އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާ ވަނީ ގޭސް އެކްސްޕޯޓްކުރަން މިސްރާ އެކު 35 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހެދިކަން އިއުލާނުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
18 ޑިސެމްބަރ 2025 - 12:20
ގޭސް އެކްސްޕޯޓް ކުރުމަށް މިސްރާ އެކު 35 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާކަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކޮށްފި އެވެ.
"އިޒްރޭލުގެ ތާރީހުގައި ހެދި ގޭހުގެ އެންމެ ބޮޑު ޑީލަށް އަޅުގަނޑު ރުހުން ދީފިން. މި ޑީލްގެ އަގު 112 ބިލިއަން ޝެކެލްސް (34.7 ބިލިއަން ޑޮލަރު) އަށް އަރާ. މީގެ ތެރެއިން 58 ބިލިއަން ޝެކެލްސް (18 ބިލިއަން ޑޮލަރު) ދާނީ ދައުލަތުގެ ހަޒާނާއަށް،" ޓީވީން ދިން ބަޔާނެއްގައި ނަތަންޔާހޫ ބުންޏެވެ.
"މި އެއްބަސްވުން ހަދާފައިވަނީ އިޒްރޭލުގެ ޕާޓްނަރުން ހިމެނޭ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޝެވްރޮންއާ އެކު. އެ ކުންފުނިން މިސްރަށް ގޭސް ސަޕްލައިކުރާނެ."
ނަތަންޔާހޫއާ އެކު ބައިވެރިވެ މިސްރުގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން ވިދާޅުވީ މިއީ އެ ގައުމުގެ ތާރީހުގައި ގޭސް އެކްސްޕޯޓަށް ހެދި ގޭހުގެ އެންމެ ބޮޑު އެކްސްޕޯޓް ޑީލް ކަމަށެވެ.
ނަތަންޔާހޫ ބުނީ މި ޑީލުން ލިބޭ ފައިސާގެ ސަބަބުން ތައުލީމާއި ސިއްހީ ހިދުމަތާއި އިންފްރާސްޓްރަކްޗާ އާއި ސަލާމަތީ ކަންކަން ވަރުގަދަކުރެވި ކުރިއަށް އޮތް ޖީލުތަކުގެ މުސްތަގުބަލު ވަރުގަދަ ވެގެންދާނެ ކަމަށެވެ.
އިޒްރޭލުގެ ކުންފުންޏެއް ކަމަށްވާ ނިއުމެޑް އެނާޖީ އިން އޯގަސްޓް މަހު ވަނީ މިސްރަށް ގުދުރަތީ ގޭސް ސަޕްލައި ކުރުމަށް 35 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރިކަން އިއުލާނުކޮށްފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން މިސްރަށް ފޯރުކޮށްދޭ ގޭހުގެ އަދަދު 130 ބިލިއަން ކިއުބިކް މީޓަރަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިތުގެ ރިހުން
18 December 2025
އުއްމަތުގެ ވެރިން މިތިބެނީ ޔަހޫދީންނަށް އަޅުދާސްތުވެގެން..ދެން ކިހިނެއް ފަލަސްތީނުގެ ރައްޔިތުންނަށް އެކުރާ އަނިޔާއިން ސަލާމަތެއް ހޯދަ ދޭނީ! ފަލަސްތީނުގެ ހައްޤުގަ ފައިސަލް ރަސްގެފާނު ވެލެއްވިފަދަ ޤުރުބާނީއެއް ވެވޭނެ ފަދަ ވެރިޔަކު މިއަދަކު ނެތް. މިއިން ޒަމާނަކުވެސް ފެންނާނެކަމުގެ އުއްމީދެއްވެސް ނެތް.
ފަލަސްތީނީން
18 December 2025
އަމިއްލަ އެދުމާ ޖެހުނީމަ އިންސާފުމީ ހާދަ ފާޑެއްގެ އެއްޗެކޭ. ފަލަސްޠީންގެ ރިސޯސްތައް ފޭރިގަނެގެން ޢަރަބި ކަރައަށް ވިއްކައިގެން ފައިސާ ހޯދައިގެން ފަލަސްޠީނީން މެރުމުގައި ޔަހޫދީން އަވަދިނެތި. އެހެންވީމަ އަހަރެމެން މިކިޔަނީ ޢަރަބި ސިޔާސީ ވެރިންނަކީ މިދުނިޔެމަތީގައިތިބި އެންމެ ބޮޑެތި މުނާފިގުންނޭ.
ނެނެ
18 December 2025
މި ކޮންކަމެއް.
ޑަކު
18 December 2025
ތިއޮތީ ދީން ހިމާޔަތްކުރެވިފާ.
ނސބސބ
18 December 2025
ކާންދީފައި ބަހައްޓާ. ކަޅަވެން ދައިގަންނާނެ ދާދި އަވަހަށް