ސްރީ ލަންކާގެ ގައުމީ އެއާލައިންގެ ކުރީގެ ޗެއާމަން ނިޝާންތަ ވިކްރެމަސިންހަ
27 ޖޫން 2025 - 20:43
ސްރީ ލަންކާގެ ގައުމީ އެއާލައިންގެ ކުރީގެ ޗެއާމަން ނިޝާންތަ ވިކްރެމަސިންހަ ކޮރަޕްޝަންގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފި އެވެ.
ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޅިޔަނެއް ކަމަށްވާ ވިކްރެމަސިންހަގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ރާޖަޕަކްސަ 2015 ވަނަ އަހަރު އަލުން ވެރިކަމަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތް އިންތިހާބުގެ ކެމްޕެއިނަށް އެއާލައިންގެ ފައިސާ ހަރަދުކުރި މައްސަލަ ހިމެނެ އެވެ.
ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަން އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސީއައިއޭބީއޯސީ) އިން ވިކްރެމަސިންހަ ހައްޔަރުކުރީ ކޮލަމްބޯގައި ހުންނަ އޭނާގެ ގެއިން ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރާޖަޕަކްސްގެ ކެމްޕެއިނަށް އެއާލައިންގެ ފައިސާ ހޭދަކުރި މައްސަލައިގެ އިތުރުުން ކޮރަޕްޝަންގެ އެހެން ދެ ތުހުމަތެއްގައި މިހާރު ވެސް ވިކްރެމަސިންހަގެ މައްޗަށް ގެންދަނީ ތަހުގީގު ހިންގަމުންނެވެ.
ސްރީލަންކަން އެއާލައިންސްގެ ޗެއާމަންގެ މަގާމުގައި 2013 ވަނަ އަހަރު ވިކްރަމަސިންހަ ހުންނެވި އިރު އެއާބަސް މަތިންދާބޯޓު ގަތުމުގެ 2.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމާ ގުޅޭ ޖިނާއީ ތަހުގީގެއް އަދިވެސް ކުރިއަށް އެބަދެ އެވެ.
ޔޫކޭ، ފްރާންސް އަދި އެމެރިކާގެ ޓީމްތައް ގުޅިގެން 2020 ވަނަ އަހަރު ކުރި ތަހުގީގަށް އެނގިފައިވާ ގޮތުގައި އެއާބަސްއިން ސްރީ ލަންކާ އާއި އެހެން ގައުމުތަކަށް މަތިންދާބޯޓުތައް ވިއްކުމުގައި ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތު ދިނުމަށް ތިންވަނަ ފަރާތެއް ބޭނުންކޮށްފައިވެ އެވެ.
ޔޫކޭގެ ކޯޓުތަކަށް ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި ވިކްރަމަސިންހަގެ ޗީފް އެގްޒެކެޓިވް ކަޕިލާ ޗަންދުރަސޭނާ ވަނީ އޭނާގެ އަނބިކަނބަލުންނަށް 16 މިލިއަން ޑޮލަރުގެ ރިޝްވަތުގެ ތެރެއިން ދެ މިލިއަން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ.
ޗަންދުރަސޭނާ އާއި އޭނާގެ އަނބިކަނބަލުން މަނީ ލޯންޑަރިންގެ ތުހުމަތުގައި 2020 ވަނަ އަހަރު ލަންކާގެ ފުލުުހުން ހައްޔަރުކޮށް ކޯޓަށް މައްސަލަ ހުށަހަޅާފައި ވިޔަސް އަދިވެސް ކޯޓުތަކުން މައްސަލަ ނުނިމެ އެވެ.
ރާޖަޕަކްސަ އަށް 2015 ވަނަ އަހަރުގެ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު ހިންގި ތަހުގީގަކުން އެނގުނު ގޮތުގައި ވިކްރަމަސިންހަގެ ޗެއާމަންކަމުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު ދަރަންޏެއް ސްރީލަންކަން އަށް އުފުލަން ޖެހިފައިވެ އެވެ. އަދި އޭނާ އަކީ އެ އެއާލައިން ހިންގުމުގެ ހުނަރާއި ތަޖުރިބާ ވެސް ނެތް މީހެއް ކަމަށް ވަނީ ބުނެފަ އެވެ.
ގެއްލުންވަމުންދާ މި އެއާލައިން ވިއްކާލަން އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު ގަންނާނެ ބަޔަކު އަދި ނުވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
27 June 2025
މިއީ ދިވެހި ޤައުމީ އެއަރލައިން ހިންގާން ޙަވާލުވެ ތިބޭމީހުން ތާއަބަދު ކުރަމުން އަންނަ މިރާއްޖޭގެ އާދަ ކާދައިގެތެރޭގައި ހިމެނޭކަމެއް. މައުމޫނުގެ ވެރިކަން ނިމުނު އިރު އޭނާގެ ދަތުރު ފަތުރަށް އެތައް މިލިޔަން ޑޮލަރުގެ ދަރަނި ދަތުރުކޮށް އަދި ޔާމީނުގެ ވެރިކަމާއި އެންމެފަހުން ނިމުނު ސޯލިޙްގެ ވެރިކަމުގައިވެސް މޯލްޑިވިއަން ހިންގާން ތިބި މީހުން އެތައް ބިލިޔަން ރުފިޔާ އަށް ކުންފުނި ދަރުލާލީވެސް އެމީހުނަށް މަޤާމްދިން ސަރުކާރުތަކުގެވެރިން ނިސްބަތްވާ ޕާޓީތަކަށް.
ފަހުދު.
28 June 2025
މިހާރުވެސް ކަންކަން ދަނީ ހަމަ ތިހެން