އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އަދި ބިލިއަނަރު އީލޮން މަސްކް
07 ޖުލައި 2025 - 14:05
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޮން މަސްކް މިހާރު ވެފައި ވަނީ މަގުން ކައްސާލާފައިވާ ރޭލަކަށް ކަމަށް ވިދާޅުވެ އޭނާގެ ކުރީގެ އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަނެއްކާވެސް ފާޑު ވިދާޅުވެއްޖެ އެވެ.
ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާއާ ދެކޮޅަށް ޓްރަމްޕް އަނެއްކާވެސް ވާހަކަ ދައްކަވާފައި މި ވަނީ އެމެރިކާގެ ސިޔާސީ މައިދާނުގައި ދެ ޕާޓީއަކަށް ކޮންޓްރޯލް އޮންނަ އޮތުން ނިމުމަކަށް ގެންނަން ކަމަށް ބުނެ މަސްކް ސިޔާސީ ޕާޓީއެއް އުފެއްދުމާ އެކުގަ އެވެ.
ޓްރަމްޕް ވިދާޅުވީ މަސްކް ސިޔާސީ ޕާޓީއެއް އުފެއްދެވުމަކީ މޮޔަ ވިސްނުމެއް ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ތިން ވަނަ ޕާޓީއެއް އުފެއްދުމަކީ މޮޔަ ވިސްނުމެއްހެން،" ނިއު ޖާޒީގައި އޮންނަ ގޮލްފް ކްލަބަށް ވަޑައިގަތުމަށް އެއާ ފޯސް ވަން އަށް އަރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
"އަބަދުވެސް މި އޮންނަނީ ދެ ޕާޓީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިން ވަނަ ޕާޓީއެއް އައުމުން އުފެދޭނީ އޮޅުންބޮޅުން. ތިންވަނަ ޕާޓީއެއް އައިސްގެން ދުވަހަކުވެސް ކާމިޔާބެއް ނުވޭ. ޕާޓީއެއް ހަދައިގެން އެކަމާ އުފާކޮށްލެވިދާނެ. އެކަމަކު އަޅުގަނޑަށް ހީވަނީ އެއީ ބޭކާރު ކަމެއް ހެން."
ޓްރަމްޕު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އުފެއްދެވި ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޯޖް) ގެ އިސް ވެރިޔަކަށް ހުންނެވުމަށް ފަހު ޓްރަމްޕާ ހިޔާލު ތަފާތުވެ ސަރުކާރުން ވަކިވި މަސްކަށް ސޯޝަލް މީޑިއާގައި ވެސް ޓްރަމްޕު ވަނީ ހަމަލާ ދެއްވައިފަ އެވެ.
"މަގުން ކައްސާލައި ކޮންޓްރޯލް ނުވެ އެކްސިޑެންޓު ވެފައިވާ ރޭލަކަށް މި ފަސް ހަފްތާ ތެރޭ މަސްކު ވެގެން ދިޔަތަން ފެނުމުން ހިތާމަކުރަން،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.
ޓްރަމްޕު ވިދާޅުވަމުން ގެންދަވަނީ ސަރުކާރާ މެދު މަސްކް ހިތްހަމަނުޖެހުނީ އަލަށް ފާސްކުރި ހަރަދުގެ ބިލްގައި އިލެކްޓްރިކް ވެހިކަލަށް ސަބްސިޑީ އުނިކުރުން ފަދަ ކަންކަން ހުރުމުން މަސްކުގެ ވިޔަފާރިއަށް ގެއްލުން ވެދާނެތީ ކަމަށެވެ. އެކަމަކު މަސްކް ވިދާޅުވަނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ އެ ބިލާ ދެކޮޅު ކަމަށާއި އެއީ ދައުލަތުގެ ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ބޭނުން ކެނޑި ދަރަނި އެތައް ގުނައެއް ބޮޑުވާނެ ނިންމުމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
07 July 2025
ޢެއްލޭނެއްގެ ދެކޮޅަށް ދުއްވަމުންދަނިކޮށް އެކްސިޑެންޓްވެ މިދެރޭލުވެސްވަނީ މަގުން ކައްސާލާފަ. މިތަނުން އެއްރޭލަކީ ކުރީޒަމާނުގެ ސްޓީމް އިންޖީނެއް އަޅާފައިން ދުވަސްވީ ރޭލެއް. މިރޭލަށް ވަރަށްބޮޑެތި ގެއްލުންތަށްވަނީވެފަ. ޞޮޑަށް ގެއްލުންވީ ފަހުގެ ހައިސްޕީޑް ރޭލުގަ ޖެހުމުންކަމަށް ތަހުގީގު އިދާރާތަކުން މައުލޫމާތުދޭ
raajje
07 July 2025
ޓެރަރިސްޓްއިރުޒޭލުން އިރާނަށްހަމަލާދީ ކުރި 12ވަރަކަށްދުވަހުގެ ހަނގުރާމައާގުޅިގެން އެދުވަސްތަކުގައި ޓުރަންޕު އުޅުނުގޮތާ ހެދިހާދޮގުތަކާ އެކިފަހަރު އެކިގޮތަށްވާހަކަދަށްކާކަމާ އަމިއްލައަށް ކިޔޭނުކިޔޭއެއްޗެއް ޓުރަންޕަށްނޭންގޭކަން ދުނިޔެއަށްވަނީ ހާމަވެފާ، އަމިއްލަގައުމުގެ މީހުންވެސްދެކެނީ ޓުރަންޕަކީ ސައިކޯއެއްކަމަށް، ހިތުންއުޅުނީ އިރާނުގެވެރިކަންވައްޓާލަން ނަމަވެސް އެމެރިކާއާ އިޒުރޭލުގެ ވެރިކަންވެއްޓިދާނެކަމުގެ ބިރުބޮޑުވުމުން ހަމަލާތައްހުއްޓާލަންޖެހުނީ
އިވާންކާމަސްކު
07 July 2025
އެކަމެއް ނޭނގެ. އިހައްދުވަހު ރޭލަށް އަރާ އިން މީނަވެސް
މެލާނިޔާޓްރަމްޕް
07 July 2025
އެހެންތަ
ގުނީން
07 July 2025
ރަސްމާލޭ ކަނޑުއަޑީގެ ބިއްލޫރި ހޮހޮޅައިންވެސް އެ ރޭލު ދިޔަކަމަށްވަނީ!