އދ.ގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގުއަޓަމާލާ ވަކިވެއްޖެ

ގުއަޓަމާލާ ސިޓީ (ޖެނުއަރީ 8) - ގުއަޓަމާލާގެ ރައީސް ޖިމީ މޮރޭލްސްގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ އދ.ގެ ކޮމިޝަންގެ މެންބަރުން އެ ގައުމުން ދިއުމަށް އެދިއްޖެ އެވެ.


ގުއަޓަމާލާގެ ފޮރިން މިނިސްޓަރު ސަންދުރާ ޖޯވެލް ވިދާޅުވީ އދ. ގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ ގައުމުން ފޭބުމަށް ދީފައި ވަނީ 24 ގަޑިއިރުގެ މުހުލަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މޮރޭލްސް ކުރައްވާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް ރައީސްގެ އަމިއްލަ މައްސަލަތައް ބެލުމުގައި އޮޅުންތަކެއް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ ތިން އަހަރު ކުރިން ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި މޮރޭލްސް އެންމެ ފުރަތަމަ ވަނީ އދ.ގެ ކޮމިޝަނަށް ތާއީދު ކުރައްވައިފަ އެވެ.

އިންޓަނޭޝަނަލް ކޮމިޝަން އެގެއިންސްޓް އިމްޕިއުނިޓީ އިން ގުއަޓަމާލާ (ސީއައިސީއައިޖީ) ގެ މެންޑޭޓަކީ ގުއަޓަމާލާ ސަރުކާރުގެ އިސްވެރިންގެ ކޮރަޕްޝަން ބެލުމެވެ. އެކަމަކު ތަހުގީގުގެ އަމާޒަކަށް މޮރޭލްސް ހެދި ހިސާބުން ކޮމިޝަން ވަނީ ގޯސްވެފަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައި ވަނީ ގުއަޓަމާލާ އިން ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަށް ޖެހޭނެ ކަމަށެވެ.