ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް 2016 ވަނަ އަހަރު، ހައްޖުގެ އަޅުކަމާ ބެހޭ ތައްޔާރީތައް ބައްލަވާލައްވަނީ: ރަސްގެފާނު ވަނީ މި އަހަރު ފަލަސްތީނުގެ 1000 މީހަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް އަންގަވާފައި. -- ފޮޓޯ: އޭއެފްޕީ
20 މެއި 2025 - 10:42
ފަލަސްތީނުގައި ޝަހީދުވެފައިވާ މީހުންނާއި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުންގެ އާއިލާތަކާއި ހަމަލާތަކުގައި ޒަހަމްވި 1،000 މީހަކަށް މީހުންނަށް ސައޫދީ ރަސްގެފާނުގެ ހަރަދުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން އަންގަވައިފި އެވެ.
މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް، ކޯލް އެންޑް ގައިޑެންސް އަދި މި ޕްރޮގްރާމްގެ ޖެނެރަލް ސުޕަވައިޒަ ޝައިހް އަބްދުލްއާތިފް އަލްޝައިހް ވަނީ ރަސްގެފާނު ސަލްމާނާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ މި ދީލަތި ނިންމެވުމަށް ޝުކުރު އަދާކުރައްވާފައި ކަމަށް ސައޫދީ ގެޒެޓްގައި ބުނެފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކަމުން ދައްކުވައިދެނީ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވެ، އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސައުދީން ދޭ އަހަންމިއްޔަތުކަމެވެ.
މިއީ ފަލަސްތީނު ރައްޔިތުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމަށް ސައޫދީން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ހައްޖާޖީން މައްކާ އާއި މަދީނާގައި ތިބޭ ދުވަސްތަކުގައި ފުރިހަމަ އިންޓަގްރޭޓެޑް ނިޒާމެއްގެ ތެރެއިން އެ، މީހުންގެ އަމިއްލަ ގައުމުން ނުކުންނަ ހިސާބުން ފެށިގެން، އެނބުރި ދާންދެން، ހުރިހާ ހިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ ފުރިހަމަ ޕްލޭނެއް ރާވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރަސްގެފާނުގެ ހަރަދުގައި އެކި ގައުމުތަކުން މީހުންނަށް ހައްޖުގެ އަޅުކަމުގެ ފުރުސަތު 1417 ވަނަ އަހަރު ފެށި ފަހުން މިހާތަނަށް އެކި ގައުމުތަކުން 64،000 އަށް ވުރެ ގިނަ މީހުން އެ ފުރުސަތުގައި ހައްޖުވެފައިވާކަމަށް ސައޫދީގެ ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
21 May 2025
ނޫނޭ މުގާފިގު ބައެއް!
ހަކީމ
21 May 2025
މިއިން އެނގޭ ކަމަކީ ސައުދީ ރަސްގެފާނަށް ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތި ދިރިއުޅުމުގެ ޒައްރައްގެ މިންވަރު ވެސް އެނގިވަޑައި ނުގަންނަވާ ކަން. ޢެ އަޙުން އެތިބެނީ ބަނޑަށް، ސާފު ބޯފެން ފޮދެއް ބޯންނުލިބޭ، ގައިން ތާހިރުވެ ލާނެ ގޮތެއް ނެތް، ރީތި ފޭރާމެއްނެތް އަދި ކިހިނެތް އާއިލާ ގާތްތިމާގެ މީހުން ދޫކޮށް ދަތުރު ހަދާ ހައްޖަށް ދާނީ؟
ސަސި.
20 May 2025
ފަލަސްތީނުގައި އެބައުޅެތަ ތިބުނާ ވަރަށް ސަލާމަތުން ތިބި އިންސާނުން.
ސަސި
20 May 2025
ސައުދީ ރަސްގެފާނު އަދި ދުނިޔޭގަ އެބައުޅޭދޯ.