އިޒްރޭލުން ޝަހީދުކޮށްލި، އަލް ޖަޒީރާގެ ނޫސްވެރިއެއްގެ ހަށިގަނޑު ކައިރީ ބަޔަކު ހިތާމާގައި: އިޒްރޭލުން ނޫސްވެރިންނަށް ދިން ހަމަލާ އެކި ގައުމުތަކާއި ޖަމާއަތްތަކުން ގެންދަނީ ކުށްވެރިކުރަމުން. -- ފޮޓޯ: އޭއެފްޕީ
11 އޯގަސްޓް 2025 - 17:48
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދީ ހަ މީހަކު މަރާލި ޖަރީމާ އދ. އިން ކުށްވެރިކޮށްފި އެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުގައި ރޭ ދިން ހަމަލާއެއްގައި ހަތަރުގެ އަލް ޖަޒީރާގެ ފަސް ނޫސްވެރިޔަކާއި ފްރީލާންސް ނޫސްވެރިއެއް ވަނީ މަރުވެފަ އެވެ.
އިޒްރޭލުން ވަނީ މިއީ އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު އަނަސް އާލް ޝަރީފަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އެއްބަސްވެފަ އެވެ. ނޫސްވެރިން ތިބޭ ޓެންޓަކަށް ދިން އެ ހަމަލާގައި އޭނާ ޝަހީދުވެފައިވާ ވާއިރު އެއީ ހަމާސްގެ "ޓެރަރިސްޓެއް" ކަމަށް އިޒްރޭލުން ސިފަކުރެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކާ ތުރުކްގެ އޮފީހުން އެކްސްގައި ބުނީ އިޒްރޭލުގެ އަސްކަރިއްޔާގެ އަމާޒަކީ ގަތަރުގެ ބްރޯޑްކާސްޓަރު އަލް ޖަޒީރާގެ ފަސް މުވައްޒަފަކު ތިބޭ ޓެންޓެއް ކަމަށެވެ.
"ނޫސްވެރިން ހިމެނޭ ގޮތަށް، ހުރިހާ އާންމުންނަށް ހިމާޔަތް ދޭންޖެހޭނެ،" އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާގައި ހަމަލާދޭން ފެށި ފަހުން މިހާތަނަށް ފަލަސްތީނުގެ 242 ނޫސްވެރިން މަރުވެފައިވާކަން ފާހަގަކުރަމުން އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
"ޣައްޒާގައި ނޫސްވެރިންނަށް އެއްވެސް ހުރަހެއް ނެތި ރައްކާތެރިކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ވަގުތުން ގާއިމުކޮށްދިނުމަށް ގޮވާލަން،" އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ ފަރާތުން ނެރުނު ބަޔާނުގައިވެ އެވެ.
މީޑިއާގެ މިނިވަންކަމަށް މަސައްކަތްކުރާ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ވަނީ ނޫސްވެރިންނަށް ދިން ހަމަލާ ހަރުކަށިކަމާ އެކު ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމ
12 August 2025
ހަނގުރާމަ ފެށުނު ފަހުން އަލިފު ދާލު އިން ކިތައް ފަހަރު ކިތައް ކަންތައް ކުށްވެރި ކޮށްފި. ވީ ކަމެއް ކޮބާ. ހީވާ ކަހަލަ އަލިފުދާލު ގެ ކަމަކީ ހަމަ އެކަނި ކުށްވެރި ކުރުމޭ. އެމެރިކާ އާއި އިޒްރޭލު މައްޗަށް ބަސް ބުނެވޭ ވަރުގެ ތަނަކަށް އަލިފުދާލު ނުވޭ. އެއަށް ވުރެން މަތީގަ އެވެރިން އެތިބީ. މި ދެ ޤައުމު ކުރިމަތީ އަލިފުދާލު އަކީ އެއްވެސް ބައެއް ނޫން.
ހަމްދާ
11 August 2025
ކުއްވެރި ކުރީވަ ތިޔަވީ