ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން: އޭނާ ވަނީ ތުރުކީން 30 ބިލިއަން ޑޮލަރުގެ ގޭހުގެ ރިޒާވެއް ފެނުނުކަން އިއްޔެ އިއުލާނުކުރައްވާފައި. -- ފޮޓޯ: އޭއެފްޕީ
18 މެއި 2025 - 06:04
ގުދުރަތީ ގޭހުގެ އާ ރިޒާވްއެއް ބްލެކް ސީ އިން ފެނިއްޖެ ކަމަށާއި ތިން އަހަރަށް ވުރެ ގިނަ ދުވަހު މުޅި ގައުމަށް ބޭނުންކުރެވޭ ވަރަށް އެ ރިޒާވުގައި ހަކަތަ އެބަހުރި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.
"75 ބިލިއަން ކިއުބިކް މީޓަރު (2،650 ކިއުބިކް ފޫޓް) ގެ ގުދުރަތީ ގޭސް އަލަށް ފެނިއްޖެ. މިއީ ގާތްގަނޑަކަށް 3.5 އަހަރު ވަންދެން [ތުރުކީގެ] ގެތަަކަށް ބޭނުންވާނެހާ ގޭސް،" އޭނާ ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި މި ރިޒާވްގެ އަގު ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރަށް އަރާނެ އެވެ.
"މި މަހުގެ 27 ވަނަ ދުވަހު އަޅުގަނޑުމެންގެ ހަތް ވަނަ ޖީލުގެ ޑްރިލިން ޝިޕް އަބްދުލްހާމިދު ހާން އިން ފެށި ގޮކްޓެޕް-3 ވަޅުގެ މަސައްކަތް އިއްޔެ ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.
ތުރުކީއަކީ ހަކަތައިގެ ބޭނުންތައް ފުއްދުމަށް އަދިވެސް އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ނަމަވެސް އުރުދުޣާން ވަނީ ހަކަތައިގެ މިނިވަންކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ.
ހަކަތައިގެ މިނިވަންކަން ތުރުކީއަށް ހޯދުމުގެ އަމާޒަށް ވާސިލްވަންދެން ހުއްޓުމެއް ނެތި، އަދި ފާޑުކިޔުންތަކަށް ނުވަތަ ހުރަސްތަކަށް ބެލުމެއް ނެތި މި މަސައްކަތުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ގޭސް
18 May 2025
ސާބަހޭ ރަޖަބް.އަދާވާތްތެރިން ވަރަށް ހިތުގަ ޖެހޭނެ މި ގޭސް އެނބުރުނީމަ.