އެންމެ މުއްސަނދި މީހާގެ މަގާމުގައި މިހާރު ހުރި އީލޮން މަސްކް (ކ) އަދި އެ މަގާމު ލަސްތަކެއް ނުވެ ލިބޭނެ ކަމަށް ބެލެވޭ ލެރީ އެލިސަން.
10 ސެޕްޓެމްބަރ 2025 - 22:27
އޮރެކްލް ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް އިންވެސްޓްމަންޓުން ބޮޑު މަންފާއެއް ލިބޭނެ ކަމުގެ އަންދާޒާ އެކު ހިއްސާގެ އަގު ވަރަށް ބޮޑަށް އުފުލި އެ ކުންފުނީގެ ކޯ ފައުންޑަރު ލެރީ އެލިސަން އަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ލިބިދާނެ ކަމަށް ބެލެވިއްޖެ އެވެ.
މިހާރު އެންމެ މުއްސަނދި މީހާ ކަމަށްވާ، ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކަށް އެ މަގާމު ގެއްލިދާނެ ކަމަށް ބެލެވުނީ ބައި ގަރުނުވާން ކައިރިވެފައިވާ ކުންފުނީގެ ފައިދާ ވަރަށް ބޮޑުވާނެ ކަމަށް ލަފާކުރެވި އެ ކުންފުނީގެ ހިއްސާގެ އަގަށް އައި އާދަޔާ ހިލާފް އުފުލުމާ އެކުގަ އެވެ. މި ބަދަލާ އެކު، އުމުރުން 81 އަހަރުގެ އެލިސަންގެ މިލްކިއްޔާތަށް އިތުރު 100 ބިލިއަން ވަނީ ލިބިފަ އެވެ.
މި މަންފާއާ އެކު އެލިސަންގެ ޖުމްލަ މިލްކިއްޔާތު ވަނީ 406 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ފޯބްސްގެ ރިއަލްޓައިމް ބިލިއަނަޔާ އިންޑެކްސް އިން ދައްކާ ގޮތުގައި މަސްކުގެ މިލްކިއްޔާތަކީ 440 ބިލިއަނެއްހާ ޑޮލަރެވެ.
ބްލޫމްބާގްގެ ވެލްތު އިންޑެކްސްގައި އެލިސަންގެ މުއްސަނދިކަން މަސްކަށް ވުރެ ތަންކޮޅެއް މައްޗެވެ. މި އަދަދުތަކުގެ ފަރަގު އަންނަނީ އެ މީހުންގެ ބޮޑެތި އެސެޓްތަކުގެ އަގުމަގުކުރާ ގޮތުންނެވެ.
ކަނާތު ފިޔައިގެ ސިޔާސީ މީހުންނަށް މަސްކުގެ ތާއީދު ހާމަކުރަމުން ދިއުމުގެ ސަބަބުން އާންމުންގެ ތެރޭގައި އުފެދުނު ހިތްހަމަނުޖެހުމުގައި މި އަހަރު ވަނީ މަސްކުގެ ޓެސްލާ ކުންފުނީގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކޮށްފަ އެވެ.
ޓެސްލާ އިން ވަނީ އެ ކުންފުނިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވެއްޖެ ނަމަ، 2035 ވަނަ އަހަރުގެ ނިޔަލަށް 1 ޓްރިލިއަން ޑޮލަރު މަސްކަށް ބަދަލުގެ ގޮތުގައި ދިނުމަށް ހުށަަހަޅައިފަ އެވެ. މި ޕްލޭނަށް ހިއްސާދާރުން ވޯޓުލާނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރައްވާ އެލިސަންގެ 1.1 ބިލިއަނަށްވުރެ ގިނަ ހިއްސާ އޮރެކްލްގައި އޮންނަ ކަމަށާއި ކުންފުނީގެ އިކުއިޓީގެ 40 ޕަސެންޓަށްވުރެ ބޮޑު އަދަދެއްގެ މި ހިއްސާއަށް ޖެހޭ ކަމަށް އެސް އެންޑް ޕީ ކެޕިޓަލް އައިކިއު އިން ބުނެ އެވެ.
އޮރެކްލް އިން ލަފާކުރާ ގޮތުގައި މި އަހަރު އެ ކުންފުނީގެ ކްލައުޑް ވިޔަފާރި އާމްދަނީ 77 ޕަސެންޓް އިތުރުވެ، 18 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި ޖެހިގެން އަންނަ އަހަރު 32 ބިލިއަން ޑޮލަރު، އަނެއް އަހަރު 73 ބިލިއަން ޑޮލަރު، އޭގެ ފަހުން 114 ބިލިއަން ޑޮލަރު އަދި ޖެހިގެން އަންނަ އަހަރު 144 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ޖީއެމްޓީ ހަވީރު 4:30 ގައި އޮރެކްލްގެ ހިއްސާގެ އަގު 40 ޕަސެންޓް އުފުލި ހިއްސާއެއްގެ އަގު 338.00 ޑޮލަރަށް އެރި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަން.
11 September 2025
އެމެރިކާގަ އަދި ހުޅނަގުގަވެސް ހުރި ހުރިހާ ފައިސާއެއްހެން އެއީ ޔަހޫދީންގެ އެއްޗެއް. ދެން ލެރީ އަކީ އިޒްރާއީލުގެ އެންމެބޮޑު އެއް ސަޕޯޓަރު.
ދޯ ކަލޯ
11 September 2025
އެންމެ މުއްސަނދިމީހާ މަރުވީމާ އޮންނަނީ ނޯއްދަމާލަން ނުކެރޭ ވަރަށް ބިމުއަޑީ ކުނިވެފަ. ކޮން ފައިދާއެއް އޮތީ އެންމެ މުއްސަނދި މީހާ ގެ ލަގަބު ލިބިގެން.
ބޭހޮއްކޮ
11 September 2025
ތީ ފަގީރުން މަސައްކަތް ނުކޮއް ސަލާންޖަހާ، ހިލޭ ހުރިހާއެއްޗެއް ހޯދަންވެގެން ދައްކާ ބަހަނާ.
ފެންސު
11 September 2025
މީދުނިޔެއޭ މީދުނިޔެއޭ ހިތަކަށް މަގޭ ލިބިފާވެޔޭ..... ދުނިޔެފަހާ ދުވަނީ، އެކަމަކު އެންމެންވެސް ދާންމިޖެހެނީ 3ފޫޓު 6ފޫޓު ގޮޅިއަކަށް.