އަފްޣާނިސްތާނުގެ އަންހެނުންތަކެއް މަގުމަތިން ހިނގާފައިދަނީ: އަންހެނުންނާ މެދު ގެންގުޅޭ ސިޔާސަތުގެ މައްސަލައިގައި އަފްޣާނިސްތާންގެ ތާލިބާން ސަރުކާރުގެ ވެރިން ހައްޔަރުކުރަން ވަނީ އައިސީސީ އިން އަމުރެއް ނެރެފައި. -- ފޮޓޯ: އޭއެފްޕީ
08 ޖުލައި 2025 - 20:23
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އަންހެނުން ނިކަމެތިކޮށް އެ މީހުންނާ މެދު އަމަލުކުރާ ގޮތަކީ އިންސާނިއްޔަތާ ހިލާފް އަމަލުތަކެއް ކަމަށް ބުނެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރު ހުށަހެޅުއްވި މައްސަލައިގައި ތާލިބާނުންގެ ވެރިން ހައްޔަރުކުރުމަށް މިއަދު އެ ކޯޓުން އަމުރު ނެރެފި އެވެ.
ފަނޑިޔާރުން ވިދާޅުވީ ތާލިބާނުންގެ އެންމެ އިސް ލީޑަރު ހިބަތުﷲ އަޚުންދްޒާދާ އާއި އުއްތަމަ ފަނޑިޔާރު އަބްދުލް ހަކީމް ހައްގާނީ، ޖިންސީ ގޮތުން ތަފާތުކުރުންތައް ގެންގުޅެ އަންހެނުންނާ މެދު އަނިޔާވެރިވަމުންދާ ކަމުގެ ޝައްކު އުފެދޭ އެކަށީގެންވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
"ތާލިބާނުން މުޅި އާބާދީއަށް ވަކި ކަންތައްތަކެއް މަނާކޮށްފައި ވާއިރު ވަކިން ހާއްސަކޮށް އަންހެން ކުދިންނަށާއި އަންހެނުންނަށް، އެ މީހުންނަކީ އަންހެނުންނަށް ވީތީ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލޭ ގޮތަށް ވަކިން ހަރުކަށި ފިޔަވަޅުތައް އަޅާފައިވޭ،" މި މައްސަލައިގައި ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އައިސީސީގެ ފަނޑިޔާރުން ވިދާޅުވި ގޮތުގައި ތާލިބާނުން ވަނީ އަންހެން ކުދިންނާއި އަންހެނުންގެ ތައުލީމާއި ޕްރައިވެސީ އަދި އާއިލީ ދިރިއުޅުމުގެ ހައްގުތަކުގެ އިތުރުން ހިނގާބިނގާވެ އުޅުމާއި ހިޔާލު ފާޅުކުރުމާއި ވިސްނުމާއި ދީނުގެ މިނިވަންކަން ވަރަށް ބޮޑަށް ނިގުޅައިގެންފަ އެވެ. މީގެ އިތުރުން، މީހުންގެ ޖިންސީ ނިސްބަތް އެ މީހަކު ބޭނުންހާ ގޮތަކަށް ކަނޑައެޅުން މަނާކޮށްފައި އޮންނާތީ އެކަން ވެސް އެއީ ޖަރީމާއެއްގެ ގޮތުގައި އައިސީސީން ބަލާފައިވެ އެވެ.
އެ ކޯޓުން ބުނީ މިއީ އޯގަސްޓް 15، 2021 ގައި ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު އަލުން ދިޔަ ހިސާބުން ފެށިގެން މިދިޔަ ޖެނުއަރީ 20 އާ ހަމައަށް ހިންގާފައިވާ އަމަލުތައް ކަމަށެވެ.
އައިސީސީ އަކީ އެންމެ ނުރައްކާތެރި ޖަރީމާތަކުގެ ގޮތުގައި ބަލަމުން އަންނަ، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބެލުމަށް އުފައްދާފައިވާ ކޯޓެކެވެ. އެ ކޯޓަކީ އަމިއްލަ ފުލުހުން ނެތް، ކޯޓުގެ އަމުރުތައް ތަންފީޒުކުރުމުގައި އެ ކޯޓުގެ މެންބަރު 125 މެމްބަރު ގައުމަށް ބަރޯސާވާ ތަނެކެވެ. އެހެންވެ އަމުރުތަކާ ގުޅިގެން އެކި ފަހަރު ނުކުންނަ ނަތީޖާ ތަފާތެވެ.
ހައްޔަރުކުރުމުގެ އަމުރެއް ނެރެފި ނަމަ، އައިސީސީ އެއްވެސް މެންބަރު ގައުމަކަށް އެ މީހަކު ދަތުރު ނުކުރާނެ ކަމަށް އާންމު އުސޫލުގެ ދަށުން އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެއީ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބެނީ
09 July 2025
އެމެރިކާގެ ވެރިންނާ އިނގިރޭސިން ވެރިން ފޮނުވައިގެން އިރާގާއި އަފުގާނިސްތާނު ތަޅައި ސުންނާފަތިކޮށް އެތާގެ އަންހެންކުދިން ރޭޕުކުރި އިރު ތިކޯޓު އޮތީ ނިދާފަ. ޓޯނީއާ ޖޯޖު ފުރީ.
މުލޭ
09 July 2025
ހައްޔަރުކުރަން ނެރޭ އަމުރުތައް ތަންފީޒު ކުރަންވާނީ އަމުރު ނެރޭ ތަރުތީބުން.
މުރާސިލް
08 July 2025
ތިޔަ އައިސީސީއަކީ ދަތްނެތް މިނިކާ ވަގެކެވެ. ތިޔަހެން ކިތައް “ހުސް އަމުރު” ނެރެފިން ހެއްޔެވެ!؟ ޔަހޫދީ އިޒްރޭލާއި ދެކޮށް ނެެރުނު ހުރިހާ އަމުރެއް ދިޔައީ ޗޮކުންނެވެ. ދެން ކީއްކުރަން ނެރޭ ބޭކާރު އަމުރުތަކެއް ހެއްޔެވެ؟
ރަދީފްއޮފިޝަލް / ނަތަންޔާހޫގެ ވައިފްގެ ޓްރެޕީޒިއަމް
08 July 2025
އަފްއާނިސްތާނުން އިމްޕްލިމެންޓްކުރާ ގަވާއިދު ބަރާބަރު.އެއީ ނެދަލެންޑްސްގަ ހުރި ކޯޓަކުން ބަލަން ޖެހޭ ކަމެއް ނޫން.ނަތަންޔާހޫއަށް އަދަބު ނުދީ މިކަހަލަ ޕެޓީ ކަމެއްގެ ފަހަތުން ދުވަން ކަލޭމެން ލަދުގަނެބަލަ.ވ.ވެދުން
މައިރާ
08 July 2025
ފުރަތަމަ އިޒްރޭލޭ ކިޔާތަނުގެ ބޮޱުވަޒީރު މުޖުރިމް ހައްޔަރުކުރޭ
އަންދަލޫސް
08 July 2025
ތިޔަ ކޯޓަކުން ނަތަންޔާހޫ ހައްޔަރު ކުރަން ކުރި އަމުރު ވީ ހިސާބެއް ބަލާދީބަލަ
ނަތަންޔާހޫގެ އަންހެނުންގެ މައިދައިތަ
08 July 2025
އެމެރިކާ އަޑީގަ އޮވެގެން ހިންގާ ޖަރީމާއެއް
ބސސބ
08 July 2025
މިޔަތް އަތްޖަހާނެ ދެފުށުއެޅޭ މީހުްނވެސް ތިބޭނެ. ފަލަސްތީނު ހަނާކުރަން ބާއްވައިފައި ދެން ކޮންހައްގެއް...ބާރެއް ނެތް ބައެއް.. ކުށެއްނެތް 28000 އަންހެނުން ވަނީ މަރާފައި.
ރާވެރިބެ
08 July 2025
ހަމަ އަސްލުވެސް ތަލިބާނުން އަންހެނުންނާ ދޭތެރޭ އަމަލު ކުރަނީ އިންސާނީ ކަރާމަތާ ޙިލާފަށް އެއްވެސް އިންސާނީ ހައްގުތަކެއް ނުދީ. މިކަން ހުއްޓުވަން މުޅި ދުނިޔެ މަސައްކަތް ކުރަންޖެހޭ. މި ވިސްނުމުގެ މީހުން މިހާރު ރާއްޖޭގަ އެބަ ގިނަވޭ. ކޮންޓްރޯލުން ނުނައްޓަނީސް ފިޔަވަޅު އަޅަން އެބަޖެހޭ!