ލަކްޝަދީޕްގެ ބިތުރާ
27 ޖުލައި 2025 - 05:42
އިންޑިއާގެ ލަކްޝަދީޕްގައި މީހުން ދިރިއުޅޭ 10 ރަށުގެ ތެރެއިން އާބާދީ އެންމެ މަދު ރަށް ކަމަށްވާ ބިތުރާ އަސްކަރީ ބޭނުމަށް ނަގައި އެ ރަށުން މީހުން ބާލަން ލަކްޝްދީޕް ސަރުކާރުން ނިންމައިފި އެވެ.
ލަކްޝަޕީދް ތަމްސީލްކުރާ މެންބަރު ހަމްދުﷲ ސައީދު ވަނީ މި ނިންމުމާ ދެކޮޅުހައްދަވައި، ގާނޫނު ހަދާ މަޖިލީހަށް މައްސަލަ ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި މަހުގެ މަހުގެ 11 ވަނަ ދުވަހު ސަރުކާރުން ނެރުނު އިއުލާނެއްގައިވާ ގޮތުން ބިތުރާގެ މުޅި ބިން ލަކްޝަދީބުގެ ޑިޕާޓްމަންޓް އޮފް ރެވެނިއުއަށް ނަގައި ސެންޓްރަލް ޑިފެންސް އެންޑް ސްޓްރެޓެޖިކް އެޖެންސީތަކާ ހަވާލުކުރުމަށް ވަނީ ނިންމައިފަ އެވެ.
ބިތުރާއަކީ 2011 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު 271 މީހުންގެ އާބާދީއަކާ އެކު ލަކްޝަދީބް ޔޫނިއަން ޓެރިޓަރީގައި، މީހުން ދިރިއުޅޭ 10 ރަށުގެ ތެރެއިން އެންމެ ކުޑަ އާބާދީ އެވެ.
ބިތުރާ ނެގުމުން އެ ރަށް ވެގެންދާނީ ލަކްޝަދީޕްގައި އަސްކަރީ މަރުކަޒު ގާއިމުކުރާ ތިން ވަނަ ރަށަށެވެ. މި ޔުނިއަން ޓެރިޓަރީގެ ވެރިރަށް ކަވަރައްޓީގައި އައިއެންއެސް ދުވީޕްރަކްޝަކް އަދި ދެކުނުގައި އޮންނަ މިނިކޮއި (މަލިކު) ގައި ހުންނަ އައިއެންއެސް ޖަޓަޔޫ މިހާރު ވެސް ހިންގަ އެވެ.
ރަށުން މީހުން ބޭލުމާ ބެހޭ އިއުލާނުގައި ވަނީ އެކަން ކުރަނީ އެ ރަށުގެ ސްޓްރެޓެޖިކް ލޮކޭޝަނާއި ގައުމީ ސަލާމަތަށް އެ ރަށުގެ މުހިންމުކަން ބޮޑުވުމުން ކަމަށެވެ. އަދި އެ ރަށުގައި އާންމުން އުޅޭތީ ލޮޖިސްޓިކް އަދި އިދާރީ ގޮންޖެހުންތައް ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.
މިކަން ކުރާނީ 2013 ވަނަ އަހަރު އަމަލުކުރަން ފެށި، މިފަދަ ކަންކަމުގައި އަދުލުވެރި އިންސާފު ދިނުމާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ލަކްޝަދީބުގެ ޕާލަމެންޓް މެމްބަރު ސައީދު ވިދާޅުވީ އެ ރަށުން މީހުން ބޭލުމުގެ ހަގީގީ މަގުސަދަކީ އަސްލު ރަށްވެހިންގެ އާބާދީ ނައްތާލުން ކަމަށެވެ. އަސްކަރީ ބޭނުންތަކަށް މިހާރުވެސް ގިނަ ރަށްރަށުން ބިން ނަގާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެތައް ޒަމާނެއް ވަންދެން މީހުން ދިރިއުޅެ ދާއިމީ ބޯހިޔާވަހިކަން ގާއިމުކޮށްފައި ވަނިކޮށް އެ މީހުންނާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް މިފަދަ ނިންމުންތައް ނިންމުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
28 July 2025
އިންޑިޔާގެ މަގުސޮދަކީ، ދީވަންދުރޯ (ލަކްޝަދީބު) އާއި މަލިކުން މީހުން ބޭލުން. މަލިކަކީ، ދިވެހީންގެ އެތައް އާއިލާ އަކާއި ގުޅޭ، ދިވެހި ބަހުން ވާހަކަދައްކާ ބަޔަކު އުޅޭ ރަށެއް. މިގޮތުން އެންމެ މަޝްހޫރު އާއިލާ އަކީ، މުޙައްމަދު މުޢިއްޒުއްދީނު ކީރިތި މަހާރަދުންނާއި، އެރަދުންގެ އަބިކަނބަލުން، ދޮންބީނާގޭ އާމިނާ ދީދީގެ ދަރިކޮޅުން ވަޑައިގެންނެވި، މުހަންމަދު ރަންނަބަޑޭ ކިލެގެފާނާއި، އަބްދުއްލ ފާށަނާ ކިލެގެފާނާއި، އިސްމާޢީލް ދީދީގެ ދަރިކޮޅެވެ.
އަގުލީމު
28 July 2025
ލަކްޝަދީބު މިހުމްބެލުމަަކި ބަލަކަނެވެނެ ކަމެނުއް
ހަބީބު.
27 July 2025
ރާއްޖޭގަވެސް ކުޑަރިކިލު ކެންދޫ ކަމަދޫ މުރައިދޫ އަދި މިނޫނަސް ދެތިންބޯބުރި އުޅޭ ރައްރަށުން އަސާސީ ހިދުމަތް ކަނޑާލުމައްފަހު ދެތިން ސަރަހައްދެއްގަ ފުލެޓު އަޅާފަ ބަދަލު ވުމައް ތާހީހެއް ދޭންވީ އޭގެފަހުގަ އެރަށަކުން މީހުން ބަދަލު ކުރަންވީ
މަބުނީ
27 July 2025
ތުޅާދޫ ފަޅުހިއްކާފަ ތިއެއްމެން ބަދަލުކުރަންވީ.
މުރައިދޫ ކަތީބު
28 July 2025
ކަލޭ ތީ ކާކު އެރަށް ތަކުން މީހުން ބާލަން
raajje
27 July 2025
މަދުވެގެން 1000 ހަމަނުވާނަމަ ރަށެއްގެ ދަރަޖަދިނުން މިރާއްޖޭގައިވެސް ހުއްޓާލަންވީ! އޭގެބަދަލުގައި ބިންއޮތް ދެތިންސަރަހައްދެއް ތަރަށްގީކުރުމަށް ފޯކަސްކޮށްފިނަމަ ކުރިއެރުމާތަރައްގީ އަވަސްސުޕީޑެއްގައި ލިބިގެންދާނެ، މިސާލަކަށް ސުނާމީގެ ހާދިސާއަށްފަހު ލ.ގަމަށް ބަދަލުކޮށްފައިވާ ދެތިން ހަތަރު ރަށުގެމީހުންގެ ބަހަކީކޮބައިތޯ "ސުނާމީއަކީ އަހަރެމެންނަށްލެއްވިބޮޑުނަސީބެކޭ" ގަމަށް ބަދަލުވުމުގެސަބަބުން ކުދިންގެތައުލީމާ އާންމުދަނީއާ ހުރިހާކަމަކަށްލިބުނީކުރިއެރުން
ހމމމމ
29 July 2025
ރަނގަޅު ގޮތަކީ ރަށުގެ އާބާދީއާ އެއްވަރަޡް ތަރައްގީ ކުރުން. އާބާދީއެއް ނެތްނަމަ ތަރައްގީ ނުކުރުން. މިކަމުން އާބާދީގެ ދަތިކަން ހައްލުވެގެންދާނެ
ޣޔގފ
27 July 2025
ކޮން ސައީދެއްތަ؟ ތިވާނީ ޝަންކަރަށް. މަރުހަބާ އިންޑިޔާ! ޖަައި ހިންދު
ފަތުހުﷲ
27 July 2025
މަލިކު ތަރައްގީ ނުކޮށް ބާއްވަނީ މުސްލިމުންގެ މެޖޯރިޓީ އޮންނާތީ. މުސްލިމުން ބިކަކޮށް ވިއްސިވިހާލި ކުރުމަށް.