ޕާކިސްތާނުގެ ކަނޑުގެ ސިފައިން އަރަބި ކަނޑުގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ހުރި ބޯޓެއް ހުއްޓުވައި އޭގައި ހުރި ތަކެތި މަނަވަރަށް އަރުވާފައި. -- ފޮޓޯ: ޕާކިސްތާން ނޭވީ
19 ނޮވެމްބަރ 2025 - 19:56
އަރަބި ކަނޑުގައި ޕާކިސްތާނުގެ ކަނޑުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި 2،000 ކިލޯއަށް ވުރެ ގިނަ މެތަމްފެޓަމިން (އައިސް) އަތުލައިގެންފަައިވާ ކަމަށް މިއަދު ބުނެފި އެވެ.
ޕާކިސްތާން ނޭވީގެ ޑައިރެކްޓަރޭޓް ޖެނެރަލް ޕަބްލިކް ރިލޭޝަނުން ނެރުނު ބަޔާނުގައި ބުނީ މި ތަކެތީގެ އަގު 130 މިލިއަން ޑޮލަރު އަށް އަރާނެ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ސައުދީ އަރަބިއްޔާގެ ކޮމްބައިންޑް މެރިޓައިމް ފޯސް (ސީއެމްއެފް) ގެ ދަށުން ސައުދީ އިސްވެ އޮވެ އުފައްދާފައިވާ "ކޮމްބައިންޑް ޓާސްކް ފޯސް 150" އަށް އެހީވާ ޕާކިސްތާނުގެ ނޭވީން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ފެނުނީ ޝައްކުކުރެވޭ ލަކުޑި ބޯޓެއް ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެއީ އެއްވެސް ގައުމެއްގެ ދިދަ ހުރި އުޅަނދެއް ނޫން ކަމަށް ވެސް ބުންޏެވެ.
"ސިފައިންގެ އުޅަނދުން ކާމިޔާބުކަމާ އެކުގައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނެއް ހިންގާފައި. ނަތީޖާއެއްގެ ގޮތުން، 2،000 ކިލޯއަށް ވުރެ ގިނަ އައިސް ފެނުނު،" މިއީ މިދިޔަ ދެ މަސް ދުވަހު ތެރޭ ހިންގި މިފަދަ ކާމިޔާބު ތިން ވަނަ އޮޕަރޭޝަންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވެ އެވެ.
ޕާކިސްތާނުގެ ކަނޑުގެ ސިފައިން އަރަބި ކަނޑުގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ހުރި ބޯޓު ހުއްޓުވަނީ. -- ފޮޓޯ: ޕާކިސްތާން ނޭވީ
"މި އޮޕަރޭޝަންގެ ބޮޑުމިނާއި އޮޕަރޭޝަން ހިންގި ފުރިހަމަ ގޮތުން ފުރިހަމަ ގޮތުން ޕާކިސްތާން ނޭވީގެ ޕްރޮފެޝަނަލިޒަމްގެ އިތުރުން ސީއެމްއެފްގެ ދަށުން މަލްޓިނޭޝަނަލް ކޯޑިނޭޝަންގެ ނަތީޖާ ވެސް ދައްކުވައިދޭ."
މިދިޔަ މަހު ޕާކިސްތާނު ނޭވީން ވަނީ އަރަބި ކަނޑުގައި ދަތުރުކުރި ބޯޓުތަކުން 972 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ވެސް އަތުލައިގެންފަ އެވެ.
މިދިޔަ އޯގަސްޓް މަހު ނޭވީ އާއި އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އިން ވަނީ ބަލޫޗިސްތާނުގެ ޕަސްނީ އައްސޭރިފަށުން 38 މިލިއަން ޑޮލަރުގެ އަގުހުރި 1،250 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެދޭ
19 November 2025
ޕާކިސްތާނުގަ އެދިބަލަ ތީގެން ދިވެހި ބަޖެޓު ސާޕްލަސް ކޮށްލަދޭން... މިތަން ދަރާމިއޮށް ހުސްވީނު