާގެ ކައުބަތުﷲ ގެފުޅާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގައި އިޝާ ނަމާދާއި ތަރާވީހް އަދި ދަމުނަމާދަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ޖަމާވެއްޖެ އެވެ.
އެއްހާސް މައްސަރުގެ އަޅުކަމުގެ ދަރުމަ ލައްވަވާފައިވާ ލައިލަތުލްގަދްރި ވިލޭރޭ ކަމަށް އެންމެ ބޮޑަށް ބެލެވޭ 27 ވިލޭރެ އަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ދެ ހަރްމަފުޅަށް ބާރުބޮޑު ރެއެކެވެ.
ސައޫދީ ގެޒެޓްގައި ބުނެފައިވާ ގޮތުގައި ދެ ހަރަމްފުޅުގައި ނަމާދުކުރުމަށް ހާއްސަކޮށްފައިވާ ހުރިހާ ތަނެއް ފުރި ހަރަމްފުޅުގެ ބޭރު މަގުތައް ވެސް އޮތީ ރޭ ތޮއްޖެހިފަ އެވެ.
ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަން ކުރުމަށް އެތައް މިލިއަން ބަޔަކު ޖަމާވެ ހަރަމްފުޅާއި އެ ސަރަހައްދުގެ މަގުތައް ވެސް ފުރިފައި. -- ފޮޓޯ: ހަރަމައިން
އިޝާ ނަމާދާއި ތަރާވީހަށް ފަހު ދަމުނަމާދު ނިންމާލީ ދެ ހަރަމްފުޅުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާތަކާ ހަވާލުވެފައިވާ އިދާރާގެ ވެރިޔާ ޝައިޚް އަބްދުއްރަހްމާން އަލްސުދައިސް އިސްވެ ހުންނަވައިގެން ކުރެއްވި ހާއްސަ ދުއާއަކުންނެވެ.
ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަން ކުރުމަށް އެތައް މިލިއަން ބަޔަކު ޖަމާވެ ހަރަމްފުޅާއި އެ ސަރަހައްދުގެ މަގުތައް ވެސް ފުރިފައި. -- ފޮޓޯ: ހަރަމައިން
ހެނދުނުން ފެށިގެން އުމްރާވެރިންނާއި ނަމާދުކުރާ މީހުން ހަރަމްފުޅަށް ޖަމާވަމުން ދިޔަ އެވެ. މިސްކިތުގެ ކޮރިޑޯތަކާއި ފަންގިފިލާތަކާއި ޓެރަސްތަކާއި ގޯތިތެރެތަކާއި ބޭސްމަންޓްތަކާއި ހަރަމްފުޅަށް އެންމެ ފަހުން އިތުރުކުރި ބައިތައް ވެސް އިރު އޮއްސުނު އިރު ވަނީ ފުރިފަ އެވެ. މަދީނާގައި، ރަސޫލާގެ މިސްކިތަށް ފަތިހުން ފެށިގެން މީހުން ޖަމާވާން ފެށި އެވެ.
ދެ ހަރަމްފުޅަށް އަޅުކަމަށްދާ މީހުންނަށް ބޭނުންވާ ކަންކަން އިންތިޒާމްކުރުމަށް މިފަހަރު ވެސް އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށް، މުވައްޒަފުން އިތުރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީސާ
27 March 2025
ދެ ހަރަމްފުޅަކަށް ނޫން. މަސްޖިދުލް ހަރާމް އަށް އެކަނި 3 މިލިއަނަށްވުރެ ގިނަ މީހުން ދިޔަ ކަމަށް ސައޫދީ ގެޒެޓްގަ އޮތީ.
ޕ ލ އ
27 March 2025
ވެރިންނަށް އަނިޔާވެރިވެ، ޢިލްމުވެރިން ދަހިވެތިވެ، އަޅުކަންކުރާ މީހުން މުނާފިޤުވެ، ވިޔަފާރިވެރިން ރިބާ ކާނެ، އަދި އަންހެނުން ދުނިޔޭގެ ކަންކަމުގައި އަވަދިނެތި އުޅޭނެ، ދަތިކަމާއި އަޚްލާޤީ ދަށުދަރަޖައިގެ ދުވަސްވަރެއް ރަސޫލާ ހަދީސްކުރެއްވިއެވެ. . އަދި "ކޯރެއްގެ ދަށުން ފައިބަމުންދާ ކުނި" ފަދައިން، ގައުމުތައް އިސްލާމްވިނަމަވެސް އުއްމަތް ބަލިކަށިވެ، ދުޝްމަނުންގެ ލޮލުގައި އިހުތިރާމް ނެތް ދުވަސްވަރެއްގެ އިންޒާރު ވެސް ދެއްވި އެވެ.