މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރި މީހަކު ހައްޖު ދުވަހު ހެނދުނު އަރަފާތު ފަރުބަދަމަތީ ކުޑައެއް ނަގައިގެން: ހޫނު މޫސުމުގެ ހައްޖެއް ދެން ދިމާވާނީ 25 އަހަރު ފަހުން ކަމަށް ސައޫދީގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
09 ޖޫން 2025 - 11:41
މި އަހަރާ އެކު، ހައްޖު މޫސުން ހޫނު މޫސުމާ ދިމާވުން ކުރިއަށް އޮތް 25 އަހަރަށް ނިމުނީ ކަމަށް ސައޫދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓާ ފޯ މީޓިއޮރޮލޮޖީ (އެންސީއެމް)ގެ ތަރުޖަމާނު ހުސައިން އަލް ކަހްތާނީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް 8 އަހަރު ހައްޖު މޫސުން ދިމާވާނީ ބަހާރު މޫސުމުގައި [ސުޕްރިންގް] ގައި ކަމަށާއި އަނެއް 8 އަހަރުގެ ހައްޖު ދިމާވާނީ ފިނި މޫސުމުން ނުވަތަ ވިންޓައާ ކަމަށެވެ. އޭގެ ފަހުން މަޑުމަޑުން ފިނިހޫނުމިން މަތިވާން ފަށާނެ ކަމަށާއި އެހެން ގޮސް އެންމެ ހޫނު ގަދަ ދުވަސްވަރާ ހައްޖު މޫސުން ދިމާވާނީ ގާތްގަނޑަކަށް 25 އަހަރަށް ފަހު ކަމަށް ހުސައިން ވިދާޅުވި އެވެ.
އެންސީއެމްގެ ތަރުޖަމާނު ވިދާޅުވީ މި ބަދަލަކީ ހަނދު މަހުގެ ދައުރުވުމުގެ މައްޗަށް ބިނާވެ އަންނަ ބަދަލު ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ފަސޭހަ ފިނިހޫނުމިނެއްގައި ހައްޖުވެރިންނަށް އަޅުކަމުގައި އުޅުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
މި ފަހުން ހައްޖު މޫސުމުގައި ގަދަ ހޫނުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވެ އެވެ. ކުރީ އަހަރު 1،300 އަށް ވުރެ ގިނަ މީހުން ހޫނުގެ ސަބަބުން މަރުވި ކަމަށް ރިޕޯޓްކޮށްފައި ވާއިރު މި އަހަރުގެ ހިސާބުތައް އަދި އާންމެއް ނުކުރެ އެވެ.
މިފަހަރު ވަނީ ހޫނުން ރައްކާތެރިވުމަށް އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށްފަ އެވެ. އަދި ހޫނުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާދޭން ހާއްސަ ކްލިނިކްތައް ވެސް ހެދި އެވެ.
މި އަހަރު 171 ގައުމަކުން 1.6 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހާރު އީސާފުޅު
09 June 2025
ދެން އަނެއްކާ 25 އަހަރުތެރޭ ފިނި މޫސުން އައިސްގެން ސްނޯ ފައިބާވަރުން ވެސް ހައްޖެއް ނުވެވޭނެ.
ކަނަކް
09 June 2025
އެތާނގެ މޫސުމް އޮންނަގޮތް އެންމެ ރަގަޅަށް އެނގޭނީ އެތަނެއްގައި އުޅޭ ބަޔަކަށް ތޯއްޗެ.
އަލިފުބާ
09 June 2025
މިއަންނަ އަހަރު ވެސް ހަމަ ޙައްޖު މޫސުން އަންނާނީ ހޫނު މޫސުމުގައި. ކުރިއަށް އޮތް 3 ނުވަތަ 5 އަހަރު ފަހުން ފިނި މޫސުމުގައި ޙައްޖު އަންނާނީ.