އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް މިއަދު އިއުލާނުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
11 އޯގަސްޓް 2025 - 08:49
އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް މިއަދު އިއުލާނުކުރައްވައިފި އެވެ.
"އިޒްރޭލާއި ފަލަސްތީނަށް ދާއިމީކޮށް ދައުލަތެއްގެ ދަރަޖަ ނުލިބޭ ނަމަ ސުލްހަޔަކީ ވަގުތީ ކަމަކަށް ނޫނީ ނުވާނެ،" ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ވިދާޅުވި އެވެ. "އޮސްޓްރޭލިއާއިން ފަލަސްތީނު ރައްޔިތުންގެ ހައްގު ކަމަށްވާ އެ މީހުންގެ އަމިއްލަ ދައުލަތެއް ބަލައިގަންނާނަން."
މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތައް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާ މައްސަލަ ބޮޑުވެފައި ވާއިރު ފްރާންސާއި އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ އެތައް ގައުމުތަކުން ވަނީ ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދޭން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.
އަލްބާނީޒް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފަލަސްތީނުގެ އެއްވެސް ދައުލަތެއްގައި ހަމާސްގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމުގެ ޔަގީންކަން ފަލަސްތީން އޮތޯރިޓީން ދީފައިވާ ކަމަށެވެ.
"މިއީ ފުރުސަތެއް އޮތް ވަގުތެއް. އޮސްޓްރޭލިއާއިން ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން އެ ފުރުސަތުގެ ބޭނުން ހިފާނެ،" އޭނާ ވިދާޅުވި އެވެ.
ޔޫރަޕްގެ ބާރުގަދަ ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފައި ވާއިރު އދ.ގެ 193 މެންބަރުންގެ ތެރެއިން 147 ގައުމަކުން ފަލަސްތީނުގެ ދައުލަތް މިހާރު ގަބޫލުކުރެ އެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާދޭތާ ދެ އަހަރު ވާން ގާތް ވެފައި ވާއިރު ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 60،000 އިން މައްޗަށް ވަނީ އަރައިފަ އެވެ. އަދި ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން ގިނަ އެތަނުގެ ހާލަތާ މެދު އޮތް ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އަދި މިހާރު އިޒްރޭލުން ވަނީ ޣައްޒާ އެއްކޮށް ހިފުމުގެ ޕްލޭނެއް ވެސް އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
13 August 2025
ފަލަސްތީންގެ ދައުލަތް ބަލައިގަންނަން ޖެހޭނީ އެއްވެސް ޝަރުތެއްނެތި. ޙަމާސްގެ ދައުރެއް އޮވެގެންނުވެފަ ތިމަތިމާމެން ބޭނުންނޫން މީހަކުނޫނީ ވެރިކަމުގައި ހުރެގެންނުވެފަ މިފަދަ ޝަރުތުތައް ކުރިމަތި ކުރާނަމަ ކޮންމެހެން ފަލަސްތީންގެ ދައުލަތް ބަލައިގަތުމުގެ ބޭނުމެއް ނެތް.
ހަކީމ
12 August 2025
ފަލަސްތީން ދައުލަށް ބަލައިގަންނަން، ހަތިޔާރު ވިއްކުން ހުއްޓަލަން ބުނަނީ. ތީން އެއްވެސް ކަމަކަށް ޢަމަލީ ސިފައެއް ނާދޭ. ތިހެން ބުނެގެން ކޮން ފައިދާ އެއް ކުރަނީ. ބުނުމާއި އެކު ކަންކޮށްފަ އަމަލީ ގޮތުން ނުދައްކާހާ ހިނދަކު ތިވާނީ ކަނޑުގަ އެޅި ރޮނގެއް ފަދަ ކަމަކަށް.
ާަބަނީޒް
11 August 2025
އެސޮރަށް ކިޔާނީ އަލްބަނީޒީ. އާންމުކޮށް ކިޔާ އުޅެނީ އަލްބޯ.
ހަމިޓް
11 August 2025
ތިކަމުން ފަލަސްޠީނުގެ ރައްޔަތުންނަށް އޮތް ލުޔަކީ ކޮބައިބާ؟
ދާރުއްސަލާމް
11 August 2025
ދެފުއްކެހެރި އިގިރޭސިން ނާއި އޮސްޓްރޭލިއާ، ކެނެޑާފަދަ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނީ ހަމައެކަނި ލޮލުން. އަމަލުން އެކަމެއް ނުކުރާނެ.
ރަދީފްއޮފިޝަލް / ޓަޒްމޭނިއަން ޑެވިލް
11 August 2025
ހުރިހާ ގައުމަކުން މިހެން ހަދައިފިނަމަ އިޒްރޭލް ޖެހޭނީ މަހަށް ދާން.
ތިހެން ނުވާނެ
11 August 2025
އެމީހުންގެ އަމާ ފަހުނޭވައައްދާންދެން އެމީހުން ދޫކޮއްނުލާނެ. އިޒްރޭލައް އެމީހުންއެދާމަގުން ދެވެނީ އެހެންވެ. ދުރުގަ އޮތެއްކަމަކު އެއީ ހަމަ އެއްގައުމެއް. އިޒްރޭލުން ކުރާ ހުރިހާކަމެއްވެސް އެކުރަނީ އެމެރިކާގެ ފުރިހަމަ ރުހުމާއެކު އެމީހުންގެ އެއްބާރުލުން ލިބިގެން.