ޕާކިސްތާނުގައި އަންހެން ކުދިންގެ ސްކޫލްތަކަށް ވަރަށް ގިނައިން ހަމަލާ ދޭ.
04 އޯގަސްޓް 2018 - 16:30
އިސްލާމްއާބާދު (އޮގަސްޓް 4) - ޕާކިސްތާނުގެ އެންމެ އުތުރުގައި އޮންނަ ގިލްގިޓް-ބޯލްޓިސްތާނާ 130 ކިލޯ މީޓަރު ދުރުގައި އޮންނަ ޗިލާސްގައި އަންހެން ކުދިންގެ 12 ސްކޫލެއް އެއް ރޭ މަތިން އަންދާލައިފި އެވެ.
ފުލުހުން ބުނީ ސްކޫލްތައް އަންދާލުމުގެ އިތުރުން ބައެއް ސްކޫލްތަކުގައި ގޮވާ ތަކެތި ވެސް ހަރުކޮށްފައިވާ ކަމަށެވެ. ސްކޫލްތަކަށް ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ނަމަވެސް ހަމަލާ ދިން މީހުން ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.
ޕާކިސްތާނުގެ އަންހެން ކުދިންގެ ސްކޫލަށް ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި.
ސްކޫލްތައް އަންދާލުމާ ގުޅިގެން އެ ހިސާބުގެ ގިނަ ބަޔަކު ނުކުމެ ވަނީ އިހްތިޖާޖްކޮށްފަ އެވެ. އަދި ސްކޫލްތަކާއި ތައުލީމީ މުއައްސަސާތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ވަނީ ގޮވާލައިފަ އެވެ.
ގިލްގިޓް-ބޯލްޓިސްތާނުގެ ޗިލާސް ޓައުންގައި ޑިސެމްބަރު 2011 ގައި ވެސް ވަނީ އަންހެން ކުދިންގެ ދެ ސްކޫލަކަށް ގެއްލުން ދީފަ އެވެ. މި އަހަރު ކުރީކޮޅު ވެސް ވަނީ އަންހެން ކުދިންގެ ދެ ސްކޫލެއްގައި އަލިފާން ޖަހައިފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު ވަނީ ޗިލާސްގައި އަންހެން ކުދިންގެ އަށް ސްކޫލަކަށް ހަމަލާ ދީފަ އެވެ.
#Breaking: 12 Schools burnt down overnight in #Gilgit-#Baltistan's #Diamer district. Local residents said they had heard explosions in GPS Ronay & Girls School Takya. #Pakistan #Chilas pic.twitter.com/QgnT23ibrt
— SherY - (@SherySyed_) August 3, 2018
އަންހެން ކުދިންގެ 12 ސްކޫލް އަންދާލީ އެއް ރޭ މަތިން.
ޕާކިސްތާނުގައި އެކި ގަބީލާތަކުގެ މީހުން އުޅޭ ޚައިބަރު ޕަޚްތުންކުވާ ސަރަހައްދުގައި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭ 1،500 އަށް ވުރެ ގިނަ އަންހެން ކުދިންގެ ސްކޫލް ހަލާކުކޮށްލާފައިވާ ކަމަށްވެ އެވެ.
ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ މަލާލާ ޔޫސުފް ޒައިގެ ބޮލަށް ތާލިބާނުން 2012 ވަނަ އަހަރު ސްވެޓް ވެލީގައި ބަޑި ޖެހީ ވެސް އޭނާ އަންހެން ކުދިންގެ ތައުލީމް ޕްރޮމޯޓް ކުރަން އުޅުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޤީރުކޮއި
05 August 2018
އަދިވެސް ޖާހިލުކަމުގެ ކަނު އަނދިރީގަ. މިއީ ކޮންތާކުން ދީން ދަސްކޮށްގެން އުޅޭބައެއްތަ؟
ފޒުހޖ
04 August 2018
ތިޔަވާނީ އެމެރިކާ އަޑީގައި އޮވެގެން ކުރާކަމަކަށް.
މަންސޫރު
04 August 2018
ހަމަ ތެދެއް؟ އެމެރިކާއިން ދެއްތޮ އެންމެ ބިރު ގަންނަނީ އަންހެނަކު ކިޔަވަފާނެތީވެ؟ އެމެރިކާގައި ދެއްތޮ އަންހެނުން މޫނު ފޮރުވައިގެން އަނގައިން ނުބުނެ ފިލައި ތިބެން ބާރު އަޅަނީ؟