އިންޑިއާގެ ބިހާރްގެ ޗީފް މިނިސްޓަރު ނިތިޝް ކުމާރު މީހެއްގެ މޫނުބުރުގާއަށް ދަމައިގަންނަނީ.
18 ޑިސެމްބަރ 2025 - 15:22
އިންޑިއާގެ ބިހާރްގެ ޗީފް މިނިސްޓަރު ނިތިޝް ކުމާރު، ސަރުކާގެ ރަސްމީ ހަފްލާއެއްގައި އަންހެނެއްގެ މޫބުރުގާއަށް ދަމައިގަނެ މޫނު ފެންނަ ގޮތް ހެދި މައްސަލައެއް ބޮޑުވެއްޖެ އެވެ.
ބިހާރްގެ ޗީފް މިނިސްޓަރުކަން 10 ވަނަ ފަހަރަށް ކުރަމުން އަންނަ، 74 އަހަރުގެ ނިތިޝް ހޯމަ ދުވަހު މިކަން ކޮށްފައިވަނީ ޕަޓްނާގައި އިންޑިއާގެ ގަދީމީ ބޭސްފަރުވާގެ [އަޔޫޝް] ޑޮކްޓަރުކަން އަލަށް ލިބުނު މީހުންނާ ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މީހަކާ ސެޓްފިކެޓް ހަވާލުކުރަމުންނެވެ.
ސެޓްފިކްޓް ހަވާލުކުރަމުން ކުއްލިއަކަށް ބުރުގާއަށް ދަމައިގަނެ މޫނުން ބައެއް ހާމަވާ ވަރުކޮށްލި އިރު އަންހެން މީހާއަށް އެކަން ހުއްޓުވަން އެއްވެސް ކަމެއް ނުކުރެވުނެވެ. އެކަމަކު ކައިރީގައި ހުރި ޑެޕިއުޓީ ޗީފް މިނިސްޓަރު ސަމްރަތު ޗައުދަރީ އެކަން ހުއްޓުވަން މަސައްކަތްކުރި އެވެ. އޭރު ފަހަތުގައި ތިބި ބައެއް މީހުން އެކަމާ މަޖާވެ ހޭތީ ފެނެ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ މިއީ ވަރަށް ލާއިންސާނީ އަމަލެއް ކަމަށް ބުނެ ޗީފް މިނިސްޓަރު ވަގުތުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި މިއީ ނިތިޝްގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް ހިނގި ކަމަކަށް ވާއިރު އޭނާއަށް މަގާމު ޒިންމާ އަދާކުރެވޭ ވަރުގެ ވިސްނުމެއް ހުރި ކަމާ މެދު މި އަމަލުގެ ސަބަބުން އިތުރަށް ސުވާލު އުފެދިއްޖެ ކަމަށް ވެސް ކޮންގްރެސް ޕާޓީން ބުންޏެވެ.
ސިޔާސީ އެހެން ބައެއް ޕާޓީތަކުން ބުނެފައިވަނީ މިއީ ޖޭޑީޔޫ އާއި އެ ޕާޓީން ތާއީދުކުރާ ބީޖޭޕީން އަންހެނުންނާ މެދު ދެކޭ ގޮތް ހާމަވެގެން ދިޔަ ހާދިސާއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލޭފާނު
18 December 2025
ތިވަރުގެ ލާއިންސާނީ އަމަލެއް މަގޭ އުމުރުން މިވީ 50 އަހަރުތެރޭ ނުދެކެން
ވިންޑީ
18 December 2025
ބޭބެ އަޕްގާނިސްތާނުގަ ކުޑަކުދިންގެ ސްކޫލުގަ ބޮންގޮއްވާލާ އެތަކެއް ކުދިންމަރާލާ ލާއިންސާނީ އަމަލު ނުފެނޭތޯ.