މިހާތަނަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ މީހަކީ ޓެސްލާ އައި ސްޕޭސްއެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކް ކަމަށާއި މިހާރު އޭނާގެ މިލްކިއްޔާތުގައި 839 ބިލިއަން ޑޮލަރު އެބަހުރި ކަމަށް ފޯބްސް އިން ބުނެފި އެވެ. 

ފޯބްސް އިން އަންގާރަ ދުވަހު ބުނި ގޮތުގައި މިހާރު ދުނިޔޭގައި 3،428 ބިލިއަނަރުން އެބަތިބި ކަމަށާއި މިއީ ވެސް ރެކޯޑް އަދަދެއް ކަމަށެވެ. އެ މީހުންގެ ޖުމްލަ މިލްކިއްޔާތު 20.1 ޓްރިލިއަން ޑޮލަރަށް އަރާ ކަމަށް އެ މަޖައްލާއިން ބުންޏެވެ. 

މަހުޖަނުންގެ ލިސްޓުގެ އެންމެ ކުރީގައި، ޖެހިޖެހިގެން ދެ އަހަރު މަސްކް ހިމެނިފައިވަނީ މިދިޔަ 12 މަސް ދުވަސް ތެރޭ އޭނާގެ މިލްކިއްޔާތަށް  ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރު އިތުރުވެގެންނެވެ. 

މިހާ ބޮޑު އަދަދެއް އިތުރުވުމުގެ ފަހަތުގައި ވަނީ ޓެސްލާ އާއި ސްޕޭސްއެކްސްގެ ހިއްސާގެ އަގު އުފުލުމެވެ. އެއީ މި އަހަރު ތެރޭ އެ ކުންފުނިތަކުން އާންމުންނަށް ހިއްސާ ވިއްކަން ތައްޔާރުވާން ފެށިކަން އިއުލާނުކުރުމާ އެކުގަ އެވެ. 

މަސްކް ވެފައި ވަނީ މިހާތަނަށް މިލްކިއްޔާތަށް 800 ބިިިލިއަން ޑޮލަރު ވެސް ހަމަކުރި ފުރަތަމަ މީހާއަށެވެ. އަދި އޭނާގެ މިސްރާބު މިހާރު ހުރީ ދުނިޔޭގެ ފުރަތަމަ ޓްރިލިނިއަރަށް ވުމާ ދިމާލަށެވެ. -- އޭއެފްޕީ