ދުނިޔެ / ޕާކިސްތާން

ޒައިނަބުގެ ގާތިލް ދަންޖައްސައިފި

ޒައިނަބުގެ ގާތިލް އިމްރާން ލާހޯރުގެ ކޯޓަށް ހާޒިރު ކުރަނީ. --އޭއެފްޕީ ފައިލް ފޮޓޯ

ލާހޯރު (އޮކްޓޯބަރު 17) - ޕާކިސްތާނުގައި ރޭޕް ކުރުމަށް ފަހު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ހަ އަހަރުގެ ޒައިނަބް އަންސާރީގެ ގާތިލް އިމްރާން އަލީ ދަންޖައްސައި މިއަދު ހެނދުނު މަރާލައިފި އެވެ.

ފުލުހުން ބުނީ އިމްރާން ދަންޖައްސާފައި ވަނީ ލާހޯރުގެ ކޮޓް ލަކްޕަޓް ޖަލުގައި ކަމަށެވެ. އިމްރާން ދަންޖެއްސީ ޒައިނަބުގެ ބައްޕަ އާއި އެ އާއިލާގެ އެހެން ބައެއް މީހުންގެ ހާޒިރުގަ އެވެ.

ޒައިނަބުގެ ބައްޕަ ބޭނުންވީ އާއްމުން ތެރޭ އިމްރާން ދަންޖައްސާށެވެ. ނަމަވެސް ލާހޯރު ހައި ކޯޓުން ވަނީ އެ ހުއްދަ ދޭން ދެކޮޅު ހަދައިފަ އެވެ.

ޒައިނަބުގެ ބައްޕަ އަންސާރީ (ވ) އާއި މަންމަ.

ޒައިނަބުގެ ގާތިލް އިމްރާންގެ މައްޗަށް ފެބްރުއަރީ 17 ވަނަ ދުވަހު މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕްކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގަ އެވެ. ކުށަށް އިއުތިރާފް ވަމުން އިމްރާން ކޯޓުގައި ބުނެފައި ވަނީ ގާނޫނީ އެހީތެރިކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އިމްރާން ބުނީ އޭނާ ހިންގި ޖަރީމާ އަށް ބަލާއިރު ކޮންމެ އަދަބެއް ދިން ނަމަވެސް އެ ވާނީ ކުޑަ އަދަބަކަށް ކަމަށެވެ.

ޒައިނަބް މަރާލުމަށް ފަހު ކުނި ގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހު އެވެ. ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ޒައިނަބުގެ ގާތިލް ހޯދުމުގައި ފުލުހުން އިހުމާލްވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

26 ކޮމެންޓް, 885 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 3%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

abmc

27 February 2020

ތިކަން ތިކުރީ ހަމަ ކުރަން ވިގޮތައް

The name is already taken The name is available. Register?

ޢާދަނުބެ

22 January 2020

މިގައުމުގަ އެތަކެތްމީހުންގެ ފުރާނަދުއްވާލާ އެތަކެތް ކުޑަކުދިންނެތްގެ އިތްފަތް ފޭރިގަނެ އެތަކެތް ރައީތުންގެ މުދާފޭރި މި ހުރިހާކަމެތް ކުރާއިރުވެސް މިގައުމުގަ އިސްލާމީ ސަރީއަތާ އެތްގޮތަށް އަދަބު ނުދިނުމަކީ ކިތައްމެހާވެސް ހިތާމަވެރިކަމެތް ހައްގު އަދަބު ނުދެވުމުގެ ސަބަބުން އެފަދަ ޖަރީމާތަށް ހިނގާމީހުން ދުވަހެތްދުވަހަކަށް މިދަނީ ގިނަވަމުން އިސްލާމީ ސަރީއަތް ގާއިމުނުކުރި ވެރިން މި ހުރިހާކަމަކަށް ޒިންމާ ވާންންޖެހޭނެ

The name is already taken The name is available. Register?

ޢިސްމާއީލް ރަށީދު

18 January 2020

މިތާވެސް އިސްލާމީ ށަރީއަތް ގާއިމް ނުކޮށް މިކަންކަމެއް ނުހުއްޓުވޭނެ އަވަހަށް ގާއިމް ކުރަންވީ މި ނޫން ގޮތެއް ނެތް ދެނެއް.

The name is already taken The name is available. Register?

އިބްޝާ

19 October 2018

ދިރިދިބީންނަށް އިބްރަތެއް ،، ޤާތިލަށް ފިނިކަމެއް ..

The name is already taken The name is available. Register?

ހަބޭސް222

18 October 2018

ވަރަށް ޢަދުލުވެރި ނިންމުމެއް! މިޤައުމުގައިވެސް މިހެންވާނެ ނަމަ ކިހާ ރަނގަޅު! މި ބުނީ އިންސާފުން ޝަރިއަތް ކުރެވިގެންދާ ނަމަ!

The name is already taken The name is available. Register?

އިއްބެގެ

18 October 2018

އޭނާ މެރުމަކީ ވަރަށް ބޮޑު ގޯހެއް. ރަނގަޅު ގޮތަކީ ބަންދުގައި ހުރެ އިސްލާހުވެ މުޖުތަމައުއަށް ނުކުތުން.

The name is already taken The name is available. Register?

އިންސާފް

18 October 2018

ބޮލުގަ އަނެއްކާ ސިކުނޑި އެބައިންތަ. ގާތިލު ވެސް އެބަބުނޭ ތިމަންނަ ކުރި ކުށަށް ބަލާފަ ކޮންމެ އަދަބެއް ދިނަސް އެވާނީ ކުޑަ އަދަބެއް ކަމަށް. އެފަދަ ބޮޑެތި ކުށް ކުރާމީހުންނަށް ދެން ތިބި އެންމެންނަށް އިބްރަތަކައްޓަކައި ވެސް ހައްގު އަދަބު ލިބެންވާނެ.

The name is already taken The name is available. Register?

ވަހީދު

18 October 2018

އޭނާ ވެސް ކަލޭވެސް އަދި ޒައިނަބު ވެސް ހެއްދެވި ފަރާތުން އަންގާފަ އޮތީ މަރަށް މަރު ހިފާށޭ. މިސާލަކަށް ކޮމްޕިއުޓަރ ޕޮރްގުރާމަކުން އެފަދަ އެހެން ޕޮރްގުރާމެއް ހަލާކު ކޮށްފިއްޔާ އެޕޮރްގުރާމެއް ޑިލީޓް ކޮށްލަން ސިސްޓަމް ހެދި ފަރާތުން އަންގާފަ އޮތީ. ދެން ހަމަ ކަލޭ އެއްކަލަ މައްސަލަ އޮޅޭ ޕޮރްގުރާމް ކޮމްޕިއުޓަރުގައި ބައިންދާނަންތަ؟

The name is already taken The name is available. Register?

ދޮން ހަސަނު

18 October 2018

ދޮންކަލޯއަށް ތިޔަ ވިސްނެނީ ހުޅަނގުން.. އެހެންވީމާ ގުރުއާން ކިޔަވަންވީ.

The name is already taken The name is available. Register?

ލިން

18 October 2018

މަރަށް މަރު ހިފާށެކޭ ނޫން.. މަޖުބޫރެއް ނޫން ވާރިސުން ބޭނުމިއްޔާ މަރުގެ ދިޔަ ނޫނީ މާފުވެސް ދެވިދާނެ.. އެކަމު ޤިސާސް ހިފުމަކީ ދިރުމެއްވާކަމެއް ކަމަށް އަންގަވާފަ އޮތީ.. އެހެންވީމަ އެކަމަށް ބާރުއަޅާ މިންވަރު ހާމަވޭ..

The name is already taken The name is available. Register?

ހަސަން1

18 October 2018

ގަމާރު އިއްބެގެ

The name is already taken The name is available. Register?

ނަން

18 October 2018

ހަމަ މަރަންވީ... ހިތު ހުރިހާ ގޮތަކަށް އުޅެފަ އާނ ސޮރީއޭ އޮޅިގެންނޭ ތައުބާ ވެއްޖެއީމޭ... ވަން ނޮންސެންސް

The name is already taken The name is available. Register?

17 October 2018

ރާއްޖޭގަވެސް ގަޓު ހުރި ރައީސް ފައިބައިގެން އެދަނީ ދަންޖައްސާނަމޭ ގޮވަމުން ގޮވަމުން......

The name is already taken The name is available. Register?

އިންސާނާ

18 October 2018

ގަޓެއްނޫން ޔޯގަޓް ހުރި ރައީސްއެއީ

The name is already taken The name is available. Register?

ވަހީދު

18 October 2018

މީހުންނާއި ބެހުމަކީ ފާފަ ވާނެ ކަމެއް

The name is already taken The name is available. Register?

ބޫމް

18 October 2018

ގަޓު ހުރުމަކީ ވާދަކޮށްފާނެހެން ހީވާހާ މީހަކު އެއްފަރާތްކޮށްލުމެއްނޫން. ވާދަވެރީންނާ ވާދަކޮށް ކުރިހޯދުން. ރައީސްގެ އެންމެ ބޮޑު ނާކާމިޔާބީ އަކީވެސް ކަށި އުފުރުމުގައި ގެންގުޅުއްވި ލާއިންސާނީ ސިޔާސަތު. ޙަޤިގަތުގައި އެކަކުވެސް ސިޔާސީ ކުށެއްގައި ޖަލަސް ނުލީނަމަ.... މިފަހަރު ހޮވުންވެސް ވަރަށް ކައިިރި. އެހެނީ ޙަޤީޤީ ގަޓު ފެންނާނީ އޭރުން. މިހާރު މި ފެނުނީ ގަރު.

The name is already taken The name is available. Register?

އަބްދުއްލާ

17 October 2018

ގަސްތުގާ މުއުމިނަކު މަރައިފި މީހެއްޖެ ޖަޒާއަކީ ނަރަކަ ތާއަބަދަށް ދެމިހުންނަނިވި ގޮތުގާ . ގަސްތަކާ ނުލާ ކުރެވޭކަމަުން މީހަކު މަރުވެއްޖެނަމަ ތައުބާވެ މަރުގެދިޔަދީ ފާފަ ފުއްސެވުމަށް ދުއާ ކުރުން ވޭ ،ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަހީމް ވަންތަ ރަސްކަލާނގެ .

The name is already taken The name is available. Register?

ހައިޓް

17 October 2018

މި ދިވެހިރާއްޖޭގައި ކޮންދުވަހަކުން ، ބާ ގާތިލް މަރަށް މަރު ހިފާނީ . މިސާލަކަށް ނަޖީބުގެ ގާތިލް

The name is already taken The name is available. Register?

އިންސާފް

18 October 2018

އެއްކަލަ އިންސާނީ ހައްގުތަކޭ ގޮވާ ހުޅަނގުގެ ގައުމު ތަކުން ހުއްޓުވާނެ. މެލޭޝިއާގައި ވެސް މަރުގެ އަދަބު ދިނުން އުވާލައިފި. މިހާރު މީހަކު މެރިކަން ސާބިތު ވިއަސް މަރައެއް ނުލެވޭނެ.

The name is already taken The name is available. Register?

ރަދީފް

17 October 2018

02 ސައިޑަށް ބަލާއިރުވެސް ވަރަށް ޕެއިންފުލް.ނަމަވެސް މިފަދަ އަމަލު ހިންގާ މީހުންނަށް ހަރުކަށި އަދަބު ލިބެންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454