އެމެޒޯން ވެބް ސާވިސް(އޭޑަބްލިޔުއެސް) ގެ ލޯގޯއެއް ކައިރިން މީހަކު ހިނގާފައި އަންނަނީ: އޭޑަބްލިޔުއެސް އަށް މައްސަލަ ދިމާވެ ވަރަށް ގިނަ ހިދުމަތަށް ވަނީ ބުރޫ އަރާފައި.
20 އޮކްޓޯބަރ 2025 - 14:22
އެމެޒޯން ވެބް ސާވިސް (އޭޑަބްލިޔުއެސް) ދިމާވި މައްސަލައަކާ ހެދި ގިނަ އަދަދެއްގެ އެޕްތައް ޑައުންވެއްޖެ އެވެ.
އޭޑަބްލިޔުއެސް އަކީ ވަރަށް ގިނަ ވެބްސައިޓްތައް މައި އިންފްރާސްޓްރަކްޗާ އެވެ. އެހެންވެ އެއަށް ދިމާވާ މައްސަލައެއްގެ އަސަރު ވަރަށް ގިނަ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ކުރާނެ އެވެ. ސްމާޓްފޯނުގައި ހުންނަ ގިނަ އެޕްތައް އޮޕަރޭޓް ކުރަނީ ވެސް އޭޑަބްލިއުއެސް ޑޭޓާ ސެންޓަރުތަކުގަ އެވެ.
އޭޑަބްލިޔުއެސް އިން ބުނީ ޔޫއެސް-އީސްޓް-1 ރީޖަންގައި އެރާތައް ވަރަށް ބޮޑަށް އިތުރުވެ ހިދުމަތަށް ބުރޫއަރަމުންދާ ކަމަށެވެ.
އޭޑަބްލިޔުއެސް އިން ބުނީ އިންޖިނިއަރުން ގެންދަނީ އެ މައްސަލަ ފާހަގަވުމާ އެކު، މައްސަލަ ހައްލުކުރުމަށާއި ވެގެން އުޅޭ ގޮތުގެ އަސްލު ދެނެގަތުމަށް މަސައްކަތްކުރަމުން ކަމަށެވެ.
ޑައުންޑިޓެކްޓާ އިން ބުނި ގޮތުގައި ހެލިފެކްސް، ލޮއިޑްސް އަދި ބޭންކް އޮފް ސްކޮޓްލެންޑް ފަދަ ބޭންކުތަކަށް ވެސް މިކަމާ ހެދި މައްސަލަތައް ދިމާވެފައިވާ ކަމަށެވެ.
ދިމާވެގެން އުޅޭ މައްސަލައިގެ ސަބަބުން އެކި ގޮތްގޮތުން ހިދުމަތަށް ބުރޫ އަރާފައިވާ މަޝްހޫރު އެޕްތަކާއި ސައިޓްތަކުގެ ތެރޭގައި ސްނެޕްޗެޓް، ޒޫމް، ރޯބްލޮކްސް، ކްލޭޝް ރޮޔާލް، މައި ފިޓްނެސް ޕާލް، ލައިފް360، ކްލޭޝް އޮފް ކްލޭންސް، ފޯޓްނައިޓް، ކެންވާ، ވޯޑްލް، ސިގްނަލް، ކޮއިންބޭސް، ޑުއޮލިންގޯ، ސްލެކް، ސްމާޓްޝީޓް، ޕޮކެމަންގޯ، އެޕިކް ގޭމްސް، ޕްލޭޝްޓޭޝަން ނެޓްވޯކް، ރޮކެޓްލީގް އަދި މި ނޫނަސް އެތައް އެޕަކާއި ސައިޓްތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަކުރުފާނުގެ ބަފާ
21 October 2025
މި ހުރިހާ ކަމެއްވެސް މިހެން މިވަނީ ސީނު (ޗައިނާ)ގެ އުނދަގުލާއި ތުރާތައް ގިނަކަމުންނެވެ. އަދިވެސް އެ ކަރައިގަ އެގެންގުޅެނީ ކޮމިއުނިސްޓު ގޮތްގަނޑެވެ. ރަށު ރައްޔިތުންނަށް ހަދަނީ ހާދަނެ ގޮތެވެ. އެހެންވީމާ އެމެރިކާގެ އެމެޒޮން ކުންފުނިންވެސް އެބަލަނީ އެމީހުންގެ ސާވަރުތައް އެންތަނަކަށް ގެންދެވޭތޯއެވެ. މައިކުރޯސޮފުޓުން އެބަ ރާވާ އެމީހުންގެ ސާރފެސް ލެޕުޓޮޕުތަކާއި ޓެބުލެޓުތައް އުފެއްދުން ޗައިނާއިން ބޭރުކޮށް އެހެން ގައުމަކަށް ގެންދެވޭތޯއެވެ.
ބުޒީ
20 October 2025
ސްޓްރީކް ގެއްލެނީ
ޑޭތާ
20 October 2025
އެހެންވެދާނެ. ޢިޒްރޭލް....