މުގާބޭގެ ޑޮލަރު ފޮށި ވަގަށް ނަގައިފި

ހަރާރޭ (ޖެނުއަރީ 11) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ޑޮލަރު ފޮއްޓެއް ވަގަށް ނަގައިފި އެވެ.


ވަގަށް ނެގި ފޮށީގައި 150،000 ޑޮލަރު ހުރި ކަމަށްވެ އެވެ. އެ ވައްކަމުގައި ތުހުމަތު ކުރެވޭ މީހުން ވަނީ އެ ފައިސާ އިން ކާރާއި ގެ އާއި ގިނަ އަދަދެއްގެ ޖަނަވާރު ގަނެފަ އެވެ. ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މުގާބޭގެ ތިމާގެ މީހަކު ވެސް ހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ. ދެން ތުހުމަތުކޮށްފައި ވަނީ މުގާބޭ ގޭގެ މަސައްކަތު މީހުންގެ ގޮތުގައި އުޅުނު މީހުންނަށެވެ. ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ޑިސެމްބަރު 1 އާއި މި މަހު ކުރީކޮޅާ ދެމެދު އެވެ.

އުމުރުން 94 އަހަރުގެ މުގާބޭގެ 37 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނެސްފައި ވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅު އެވެ. މުގާބޭގެ ވެރިކަމުގައި އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފަ އެވެ. މުގާބޭގެ އަނބިކަނބަލުން ގްރޭސްގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ އެވެ.

ފަހަކަށް އައިސް މުގާބޭ ގިނައިން ދިރިއުޅުއްވަނީ ބޭސް ފަރުވާގެ ކަންކަމުގައި ސިންގަޕޫރުގަ އެވެ.