ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ތާނީ މިއަދު އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
20 މެއި 2025 - 14:59
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވާތީ ސުލްހައިގެ އެއްބަސްވުމަކަށް އޮތް ފުރުސަތު ގެއްލިފައިވާ ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ތާނީ މިއަދު ވިދާޅުވެއްޖެ އެވެ.
"އެމެރިކާ ނަސްލުގެ އިޒްރޭލު ސިފައިންގެ މީހާ އީޑަން އެލެކްޒެންޑާ [ހަމާސް އިން] މިނިވަންކުރުމުން އަޅުގަނޑުމެން އުންމީދުކުރީ މިއީ މި އަނިޔާވެރި ހާލަތު ނިމުމަކަށް ގެންނަން ހުޅުވުނު ދޮރެއް ކަމަށް. އެކަމަކު ބަދަލުގައި އިތުރުވީ އަނިޔާވެރި ހަމަލާތައް،" ޝައިހް މުހައްމަދު ވިދާޅުވި އެވެ.
ޒިންމާދާރުކަން ކުޑަ، ހަރުކަށި އަމަލުތަކުގެ ސަބަބުން ސުލްހައަށް ހުރި ހުރިހާ ފުރުސަތެއް ގެއްލޭ،" ގަތަރުގެ އިކޮނޮމިކް ފޯރަމްގައި އޭނާ ވިދާޅުވި އެވެ.
އިޒްރޭލާއި ހަމާސް ސުލްހަކޮށް ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން މިހެން ބުނެފައި މި ވަނީ އަލަށް ފެށި ހަމަލާތަކާ އެކު ޣައްޒާ އެއްކޮށް ހިފައި އިޒްރޭލުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނިކޮށެވެ.
ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ ގަތަރުގެ ވެރިރަށް ދޯހާގައި މިހާރުވެސް ސުލްހައިގެ މަޝްވަރާ ކުރިއަށް ދާއިރު މިދިޔަ ދެ ދުވަހު އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި ދެ ފަރާތުގެ ވިސްނުމުގައި ބޮޑެތި ހިލާފްތައް އެބަހުރި ކަމަށެވެ.
"އެއްފަރާތުން މަސައްކަތްކުރަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ ފުރިހަމަ އެއްބަސްވުމަކާ ހަމަޔަށް ދެވޭނެ ވަގުތީ އެއްބަސްވުމެއް ހަދަން. އަނެއް ފަރާތުން ބޭނުންވަނީ އެކީ އެއްފަހަރާ ހުރިހާ ކަމެއް ނިންމައި ހަމަލާތައް ދާއިމީކޮށް ހުއްޓުވޭނެ އެއްބަސްވުމެއް،" ޝައިހް މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބޮޑު ހިލާފް ނައްތާނުލެވުނު ކަމަށެވެ.
ބޮޑުވަޒީރު ވަނީ ގަތަރުން އެމެރިކާއަށް ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ ލަގްޒަރީ ޖެޓްގެ މައްސަލައިގައި ގަލްފުގެ މުއްސަނދި ގައުމުތަކުން ފާޑުކިޔާތީ އެކަމަށް ވެސް ރައްދު ދެއްވައިފަ އެވެ. އެމެރިކާގެ އެއާ ފޯސް ވަންގައި ބޭނުންކުރަން ޖެޓެއް ހަދިޔާކުރުން ދިފާއުކުރައްވައި އޭނާ ވިދާޅުވީ މިއީ "އެކުވެރި ގައުމުތަކުގެ މެދުގައި އާދައިގެ ކަންތައްތައް" ކަމަށެވެ.
މިއީ އެމެރިކާ ސަރުކާރަށް ގަތަރުގެ ނުފޫޒު ގަދަކުރުމަށް ދިން ރިޝްވަތެއް ކަމަށް ސިފަކުރާތީ އެކަން އޭނާ ދޮގުކުރެއްވި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީރު ލަގަބު ލިބުނީމަ އެނިމުނީނު، ފިޑިން.
20 May 2025
އަދި ދޯ ރޭކާއިލި، ކިތިަށް ޖެނެރޭޝަން ތަށް ކޭމްޕްތަކުގަ ބައިތިއްބައިގެން މަރާއެ ހުސްކުރަނީ. ހާދަހެޔޮ ބަޔެކޭ މަރާއެހުސްކުރަނީ، އަނގައިން ހެޔޮބަހެއް ނޫނީ ނީވޭ، އެމީހުންގެ.
ޑެބީ
20 May 2025
ނަތަންޔާހޫއަށްވެސް 400 މިލިއަނުގެ ޖެޓެއް ދީފަތިވާހަކަ ދައްކަން އިހަަަށް މަޑުކޮށްލާ
މަބުނީ
20 May 2025
ކަލޭމެން ފަލީހަތްވެގެން ދާނޭ ދުވަސް އެބަ އާދޭ. އޭގެ ކުރިން ދައްކަން ހުރި މޮޅު ވާހަކައެއް ދައްކަ. މިހާރުވެސް އަމަލުން ތި ދައްކަނީ ތިމީހުންގެ އަސްލު ސޫރަ
ސަސި
20 May 2025
އެހެންވީމަ އިޒްރޭލުގެ ބޮޑު ވަޒީރަށްވެސް ޖެޓެއް ހަދިޔާ ކުރަން ހިނގާ