ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް ގޮވާލައި ކުރި މުޒާހަރާއެއްގައި، މިއަދު މިނިވަންކުރި، އެމެރިކާ ރައްޔިތުކަން އޮންނަ އިޒްރޭލު ސިފައިންގެ މީހާގެ ފޮޓޯ ހިފައިގެން މުޒާހަރާއެއްގައިި. -- ފޮޓޯ: އޭއެފްޕީ
13 މެއި 2025 - 05:53
ހަމާސް އިން އިޒްރޭލަށް ހަމަލާދިން ދުވަހު ރަހީނުކުރި، އެމެރިކާ ރައްޔިތުކަން އޮންނަ އިޒްރޭލު ސިފައިންގެ މީހެއް ކަމަށްވާ އެޑަން އެލެގްޒެންޑާ މިނިވަންކޮށްފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މާދަމާ މެދުއިރުމައްޗަށް ވަޑައިގަތުމާ ދިމާކޮށް މި މީހާ މިނިވަންކޮށް ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ މި ކަމަކީ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މެދުވެރިންގެ ދައުރު އަދާކުރާ ގައުމުތަކުގެ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މި މީހާ މިނިވަންކުރަން ނިންމީ އެމެރިކާ އާއި ހަމާސްއާ ދެމެދު ސިއްރިއްޔާތުގައި ކުރިއަށްދާ މަޝްވަރާގެ ތެރެއިންކަމަށް ވަނީ ބުނެފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެލެގްޒެންޑާ މިހާރު ހުރީ އިޒްރޭލު ސަރަހައްދުގަ އެވެ.
އެމެރިކާގެ ރަށްވެހިކަން އޮންނަ އެލެގްޒެންޑާ އަކީ އެމެރިކާ ރަށްވެހިކަން އޮތް އިޒްރޭލު ރަހީނުންގެ ތެރެއިން އެންމެ ފަހުން ދޫކޮށްލި މީހާ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރިން ބުނެފައިވަނީ މި މީހާ މިނިވަންކުރުމުގެ ބަދަލުގައި ހަމަލާތައް ހުއްޓާލުން ނޯންނާނެ ކަމަށެވެ. އަދި ކުރިން އެއްބަޔަކު އަނެއް ބަޔަކު ގައިދީން މިނިވަންކުރި ނަމަވެސް މި މީހާގެ ބަދަލުގައި އެއްވެސް ކަމެއް ނުކުރާނެކަން ދެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދަށް އޭނާ ވެއްދުމަށް ހަމަލާތައް މަޑުޖައްސާލި އެވެ.
ހަމަލާތައް މަޑުޖައްސާލައި ދެން ތިބި ރަހީނުން ވެސް މިނިވަންކުރުމާ ބެހޭ ޑީލަކާ ހަމައަށް ދެވޭތޯ އެމެރިކާ އާއި ގަތަރާއި މިސްރުން އަންނަނީ މިހާރުވެސް މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިމުނީ
13 May 2025
ޔަޤީންވާކަމަކީ އެންމެން މިނިވަންކުރިއަސް ޔަހޫދީން ފަލަސްޠީނު ބިން ދޫކޮށްނުލާނެކަން. އެތައްޒަމާނެއްވަންދެން އެ ބިމަށް ދަހިވެތިވެފައިވާ ނުބައި ނުލަފާ ބައެއް ތި ޔަހޫދީންނަކީ. އަދި ދުވަހަކުވެސް އަޙުދަށް އިޙްތިރާމެއްނުކުރާނެ.
ބސބސބ
13 May 2025
އޭގެ ބަދަލަކަށް ރޭގައި ހޮސްޕިޓަލަށް ބޮން އަޅައިފި