ބިލިއަނަރު އީލޮން މަސްކް: އޭނާ ވަނީ ފުރަތަމަ ފަހަރަށް 500 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް ލިބުނު މީހާއަށް ވެފައި.
02 އޮކްޓޯބަރ 2025 - 10:38
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ، ބިލިއަނަރު އީލޮން މަސްކް ޓްރިލިއަނަކަށް ވުމަށް ބޭނުންވާ ވަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔާ އެއްވަރަށް މިހާރު މިލްކިއްޔާތު އިތުރުވެފައިވާ ކަމަށް ފޯބްސް މަޖައްލާއިން ބުނެފި އެވެ.
ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯކަން ކުރައްވާ މަސްކްގެ އިލެކްޓްރިކް ވެހިކަލް ކުންފުނީގެ ހިއްސާ، އޭނާގެ ސިޔާސީ މަސައްކަތާ ހެދި ދަށަށް ގޮސްފައި އޮތުމަށް ފަހު އަލުން މައްޗަށް ދާއިރު މަސްކުގެ މިލްކިއްޔާތު 500 ބިލިއަން ޑޮލަރަށް އަރައި އެވަރުގައި އިރުކޮޅަކު ހިފެހެއްޓުނެވެ. މިއީ ބައި ޓްރިލިއަން ޑޮލަރުގެ މިލްކިއްޔާތެއް މީހަކަށް ލިބުނު ކަމަށް ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.
މި އުފުލުމުގައި، އުމުރުން 54 އަހަރުގެ މަސްކުގެ މިލްކިއްޔާތު 500.1 ބިލިއަން ޑޮލަރަށް އެރި އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން 499.1 ބިލިއަން ޑޮލަރަށް ވެއްޓުނު ކަމަށް ފޯބްސްގެ "ރިއަލް ޓައިމް ބިލިއަނާސް" ޓްރެކާ އިން ބުންޏެވެ.
ފޯބްސް ލިސްޓުގައިވާ ގޮތުން އޭނާގެ ފަހަތުގައި ދެން ތިބީ 350.7 ބިލިއަން ޑޮލަރާ އެކު އޮރެކަލްގެ ސީއީއޯ ލެރީ އެލިސަން އާއި 245.8 ބިލިއަން ޑޮލަރާ އެކު މެޓާގެ ސީއީއޯ މާކް ޒަކަބާގެވެ.
ޔުނިވަސިޓީ އޮފް ޕެންސިލްވޭނިއާ އިން ގްރެޖުއޭޓުވެ، ސްޓެންފޯޑް ޔުނިވަސިޓީގައި ވަކި ހިސާބަކަށް ކިޔެވުމަށް ފަހު ފުރަތަމަ ފަހަރަށް މަސްކަށް މިލިއަން ޑޮލަރު ލިބުނީ އެމެރިކާގެ ކޮމްޕިއުޓަރު އުފައްދާ ކުންފުނި ކޮމްޕެކް އަށް 1999 ވަނަ އަހަރު އޮންލައިން ޕަބްލިޝިން ސޮފްޓްވެއާ ކުންފުންޏެއް 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއްގައި ވިއްކާލައިގެންނެވެ.
އޭނާ ދެން އުފެއްދި ކުންފުނި ޕޭޕަލްއާ ގުޅިގެން ޖޮއިންޓް ވެންޗާއެއް އުފެއްދި އެވެ. އަދި ފަހުން އެ ވިޔަފާރިން ވަކިވެ 2002 ވަނަ އަހަރު، ރޮކެޓް ކުންފުނި ސްޕޭސް އެކްސް އުފެއްދި އެވެ. އޭގެ ފަހުން އިލެކްޓްރިކް ކާރު ކުންފުނި ޓެސްލާ އުފައްދައި 2004 ވަނަ އަހަރު އެ ކުންފުނީގެ ޗެއާމަންކަން ކުރަން ފެށި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބްރޯ ކީކޭ؟
03 October 2025
ލިޔުމުަގައި އޮތް ވާހަލަ ރަނގަޅު، އެއަށް ފަހު ޕޭޕަލް އުފެއްދީ. ޕޭޕަލް އުފަށްދަން ބޭނުން ކުރީ އެ 300 މިލިއަން އިން އިލޮން އަށް ލިބުނު 22 މިލިއަން. ފަހުން ޕޭޕަލް ވިއްކާލީ 300 މިލިއަން އަށް އޭގެން ބޮޑުބައި ލިބުނީ އިލޮން އަަށް ދެން ސްޕޭސް އިންޑަސްޓްރީ. ވީމާ ރަނގަޅު ހަމަ ދެކޮޅުވެސް
އުސްތާޒާ
02 October 2025
މަސްކު މަގޭ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކޮށްދީބަލަ ވަރަށް އާޖެންޓްކޮށް