ކުނި ނުވާ ގޮތަށް ހަދާފައިވާ 50 ގަބުރު (މަމީ) މިސްރުގެ ހަތަރު ސަރަހައްދަކުން ފެނިއްޖެ އެވެ.

އާކިއޮލޮޖިސްޓުން ބުނީ މިއީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 300 އެތައް އަހަރެއް ކުރިއަށް ނިސްބަތްވާ ގަބުރުތަކެއް ކަމަށެވެ.

މިސްރުން ފެނުނު މަމީތައް. -- ފޮޓޯ: އޭއެފްޕީ
މިސްރުން ފެނުނު މަމީތައް. -- ފޮޓޯ: އޭއެފްޕީ

މިސްރުގެ ވެރިރަށް ގާހިރާގެ ދެކުނުގައި އޮންނަ، މީހުން ވަޅުލާ ހަތަރު ސަރަހައްދަކުން ފެނުނު މި ގަބުރުތަކުގެ ތެރޭގައު 12 ކުޑަކުދިން ވެސް ހިމެނެ އެވެ. މީގެ ތެރޭގައި، ފޮތި އޮޅާފައި ހުރި ގަބުރާއި ލަކުޑި ސަންދޯކަށް ލާފައިވާ ގަބުރު އަދި ހިލައިގެން ސަންދޯކަށް ލާފައިވާ ގަބުރު ވެސް ހިމެނެ އެވެ.

މިސްރުން ފެނުނު މަމީތައް. -- ފޮޓޯ: އޭއެފްޕީ
މިސްރުން ފެނުނު މަމީތައް. -- ފޮޓޯ: އޭއެފްޕީ

އެންޓީކް މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ މިއީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ. ނަމަވެސް އެ ގަބުރުތައް ފެނުނު ސަރަހައްދާއި ގަބުރުތައް ހުރި ގޮތުން އެއީ މިސްރުގައި ހާއްސަ މަގާމެއްގައި ތިބި ބައެއް ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ކުނި ނުވާ ގޮތަށް ހަދާފައިވާ ގަބުރު މިސްރުގެ އެކި ހިސާބުތަކުން ފެނެ އެވެ. ނަމަވެސް މިއީ މިހާ ގިނަ އަދަދަކަށް އެއްފަހަރާ ފެނުމަކީ އެހާ އާންމު ކަމެއް ނޫނެވެ.